އަޅައިގެން ހުންނަ ނަންބަރު އައިނު އަވި އައިނަކަށް ވަގުތުން ބަދަލުކޮށްލުމަށް އައިކެއާ އޮޕްޓިކަލްސް އިން ކްލިޕް-އޮން ފްރޭމްސް ތައާރަފްކޮށްފި އެވެ.
ކުދި ބޮޑު އެންމެނަށް ވެސް ހެޔޮވަރުގެ ސޮލާނޯ، ސްންޓްރޯސްޓައިލް، ރިސަރވް، ޕިޓް އެންޑް މިޓް އަދި ޖެންސް ހޭގަން ފަދަ ބްރޭންޑް ތަކުގެ އެކި ސްޓައިލްގެ ކްލިޕް އޯން ފްރޭމްސް އައިކެއާ އިން މިހާރު އަންނަނީ ވިއްކަމުންނެވެ.
ކްލިޕް އޯން ފްރޭމްސް ބޭނުންކޮށްގެން ފަސޭހަ އަދި ޖީބަށް ލުއި ގޮތަކަށް އެކި ސްޓައިލް ބަދަލުކޮށްލެވޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.
މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ އައިކެއާގެ ފިހާރަތަކުން މިހާރު މި ބާވަތުގެ ފްރޭމްސް ލިބޭނެ އެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ނުވަތަ އޮންލައިންކޮށް އައިނާއި ފްރޭމް އައިކެއާ އޮޕްޓިކަލްސްގެ ވެބްސައިޓުން ލިބޭނެ އެވެ.










