ހޮންކޮންގުން ހިލޭ 500،000 އެއާލައިން ޓިކެޓް ދޫކުރަނީ

ކޮވިޑް ބަލިމަޑުކަމުގެ ކުރިން ހޮންކޮންގަކީ މަގްބޫލް ޓޫރިސްޓް މަންޒިލެއް. -- ފޮޓޯ: ގެޓީ

ކޮވިޑް ބަލިމަޑުކަމުގެ ކުރިން ހޮންކޮންގަކީ މަގްބޫލް ޓޫރިސްޓް މަންޒިލެއް. -- ފޮޓޯ: ގެޓީ

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ވެއްޓިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ކޮޅަށް ނެގުމަށް ހޮންކޮންގުން ހިލޭ 500،000 އެއާލަައިން ޓިކެޓް ދޫކުރަން ނިންމައިފި އެވެ.

އެ ޓިކެޓުތަކުގެ އަގަކީ 254.8 މިލިއަން ޑޮލަރެވެ. ހޮންކޮންގުން މިހާރު ދަނީ ކޮވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަކަށް ލުއިތައް ފޯރުކޮށްދެމުންނެވެ.

އެހެން ނަމަވެސް، ބަލިމަޑުކަމުގެ ކުރިން ފްލައިޓް ޝެޑިއުލްތައް އޮތް ގޮތަށް އަނބުރާ ގެންދިޔުމަށް ބޮޑެތި އެއާލައިންތަކެއް އަދިވެސް ގިނަ ގޮންޖެހުންތައް އެބަ ހުއްޓެވެ.

ބުދަ ދުވަހު އިނގިރޭސި އެއާލައިން ވާޖިން އެޓްލާންޓިކުން ބުނީ ޔޫކްރެއިން ހަނގުރާމައާ ގުޅުން ހުރި މައްސަލަތަކަކާ ހެދި ހޮންކޮންގުގައި އޮޕަރޭޓް ކުރުން ހުއްޓާލާނެ ކަމަށެވެ.

"ހޮންކޮންގަށް އެތެރެވާ ދަތުރުވެރިން އަމަލު ކުރަން ޖެހޭ ކޮވިޑް އުސޫލުތައް އުވާލިކަން ސަރުކާރުން އިއުލާން ކުރުމާ އެކު އެއާޕޯޓް އޮތޯރިޓީއިން މި ނިންމުން އެއާލައިންތަކާ ގުޅިގެން ފައިނަލް ކުރާނެ. އޭގެ ފަހުން ހިލޭ ޓިކެޓްތައް ދިނުމަށް އިޝްތިހާރު ކުރަން ފަށާނަން،" ހޮންކޮންގް ޓޫރިޒަމް ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރު ދޭން ޗެންގް ވިދާޅުވި އެވެ.

ޗެންގް ވިދާޅުވީ ބަލިމަޑުކަމުގެ ތެރޭގައި އެއާލައިންތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ގިނަ ޓިކެޓުތަކެއް ގަނެފައިވާ ކަމަށާއި ހިލޭ ޓިކެޓް ދޫކުރާ ކެމްޕެއިންގައި ބޭނުން ކުރަނީ އެ ޓިކެޓުތައް ކަމަށެވެ. އެ ޓިކެޓުތައް ދޫކުރާނީ އަންނަ އަހަރު ހޮންކޮންގަށް އެތެރެވާ އަދި އެ ސިޓީއިން ފުރާ މީހުންނަށެވެ.

މި އަަހަރުގެ ފުރަތަމަ އަށް މަހު ހޮންކޮންގަށް ދަތުރު ކުރީ 184،000 މީހުންނެވެ. އެއާ ހިލާފަށް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 56 މިލިއަން މީހުން އެ ސިޓީއަށް ދަތުރު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox