ޑަބްލިޔުޑީސީ މެމްބަރުން އިސްތިއުފާ ދޭ ސަބަބުތައް ހޯދަން ދިރާސާއެއް ކުރަނީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި-އިލެކްޝަނެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. -ފޮޓޯ: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި-އިލެކްޝަނެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ. -ފޮޓޯ: އިލެކްޝަންސް

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދިނުމާއި އެ މަގާމުތަކަށް ޝައުގުވެރިކަން ކުޑަ މައްސަލަ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ދެ ކޮމިޓީއެއް ގުޅިގެން ދިރާސާއެއް ކުރަމުން އަންނަ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާއިރު، އެގޮތަށް ހުސްވާ ގޮނޑިތަކަށް އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލު ލާމަރުކަޒީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވައި އަލީ ނިޔާޒް ވިދާޅުވީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދީގެން، 30 އަށް ވުރެ ގިނަ ބައި-އިލެކްޝަން ބާއްވަން ޖެހުނު ކަމަށެވެ.

Advertisement

އެހެންކަމުން، އެ ކޮމިޓީތައް މިހާރު އޮތް ފޯމެޓުގައި މަސައްކަތް ނުކުރުމުގެ އިތުރުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ކުޑަވާ ސަބަބު ދެނެގަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެން މި ދިމާވާ ސަބަބު އަޅުގަނޑުމެން ދެނެގަންނަންޖެހޭ. އެ ސަބަބު ދެނެގަތުމަށް ޓަކައި އަޅުގަނޑުމެން ކޮމިޓީގައި މިހާރު ދިރާސާއެއް އެބަ ކުރަން،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެކިއެކި ބައްދަލުވުންތަކުން އެ ކޮމިޓީތަކުގެ މެމްބަރުންގެ ބައެއް ކަންބޮޑުވުންތަކާއި ޝަކުވާތައް މިހާރު ވެސް ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ އެއް ކަމަކީ، އަލީ ނިޔާޒް ވިދާޅުވި ގޮތުގައި، ޕާޓް ޓައިމް ބައެއްގެ ގޮތުގައި އެ ކޮމިޓީތަކުގެ މެމްބަރުން ތިބި ނަމަވެސް، އިންތިހާބު ކާމިޔާބުކުރަން ލޯކަލް ކައުސިންސިލްތަކެކޭ އެއްފަދައިން ބުރަކޮށް މަސައްކަތް ކުރަންޖެހުމެވެ.

"އެ ބޭފުޅުންގެ ޝަކުވާއަކީ، ތިމަންނާމެން އެހާ ބުރަކޮށް މަސައްކަތް ކޮށްގެން، އެވަރުގެ ވަރުގަދަ އިންތިހާބަކާ ކުރިމަތިލައިގެން އައިމާ ތިމަންނާމެންނަށް ލިބެން ޖެނޭނީ ޕާޓް ޓައިމް މުސާރައެއް ނޫނޭ. ފުލް ޓައިމް މުސާރައެކޭ ލިބެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ޕާޓް ޓައިމް މުސާރައެއް ދިނުމުގެ ސަބަބުން ފުލް ޓައިމް ވަޒީފާއަކަށް ލިބޭ އިނާޔަތްތަކާއި ވަޒީފާގެ ރައްކާތެރިކަން އެ ކޮމިޓީތަކުގެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

"މިސާލަކަށް، ވިހެއިމާ ލިބޭ ޗުއްޓީއެއް ނުލިބޭ. ރޯދަ އިނާޔަތެއް ނުލިބޭ. އެއީ ޕާޓް ޓައިމް ވަޒީފާއެއް ވީމަ ވާ ގޮތް،" އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ދިރާސާއިން މިފަދަ ގިނަ ކަންކަން ދެނެގަނެވޭނެ އެވެ.

އޭރުން ގާނޫނަށް ނުވަތަ ސިޔާސަތަށް ގެންނަންޖެހޭ ބަދަލެއް ގެންނަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox