ކ. ގުރައިދޫ
43 ލިޔުން
ފަހުގެ
ހަބަރުރަސްމީ ޖަލްސާތަކުގައި މިނިސްޓަރުންނާ އެއް ސަފަށް ފަލާހު
ދައުލަތުގެ ރަސްމީ އިއްޒަތްތެރިންގެ ތަރުތީބަށް ގެނައި ބަދަލާއެކު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަގާމު ކެބިނެޓް ވަޒީރުންގެ ފަންތިއަށް ވަނީ އުފުލާފައެވެ. މި އާ އުސޫލުގެ ދަށުން މެޖޯރިޓީ ލީޑަރު މިހާރު ހިމެނެނީ ޕްރޮޓޮކޯލް ލިސްޓުގެ ފަސްވަނައިގައި، ބައެއް ވަޒީރުންނަށް ވުރެ ކުރީގައެވެ. މީގެ ކުރިން މަޖިލިސް މެންބަރުން ތިއްބަވަނީ ވަޒީރުންނާއި ދައުލަތުގެ އެހެން އިސްވެރިންނަށް ވުރެ ފަހަތުގައެވެ.
ހަބަރުޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ
ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.
