ނ. ލަންދޫގައި އާދަޔާހިލާފަށް ހުމެއް ފެތުރި ވަރަށް ގިނަ ބަޔަކު ބަލިވެއްޖެ

ނ. ލަންދޫގެ މަތިން ފެންނަ ފޮޓޯއެއް؛ އެ ރަށުގައި އާދަޔާ ހިލާފު ރޯގާއެއް ފެތުރެމުން ދަނީ އީދު ބަންދަށްފަހު -- ފޮޓޯ: އެމްޓީސީސީ

ނ. ލަންދޫގެ މަތިން ފެންނަ ފޮޓޯއެއް؛ އެ ރަށުގައި އާދަޔާ ހިލާފު ރޯގާއެއް ފެތުރެމުން ދަނީ އީދު ބަންދަށްފަހު -- ފޮޓޯ: އެމްޓީސީސީ

ނ. ލަންދޫގައި އާދަޔާހިލާފަށް ހުމެއް ފެތުރެން ފަށައިފި އެވެ.

އެ ރަށުގެ ސިއްހީ މަރުކަޒުގެ އޮފިޝަލަކު އަދަދު ނޫހަށް ބުނީ އެ ހުން ފެތުރެން ފެށީ މިދިޔަ އީދު ބަންދު ތެރޭގައި ކަމަށެވެ. އެއަށްފަހު ކޮންމެ ދުވަހަކު ވެސް ހުން އައިސްގެން 40 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަމުންދާ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ދުވަހަކު ވެސް 45 ވަރަކަށް މީހުން އެބަ ދައްކާ ޑޮކްޓަރަށް، މިއަދު އެކަނި ވެސް އެއް އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން 19 ކުދިން ދައްކައިފި ޑޮކްޓަރަށް،" އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލް ބުންޏެވެ.

އެންމެ 600 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި އެވަރުގެ ވަރުގަދަ ހުމެއް ފެތުރި، ގިނަ އަދަދެއްގެ ކުޑަކުދިންނަށް އެ ބަލި ޖެހެމުންދާއިރު، އަދި އެ ރަށުގެ ސްކޫލް ބަންދުކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުލިބޭތީ އަދި ބަންދެއް ނުކުރޭ މިކޮޅު ސްކޫލެއް، ބަލި މި ވަނީ ހުން އައިސް ހޮޑުލާ ރޯގާ ޖެހުން. ދެން ބައެއް ކުދިން ބޭރަށް ވެސް އެބަ ހިންގާ،" އޭނާ ބުންޏެވެ.

އާދަޔާ ހިލާފަށް އެރަށުގައި ހުމެއް ފެތުރި އެތައް ބަޔަކު ބަލިވަމުންދާއިރު، އަދި އަމަލު ކުރާނެ ވަކި ގޮތެއް ހެލްތު މިނިސްޓްރީން އަންގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެ ވަރުގަދަ ހުން ފެތުރެން ފެށުމާއެކު އެ ރަށުން ބޭސް ވެސް ހުސްވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ބޭހުގެ އައު ސްޓޮކެއް މިހާރު ރަށަށް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox