ޖޫނިއާ ބާސްކެޓްބޯޅަ ކޯޗަސް ކޯސް 22 ކޯޗަކު ފުރިހަމަކޮށްފި

Nov 1, 2022, 9:04 AM
ޖޫނިއާ ބާސްކެޓްބޯޅަ ކޯޗިން ކޯސް ފުރިހަމަ ކުރި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ރައިފާއާ ސެޓްފިކެޓް ހަވާލުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޖޫނިއާ ބާސްކެޓްބޯޅަ ކޯޗިން ކޯސް ފުރިހަމަ ކުރި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ރައިފާއާ ސެޓްފިކެޓް ހަވާލުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ޖޫނިއާ ބާސްކެޓްބޯޅަ ކޯޗަސް ކޯސް 22 ކޯޗުން ފުރިހަމަކޮށް ސެޓްފިކެޓު ހާސިލްކޮށްފި އެވެ.

މިދިޔަ މަހުގެ 20-30 އަށް ކުރިއަށްދިޔަ ކޯޗިން ކޯހަކީ ޒުވާން އާ ކުޅުންތެރިން ބާސްކެޓްބޯޅަ ތަމްރީން ކުރުމުގައި އާ ކޯޗުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ކޯހެކެވެ. ގައުމީ ޓީމުތަކާއި ކުލަބު ލެވެލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ އެކު ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވީ 23 ފަރާތަކުންނެވެ. އޭގެ ތެރެއިން 22 މީހުން ވަނީ ކޯހުން ފާސްވެ ސެޓްފިކެޓު ހާސިލްކޮށްފަ އެވެ. އެއީ 15 ފިރިހެން ކޯޗުންނާއި، 7 އަންހެން ކޯޗުންނެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސްއާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޯހުން ފާސްވި ބައިވެރިންނަށް ކޯޗިން ލައިސަންސް ލިބޭނީ ކުރިއަށް އޮތް ތިން މަސް ދުވަހު ކޯޗިންގެ ތެރޭގައި 30 ގަޑިއިރު ފުރިހަމަ ކުރުމުންނެވެ.

ކޯޗާސް ކޯހުގައި ބައިވެރިވި އެކި ފަރާތްތައް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ކޯހުގެ ބައިވެރިވެރިންނަށް ކިޔަވައިދެއްވީ މިވަގުތު ރާއްޖޭގައި ފާހަގަކޮށްލެވޭ ކޯޗުންގެ ތެރޭގައި ހިމެނޭ ބާސްކެޓްބޯޅަ ކޯޗު، އަދި ސްޕޯޓްސް ކައުންސިލްގެ ރައީސް، އިބްރާހިމް ނާހިދުގެ އިތުރުން ކާމިޔާބު ކޯޗުން ކަމަށްވާ އަހްމަދު ނަޒީފް, މުހައްމަދު ނަސީރު, މުހައްމަދު ވަހީދު، މުހައްމަދު ހާޝިމް, އަބްދުއްﷲ ރާފިއު އަދި ހަސަން މުހައްމަދު ދީދީ އެވެ. މީގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް އެސޯސިއޭޝަނުގެ ފަރާތުން ފާތިމަތް ފައިރޫޒާ އާއި އިބްރާހިމް ރަމީޒް ވެސް މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ބައިވެރިވި އެވެ.

އެމްބީއޭ އިން ޖޫނިއާ ބާސްކެޓްބޯޅަ ކޯޗަސް ކޯސް ފުރަތަމަ ބާއްވަން ވިސްނީ މިއަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓްބޯލް ކޯޗަސް (WABC)ގެ ކޯޗިން ސިލަބަސްއާ އެއްގޮތަށް ރާއްޖޭގެ ކޯޗިން ކިޔަވަދޭ ކަރިކިއުލަމް ބަދަލުކޮށް އެމްކިއުއޭ ގަބޫލުކުރާ މިންގަޑަށް މި ހުރިހާ ސިލަބަސްތަކެއް ފަށްތައިގެން ކޯސް ކުރިއަށް ގެންދަން ބޭނުންވާތީ މި ކޯސް ބޭއްވުން ލަސްވީ އެވެ.

އެމްބީއޭ އިން ގަބޫލުކުރާ ގޮތުގައި މުޅި އަހަރުގެ މަސައްކަތުން އާ 22 ކޯޗެއް ބާސްކެޓްގެ ތެރެއަށް ނެރެވުމަކީ މި ކުޅިވަރުގެ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ވަނީ ޒުވާން އާ ކުޅުންތެރިން މި ކުޅިވަރުގެ ތެރެއަށް ނެރުމަށް ކުޑަ ކުދިންގެ މިނީ ބާސްކެޓްބޯޅަ ފެސްޓިވަލެއް ވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވައިފަ އެވެ. މި ފެސްޓިވަލްގައި މާލޭގެ އެކި ސްކޫލުތަކުން 1300 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox