ގާބިލުކަން އެބަ ހުރި، ދަރަނި ނަގަނީ އުފާވެރި ދިރުޅުމެއް އުޅެވޭނެ ގޮތް ހަދައިދޭން: ފައްޔާޒު

މިނިސްޓަރު ފައްޔާޒް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުން އިސްކަން ދެއްވަނީ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިސްޓަރު ފައްޔާޒް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުން އިސްކަން ދެއްވަނީ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދަރަނި ނެގުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދަރަނި ނަގަނީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކުގެ އެެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފަ އެވެ. އެއީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއު އެކެވެ.

މުޅި ދުނިޔެ ވެސް އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި އޮއްވާ ދަރަނި ނަގައިގެން ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާނީ އިދިކޮޅާއި އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ހަނިމާދޫ ޕްރޮޖެކްޓުގައި ސޮއި ކުރުމުގެ ހަފްލާފައި ފައްޔާޒް ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.

"ވައުދުވީ ކަންކަން މިދަނީ ފުރިހަމަވަމުން. މި ދަތި އުނދަގުލުގައި ވެސް ދަރަންޏޭ، ދަރަންޏޭ ކިޔަކިޔާ އޮއްވާ ވެސް، ދަރަނި ނަގައިގެން ވެސް މިކަން ކުރަން ޖެހޭ. ބައެއް ބޭފުޅުން ވިދާޅުވޭ ދަރިންގެ ބޮލުގަ ދަރަނި އެޅެނީއޭ. އެ ދަރިންގެ ބޮލުގައި ދަރަނި ނޭޅި، މިކަން ނުކޮށްފިއްޔާ، އެ ކުދިންގެ މުޅި އުމުރު ޖެހޭނީ މާލެ އައިސް ގެއެއްގައި ގުލާނުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ދަރަނި ނަގައިގެން ކަންކަން ކުރަނީ، ކުރިއަށް އޮތް ޖީލުތަކަށް، އެބައެއްގެ އަމިއްލަ ވަޒަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަން ރާއްޖޭގެ ގާބިލުކަން އެބަހުރި ކަމަށާއި އިގްތިސާދު އޮތީ ގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތައް ލަސްވެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ރޭ ވަނީ ރައްދު ދެއްވާފަ އެވެ.

"މިފަދަ ކަންކަން ކުރަން ނުކުމެ ކުރަން އުޅޭއިރު އެނގޭނީ މިއީ ކިހާވަރެއްގެ ކަމެއްކަން، ކިހާ ވަރެއްގެ ގޮންޖެހުންތަކާ ކުރިމަތިވާކަން. ފައިސާ ވެސް ހޯދަން ޖެހޭ. ފައިސާ ލިބޭ އިރުގައި އެ ފައިސާ ހަރަދު ކުރުމަށް އޮވޭ އުސޫލުތަކެއް އެ ފައިސާ ދޭ ފަރާތްތަކުން. އެތައް މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ މިއަދު އައި ހިސާބަށް އަންނަން،" މަޝްރޫއު ލަސްވުމާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

އަސާސީ ކަންކަން ފުރިހަމަވުމުން ނުނިމޭ ކަމަށާއި ރައްޔިތުންނަށް އުފާވެރި ދިރިއުޅެމެއް ލިބޭނީ އެބަޔަކު އުޅޭ ތަނެއްގައި އިގްތިސާދީ ހަރަކާތްތައް ހިންގައި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެކަން ހަގީގަތަކަށް ހެދުމަށް މާލެ ފިޔަވައި ހަތަރު ސަރަހައްދެއްގައި އިގްތިސާދީ ހަބުތައް ތަރައްގީކުރަން ސަރުކާރުން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އުތުރުގެ އަތޮޅުތަކުގެ ބައިވަރު ރަށްތައް ރިސޯޓު ހަދަން ދީފައި ހުރިކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ އެ ރަށްތައް ނުނިމުމުގައި އިންވެސްޓަރުންނާ ދެމެދު މައްސަލަ ޖެއްސެން ނެތް ކަމަށެވެ. އެކަން އެގޮތަށް ވެފައި ވަނީ ސަރުކާރުތަކުގެ އިހުމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ އެތައް އަހަރެއް ތެރޭ ސަރުކާރަކުން ކުރަން ޖެހޭ ކަންކަން ނުކުރެވިގެން އެ ވިޔަފާރިތައް [ރިސޯޓު ހަދަން ދީފައިވާ ރަށްތައް] ބަނގުރޫޓުވެ، ހަލާކުވެގެންދިޔުމަކީ، ހަގީގަތުގައި އެ މީހުންނާ ދޭތެރޭ މައްސަލަ ޖެއްސެން އޮތް ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ނިންމީ ހަނިމާދޫގެ އެއާޕޯޓު ނަންބޯޑު އިންޓަނޭޝަނަލްގެ ބަދަލުގައި ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން،" އުތުރުގައި ވިޔަފާރިތައް ތަރައްގީ ނުކުރެވި އޮތް ސަބަބު ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނެއް ހަދާފައި ބާރުތައް ދޫކޮށްލި ނަމަވެސް ކަންކަން ނުވާނެ ކަމަށާއި ޔުނިޓަރީ ދައުލަތެއް ކަމުން ޒަމާނުއްސުރެ ނުކުރެވި ހުރި ކަންކަން މައި ސަރުކާރުން ކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭގެ ތެރެއިން، އެންމެ ބޮޑު އަހަންމިއްޔަތެއް ދެނީ އަސާސީ ހިދުމަތްތައް މާލެއާ އެއް ފެންވަރަކަށް ގެނައުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިރީހަކަށް އަހަރު ނުކުރެވި ހުރި ކަންކަން ކުރަން ޖެހި، ކުރަމުން، ނިންމަމުން މިދަނީ މި ހަތަރު އަހަރު ތެރޭ. އެއީ ގަބޫލު ކުރިޔަސް ނުކުރިޔަސް ފެންނަން އޮތް ހަގީގަތް. އެކަންކަން ވަމުންދާތަން އެ ފެންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއު

މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެ އެވެ. މިއެއާޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑިސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަގުވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ އެވެ. މި މަޝްރޫއު ނިމުމުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެ އެއާޕޯޓް ހިންގާ ދިވެހި ސަރުކާރުގެ ކުންފުނި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުންނެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވިގެން ދާނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox