ފުލުހުން ބަންދުކުރާ މީހުނާ މެދު އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ހިމެނޭ ގަވާއިދެއް ނެރެފި

ފުލުހުންގެ ހެޑްކުއާޓަރު؛ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކުރާ މީހުނާ މެދު އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދެއް ނެރެފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ފުލުހުންގެ ހެޑްކުއާޓަރު؛ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކުރާ މީހުނާ މެދު އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދެއް ނެރެފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށް، ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ބަހައްޓާ މީހުނާ މެދު އަމަލުކުރާނެ ގޮތްތަކާއި އެ މީހުންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފި އެވެ.

"ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު"ގެ ނަމުގައި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އެ ގަވާއިދު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލުތަކުގެ ހުރިހާ ކަމެއް ބަލަަހައްޓާނީ ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅުއްވައި އައްޔަން ކުރައްވައި ޑައިރެކްޓަރެކެވެ.

"ޑައިރެކްޓާ އޮފް ޕްރިޒަންސް" ގެ ޒިންމާއަކީ ގަވާއިދާ އެއް ގޮތަށް ކަސްޓޯޑިއަލް ޖަލުގެ ކަންކަން ހިނގަމުންދޭތޯ ބަލައި ކަށަވަރު ކުރުމާއި ކަސްޓޯޑިއަލް ޖަލުތައް ހިންގުމުގެ ނިޒާމު އެކުލަވާލައި ތަންފީޒު ކުރުމާއި، ބަދަލެއް ގެންނަން ޖެހޭނަމަ ކޮމިޝަނަރަށް ލަފާދީ ނިންމާ ގޮތެއްގެ މަތިން ހިންގަމުން ދިއުމެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދު ކުރެވޭ މީހުން ހަތަރު ގިންތިއަކަށް ބެހުމަށާއި، ކޮންމެ ގިންތިއެއްގެ މީހުން ވެސް ވަކި ހާއްސަ ގޮޅިތަކެއްގައި ބޭއްތިބުމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގިންތި 1؛ މި ގިންތީގައި ހިމެނޭނީ ނުކިޔަމަންތެރިކަން ދައްކާ ފަރާތްތަކާއި ނުރައްކާތެރި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭ މީހުނެވެ.

ގިންތި 2: މިއީ ސިއްހީ ގޮތުން އެ މީހުނަށް ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަން ޖެހޭ މީހުނެވެ. ނުވަތަ ބަލީގެ ގޮތުން އެހެން މީހުނާ ވަކިން ބައިތިއްބަން ޖެހޭ މީހުނެވެ.

ގިންތި 3: މިއީ ދައުލަތުގެ ވަކި މަގާމެއް އަދާކުރުމުގެ ސަބަބުން ނުވަތަ މުޖުތަމައުގައި އޭނާ އަދާކޮށްފައިވާ ހިދުމަތެއް ނުވަތަ ދައުރެއްގެ ސަބަބުން އެެހެން ގިންތީގެ މީހުންގެ ފަރާތުން އަނިޔާއެއް ލިބުމުގެ އިހުތިމާލު އޮތް މީހުނެވެ.

ގިންތި 4: މިއީ މުޅިން އަލަށް ނުވަތަ ކުށެއްގެ ތުހުމަތެއްގައި ފުރަތަމަ ފަހަރަށް ހައްޔަރު ކުރާ ނުވަތަ ބަންދުކުރާ މީހުނެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކުރާ މީހުންގެ އަސާސީ ހިދުމަތްތަކާއި ބޭނުންތައް ކަށަވަރުކޮށްދޭން ގިނަ ކަންކަން ވެސް ގަވާއިދުގައި ލިޔެފައިވެ އެވެ.

އެ ގޮތުން ގޮޅިއަށް ވައްދާއިރު ބައެއް އަސާސީ ތަކެތި ނެތް ނަމަ ފޯރުކޮށްދޭން ޖެހެ އެވެ. އޭގެ ތެރޭގައި ދަތް އުގުޅާ ބުރުހާއި ބޭހާއި، ބާލީހާއި، ތުވާއްޔާއި އަންނައުނާއި ފައިވާނާއި ސައިބޯނި ފަދަ ތަކެތި ހިމެނެ އެވެ.

ސާފު ބޯފެނާއި ފެންވެރުމަށް ސާފު ފެން ދޭން ލިޔެފައިވެ އެވެ. ތިންއިރުގެ ކެއުމާއި ހަވީރު ސައި ދިނުން ވެސް ހިމެނެ އެވެ. ފޮތް ކިޔަން ބޭނުންވާ މީހުނަށް ފޮތް ފޯރުދިނުން ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ވެ އެވެ.

ބަލިވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި، ޑޮކްޓަރު ފޯރުކޮށްދޭ ބޭސްތައް ގަވާއިދުން ދިނުމާއި، އަންހެނުން ހައިޟުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި ދޭން ވެސް ގަވާއިދުގައިވެ އެވެ.

ހަފުތާއަކު އެއް ފަހަރު އާއިލާއަށް ފޯނުން މުއާމަލާތް ކުރުމާއި ބައްދަލުކުރުމުގެ އިންތިޒާމު ދިނުމަށް ގަވާއިދުގައިވެ އެވެ.

ހަފުތާއަކު އެއް ފަހަރު ބޯކޮށުމާއި ތުނބުޅިއާއި މަތިމަސް ބޭލުމާއި ނިޔަފަތި ކެނޑުމާއި، ހަފުތާއަކު ތިން ދުވަހު ގަޑިއިރަކަށް ގޮޅިން ބޭރަށް ނެރެ ހިނގާލައި ކަސްރަތުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

މީގެ އިތުރަށް ޖަލަށް ވެއްދުން ހުއްދަ ތަކެއްާޗާއި، ކުރުން މަނާ ކަންކަމާއި، ޖަލަށް ހިދުމަތް އަންނަ މީހަކު އަމަލު ކުރާނެ ގޮތްތަކާއި، ޖަލުގެ ސެކުއިރިޓީއަށް ކުރަން ޖެހެ ކަންކަމާއި، ގޮޅިތަކުގައި ތިބޭ މީހުން ބަލައިފާސްކުރުމާއި ފިޔަވަޅު އެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ.

ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތި

ކީރިތި ޤުރްއާން

  • އާންމު މައުލޫމާތާ ގުޅޭ ލިޔެކިޔުންތަކާއި ފޮތްތައް
  • ނަމާދު ކުރުމުގައި ބޭނުންކުރާ ތަކެތި
  • ސާފުތާހިރުވުމަށާއި ރީތިވުމަށް ބޭނުންކުރާ ތަކެތި
  • އަންނައުނުގެ ގޮތުގައި ބޭނުންކުރާ ތަކެތި
  • ލިޔެކިއުމަށް ބޭނުންކުރާ ތަކެތި
  • ފައިވާނުގެ ގޮތުގައި ބޭނުންކުރާ ތަކެތި
  • މުނިފޫހިފިލުވުމަށް ބޭނުންކުރާ ތަކެތި
  • ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ބޭނުންކުރާ ތަކެތި
  • މަދިރިން ސަލާމަތް ކުރުމަށް ބޭނުންކުރާ ތަކެތި
  • އަންހެނުންނަށް ހާއްސަ ތަކެތި

ކަސްޓޯޑިއަލް ޖަލެއްގައި ކުރުން މަނާ ކަންކަން

ހުއްދަ ނުހޯދައި އެއްވެސް އެއްޗެއް ވެއްދުން

  • ކަސްޓޯޑިއަލުން ފޯރުކޮށްދޭ ކާބޯތަކެތި ނޫން އެފަދަ ތަކެތި ވެއްދުން
  • ޖަލުގެ އެއްވެސް މަންޒަރެއް ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، ކުރެހުމާއި، އެ އާންމުކުރުން
  • ހުއްދަ ލިބިގެން ނޫނީ ބަންދުކޮށްފައި ތިބޭ މީހުނާއި ވާހަކަ ދެއްކުން
  • ހުއްދަ ލިބިގެން ނޫނީ މޯބައިލް ފޯނު އަދި އެލެކްޓްރޯނިކް ޑިވައިސް ބޭނުންކުރުން
  • އަހުލާގީ ގޮތުން ހުތުރު އަމަލެއް ކުރުން
  • ޖަލު ސެކިއުރިޓީއަށް ބުރޫ އަރާނެ އެއްވެސް ކަމެއް ކުރުން
  • އޮރިޔާން ނިވާނުކޮށް ޖަލު ގޮޅި ތެރޭގައި އުޅުން
  • ގާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން
  • ޖަލުގެ މުދަލަކަށް ނުވަތަ އެއްޗަކަށް ގެއްލުން ދިނުން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox