ގުރައިދޫ މަރުކަޒަށް ގިނަ އިސްލާހުތަކެއް ގެނެސް ކަންކަން ވަނީ ރަނގަޅުކޮށްފައި: ސަރުކާރު

ގުރައިދޫ މަރުކަޒު ބޭރުން ނަގާފައިވާ ފޮޓޯއެއް: ގުރައިދޫގައި ސަރުކާރުން ހިންގާ މަރުކަޒު އޮތީ ވަރަށް ދަށް ހާލަތެއްގައިކަން އދ އިންވެސް ވަނީ ފާހަގަ ކޮށްފައި--- ފޮޓޯ: އަދަދު

ގުރައިދޫ މަރުކަޒު ބޭރުން ނަގާފައިވާ ފޮޓޯއެއް: ގުރައިދޫގައި ސަރުކާރުން ހިންގާ މަރުކަޒު އޮތީ ވަރަށް ދަށް ހާލަތެއްގައިކަން އދ އިންވެސް ވަނީ ފާހަގަ ކޮށްފައި--- ފޮޓޯ: އަދަދު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވައިލި ރިޕޯޓުގައި އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މޮނިޓަރު ކުރުމުގެ ގޮތުން އެޗުއާރުސީއެމްގެ ފަރާތުން މިއަހަރުގެ އެތަނަށް ޒިޔާރަތެއް ކުރި އެވެ. އެ ޒިޔާރަތުުގައި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެޗުއާރުސީއެމުން ތައްޔާރު ކޮށްފައިވާ ރިޕޯޓް އާންމުކުރީ މިދިޔަ މަހު އެވެ.

އޭގައި ބުނެފައި ވަނީ އެތަނަށް ކުރިން އެޗުއާރުސީއެމުން ކޮށްފައިވާ ޒިޔާރަތްތަކުގައި އެތައް ފަހަރެއްގެ މަތިން ފާހަގަކޮށްފައިވާ ކަންކަން އަދި ވެސް ރަނގަޅު ކޮށްފައި ނުވާ ކަމަށާއި އެފަދަ މަރުކަޒެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ވެސް ނުހުންނަ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތަށް މިހާރު ގުރައިދޫ މަރުކަޒުގެ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެ ރިޕޯޓްގައި އަވަހަށް އިސްލާހުކުރަން ޖެހޭ ހަ ކަމެއް ފާހަގަކޮށްފައި އޮތްއިރު، އެ ހުރިހާ ކަމެއް ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެޗްއާރުސީއެމްގެ ރިޕޯޓަކީ މިދިޔަ ޖުލައި މަހު ޝައިއުކުރި ރިޕޯޓެއް. ބުދަ ދުވަހު އެ ރިޕޯޓް ޓުވީޓްކުރުމުން، އެއީ ފަހުގެ ރިޕޯޓެއް ކަމަށް ހީކޮށް މީޑިއާތަކަށް އޮޅުން އެރީ. އޭގަ ރަނގަޅު ކުރަން އޭރު އަންގާފަ ހުރި ގިނަ ކަންކަން މިހާރު ވަނީ ރަނގަޅު ކޮށްފައި،" މިއުވާން ވިދާޅުވި އެވެ.

"އެ ރިޕޯޓާ ގުޅޭ ގޮތުން މީޑިއާތަކުގައި ހުރި ވާހަކަތައް ހަގީގަތުގައި މިހާރުގެ ހާލަތު މުޅިން ރިޕްލެކްޓެއް ނުކުރާނެ،"

މިއުވާން އިތުރަށް ވިދާޅުވީ އެޗްއާރްސީއެމް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިމާރާތުގެ މައްސަލައަށް ވެސް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ގުރައިދޫ މަރުކަޒުގެ އެއް އިމާރާތް ފިޔަވައި އެހެން ހުރިހާ އިމާރާތެއްގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މަރުކަޒުގައި މީހުންނަށް އެހީތެރިވުމަށް އުޅޭ މީހުންނަކީ ތަމްރީން ލިބިފައިވާ މީހުންނަށް ހެދުމަށް ޕްރޮގްރާމްތައް ހިންގަމުންވެސް އެބަދޭ،" މިއުވާން ވިދާޅުވި އެވެ.

އެޗްއާރްސީއެމް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން

  1. އެ މަރުކަޒުގެ ގިނަ ވޯޑުތަކުގެ ފާހާނާތައް ހަލާކުވެފައިވާއިރު ފާހާނާގެ ތަށިމުށިތައް ނެއްޓި ބައެއް ފާހާނާގެ ދޮރުތައް ހަލާކުވެފައި
  2. ބަލިމީހުން ބޭނުންކުރާ ބާލީހާއި ގޮދަޑި އާއި ބާލީސް އަދި އެނދުގައި ތަތްމަކުނު އަޅާފައި
  3. ބަލިމީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެތި ގިނަ ދުވަސްވެ ދަބަރު ޖެހުމުގެ ސަބަބުން ބޭނުންކުރަން ދަތިވެފައި
  4. މަރުކަޒުގެ ބަލި މީހުންނަށް ބައެއް މުވައްޒަފުންގެ ފަރާތުން އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާ (ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލު ހިންގާ، ބަލި މީހުންނާ ދިމާލަށް ބޭއަދަބީ ހަޑިހުތުރު ބަހުން މުއާމަލާތު ކުރުން)
  5. މަރުކަޒުގައި ފަރުވާ ހޯދަމުންދާ ބައެއް ބަލި މީހުން އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބަލިމީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަން
  6. ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުން ބޭނުން ކުރުމަށް މަރުކަޒުގައި ހާއްސަ ތަނެއް ނެތް
  7. މުވައްޒަފުންގެ އަންނައުނު ބަދަލުކޮށް ގައިން ތާހިރުވާން ޖެހޭ ހާލަތުގައި ޖެހެނީ ގެއަށް ދާން

ގުރައިދޫ މަރުކަޒަކީ 150 މީހުންގެ ޖާގައިގެ މަރުކަޒެއް ނަމަވެސް ޖުލައިގެ ނިޔަލަށް އެ މަރުކަޒުގައި 194 މީހުން ބަލަމުންދާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓިގައިވެ އެވެ. އޭގެތެރެއިން 158 މީހުންނަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox