އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
20 ލިޔުން
ހަބަރުނިންމުން ބަދަލުކޮށް އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ކުޑަކޮށްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހުރެ، ޕޭ ކޮމިޝަނުން ވަނީ އެ ނިންމުން ބަދަލުކޮށް މުސާރަ ކުޑަކޮށްފައެވެ. މިގޮތުން ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 15،000 ރުފިޔާއަށް އަދި ސިޓީތަކުގެ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. އާންމު މެންބަރުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، މީގެ ކުރިން މުސާރަ ކުޑަވެގެން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަބަރުރަކީދޫ އާއި ރަތްމަންދޫ އަންހެނުންގެ ކޮމިޓީ އިންތިހާބު ޖޫން 20 ގަ
ވ. ރަކީދޫ އާއި މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އަދަދަށް މީހުން ކުރިމަތިނުލާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލައިފިއެވެ. މި ދެ ރަށުގެ ކޮމިޓީ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުއެވެ.
