ލަންކާގެ ވަފުދުގައި ނަޝީދު ބައިވެރިވެވަޑައިގަތުން ގާނޫނުއަސާސީއާ ހިލާފު: މުނައްވަރު

ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފުރައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފުރައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މިސްރުގައި ފަށާ އދ.ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސް، ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 27" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އެ ކަންބޮޑުވުން ހިއްސާ ކުރައްވައި މުނައްވަރު މިއަދު ވަނީ ޓްވީޓް ވެސް ކުރައްވައިފަ އެވެ.

އެ ޓްވީޓަށް ދެއްވި ރައްދެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވިދާޅުވެފައި ވަނީ "[މުނައްވަރު އެ ވިދާޅުވީ] ވަރަށް ރަނގަޅު ވާހަކަފުޅެއް" ކަމަށެވެ.

މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އިހްލާސްތެރިވާން ވާނީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

ގާނޫނު އަސާސީގައި އެހެން ބަޔާންކޮށްފައި ވާއިރު، ބައިނަލްއަގުވާމީ ސަމިޓެއްގައި އެހެން ގައުމެއް ތަމްސީލު ކުރެއްވުމަށް ނަޝީދު ބައިވެރިވެވަޑައިގަތުމަކީ މުނައްވަރު ގަބޫލުކުރައްވާ ގޮތުގައި، ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އަދި މަޖިލީހުގެ މެމްބަރުގެ ހުވައާ ހިލާފު އަމަލެކެވެ.

އެއީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ. ދައުލަތުން ބާރު ދީފައި، މުޅި ރައްޔިތުން ތަމްސީލު ކުރައްވާން ހުންނެވި ބޭފުޅެއް. އެހެން ގައުމެއްގެ ފަހަތު ސީޓުގައި އިންނެވުމަށް ވަޑައިނުގެންނެވޭނެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. ލަދުވެތި ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރުގެ އެ ވާހަކައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސީދާ ޖަވާބެއް ނުދެއްވި އެވެ.

"މަޖިލިސް ރައީސް މުހައްމަދު ނަޝީދު [ކޮޕް 27 އަށް] ވަޑައިގަތީ ސީވީއެފްގެ އިންވިޓޭޝަނަކަށް، ސީއެފްސީއިން ހުރިހާ ހަރަދެއް ކުރާ ދަތުރުފުޅެއްގަ. ރާއްޖެ އަކީ ސީވީއެފްގެ މެމްބަރު ގައުމެއް. އަދި ރައީސް ނަޝީދު އަކީ ސީވީއެފްގެ ތެމެޓިކް އެމްބެސަޑަރެއް،" ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ފޮނުއްވި މެސެޖުގައިވެ އެވެ.

ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އަކީ ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާ އެކެވެ.

ޑިސެންބަރު 2018 ގައި ބޭއްވި ކޮޕް 24 ސަމިޓްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެެއްގެ ހައިސިއްޔަތުން ރާއްޖޭ ތަމްސީލު ކުރެއްވީ ނަޝީދެވެ.

އެއަށް ފަހު މިދިޔަ އަހަރު ބޭއްވި ކޮޕް 26 ސަމިޓްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިފަހަރުގެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފައިސަލް ނަސީމް އާއި ނަޝީދު ފުރައިވަޑައިގަތީ އިއްޔެ އެވެ.

މި ފަހަރުގެ ސަމިޓްގެ މައިގަނޑު މައުލޫއަކީ "ޓުގެދާ ފޯ އިމްޕްލިމެންޓޭޝަން" ނުވަތަ ތަންފީޒު ކުރުމަށް އެއްބައިވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox