އިންމަ ދެކޭގޮތުގައި ފުޓްބޯޅައިގެ ސަގާފަތް ދާގޮތުން ކޯޗުންނަށް ފަސޭހައެއް ނޫން

ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ): ފުޓްބޯޅައިގެ ބައެއް ކަންކަން ދާ ގޮތުން ކޯޗުންނަށް ހުރި ޗެލެންޖް ބޮޑުކަން އިންމަ ވަނީ ފާހަގަކޮށްފައި.-- ފޮޓޯ: އަދަދު

ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ): ފުޓްބޯޅައިގެ ބައެއް ކަންކަން ދާ ގޮތުން ކޯޗުންނަށް ހުރި ޗެލެންޖް ބޮޑުކަން އިންމަ ވަނީ ފާހަގަކޮށްފައި.-- ފޮޓޯ: އަދަދު

ރާއްޖޭގެ ފުޓްބޯޅައިގެ ސަގާފަތް މި ދާ ގޮތުން ބައެއް ކަންތައްތައް ހުރީ ކޯޗުންނަށް ފަސޭހަވާ ގޮތަކަށް ނޫން ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ސައްތަ އިން ސައްތަ ދިވެހި ކުޅުންތެރިންގެ ސްކޮޑަކާ އެކު، ބިދޭސީ ކުޅުންތެރިއަކު ނުލައި މުޅި ސީޒަން ކުޅެން ޖެހުނު ސަސް އިން ފުރަތަމަ ޑިވިޝަނުގައި މަގާމު ދެމެހެއްޓީ ރޭ ކުޅުނު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ފަހު މެޗުގައި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކުރުމަށް ފަހު އެވެ.

ސަސް އިން ރެލިގޭޝަން ނިންމާލީ ބަލިނުވެ، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.

ރޭ ދަ ގްރާންޑޭ އަތުން މޮޅުވި މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނީ ހަގީގަތަށް ބަލާނަމަ ސަސް އަކީ ރަނގަޅަށް ކުރިއަށްދިޔަ ނަމަ ރެލިގޭޝަން (ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން) ކުޅެން ޖެހޭ ވަރުގެ ޓީމެއް ނޫން ކަމަށެވެ.

އެކަމަކު، ސަސް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅެން ޖެހޭ ހިސާބަށް ދާން ޖެހުނު ސަބަބު ބަލައިގަންނަން ޖެހޭ ކަމަށާއި ކުޅުންތެރިންނަށް މުސާރަ ނުދެވި، ޕްރެކްޓިހަށް ކުޅުންތެރިން ހަމަނުވެ ދާނަމަ އެއްވެސް ޓީމަކަށް ކުރިއަށްދާން ފަސޭހަނުވާނެ ކަން އިންމަ ފާހަގަކުރި އެެވެ.

"އަހަރެމެންނަށް ޕްލޭޔަރުންގެ ފައިނޭންސް ކަންތައްތައް ހަމަނުޖެހިގެން އެކި ތަންތަނަށް ކުދިން ވިއްސިވިހާލި ވެގެން ދިއުމުން މި ކަހަލަ ސަބަބުތަކާ ހުރެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުންނާއި ހާއްސަކޮށް ތިން ވަނަ ބުރު ހަމަ އެއްބައި މެޗުތައް ކުޅެފައި ހުންނާނެ ބަރާބަރު 11 ކުޅުންތެރިންނާ ބެންޗަށް ޕްލޭޔަރުން ލައިގެން، މި ވަރަކަށް ހަމަ ޓީމުގެ ހާލަތު ދިޔަ. މިއީ ހަމަ މެނޭޖް ނުކުރެވިގެންދިޔަ ކަންތައްތައް،" ދިމާވި މައްސަލަތަކަށް އިޝާރާތްކޮށް އިންމަ ބުންޏެވެ.

އިންމަ ބުނީ ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅާ ހަމައިން ކޮލިފިކޭޝަން ކުޅެން ޖެހޭނެ ކަމަށް ތައްޔާރުވި ކަމަށެވެ. އަދި އެ ގޮތުން އެފްއޭ ކަޕްގައި ކުޅެން ސަސް އިން ރޭވި ވަނައެއް ހޯދުމަށް ވުރެ ބޮޑަށް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އިންމަ ވަނީ ފާހަގަކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު އިންމަ ސަސްގެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަސް އިން ވަނީ އެފްއޭ ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި، ބިސް ބުރު އަތުން 10 ގޯލުން މޮޅުވެ، ސަސް އިން އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ވަނީ ކްލަބް އީގަލްސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްފަ އެވެ. އެކަމަކު، ސެމީގައި ޕެނަލްޓީ ޖަހައިގެން ކްލަބް ވެލެންސިއާ އަތުން ސަސް ބަލިވީ އެވެ.

ރެލިގޭޝަނަށް ތައްޔާރުވާން ވަގުތު ބޭނުންވާތީ ސަސް ވަނީ އެފްއޭ ކަޕް ތިން ވަނަ ހޮވާ މެޗު ނުކުޅެން ނިންމައި އެކަން އެފްއޭއެމަށް އަންގައިފަ އެވެ. މުބާރާތް ފެށުނު ފަހުން މުބާރާތުން ވަކިވުމުން އެފްއޭއެމުން އަންނަނީ ސަސްގެ އެ މައްސަލަ ބަލަމުންނެވެ.

"އަޅުގަނޑުމެން އެފްއޭ ކަޕްގައި ތައްޔާރުވީ ރެލިގޭޝަނުގައި (ކޮލިފިކޭޝަނުގައި) ނަތީޖާ ނެރެން، އެފްއޭ ކަޕްގައި އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު ނަތީޖާތަކެއް ނުކުތީމަ ރެލިގޭޝަނުގައި އެ ތަފާތު އެ ފެނުނީ،" އިންމަ ބުންޏެވެ.

އިންމަ ބުނީ ފެންވަރު ރަނގަޅު ޓީމުތައް މާލީ މައްސަލަތަކާ ހެދި އެކި މައްސަލަތަކުގެ ތެރޭގައި އުޅެގެން ސީޒަން ނިންމާލަން ޖެހޭއިރު، މިކަންކަމުން އިބުރަތް ލިބިގަނެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. ކަންކަން ރަނގަޅު ނުކުރެވޭނަމަ މިހާރު މި ދިމާވާ ހާލަތްތަކުގެ ސަބަބުން ކޯޗުންނަށް މި މަސައްކަތް ނުކުރެވޭނެ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"އަސްލު ހަގީގަތުގައި ކޯޗެއްގެ ހައިސިއްޔަތުން ބުނާ ކަމަށްވާނަމަ ކޯޗަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން މި ހާލަތަކީ. ޕްރެކްޓިސްގައި ފަސް ކުޅުންތެރިން ހަ ކުޅުންތެރިން ގޮވައިގެން ޓްރެއިން ކުރުމަކީ ކޯޗަކަށް ކުރެވޭނެ ކަމެއް ނޫން. މީގެ ތެރޭގައި ވަރަށް އުނދަގޫ ކަންތައްތަކެއް އައި،" އިންމަ ބުންޏެވެ.

"އެކަމަކު، އަހަރެމެންގެ ސަގާފަތް، ފުޓްބޯޅައިގައި މި ދާ ގޮތުން މި ޗެލެންޖާ ވެސް ހަމަ ކުރިމަތިލާން ޖެހޭ، މިދިޔަ ސީޒަނުގައި ގްރާންޑޭގައި ވެސް މި ދިމާވީ މި ކަންތައް. މި ފަހަރު ސަސްގައި ވެސް ތިން ވަނަ ބުރުގައި ދިމާވީ މި ކަންތައް. ކޯޗުންނަށް މިހެނެއް މި ގޮތަށް މި ކަމެއް ނުކުރެވޭނެ،"

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއިރު، އެ ޓީމު ގޮވައިގެން އިންމަ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ މާލީ ގޮތުން ބަލާއިރު، މައްސަލަތަކެއް ކުރިމަތިނުވެ އެވެ. އެކަމަކު، މިދިޔަ ތިން ސީޒަނަށް ބަލާއިރު، އިންމަ ކޯޗުކޮށްދިން ދެ ޓީމުގައި ވެސް ތަކުރާރުވީ އެއް މައްސަލަތަކެކެވެ. އެ ގޮތުން މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭގައި ވެސް އިންމަ އަށް މާލީ ކަންކަމުގެ ސަބަބުން ޗެލެންްޖް ބޮޑުވި އެވެ. މި ފަަހަރު ސަސްގައި ވެސް ތަކުރާރުވީ ދާދި އެއް މައްސަލަތަކެކެވެ.

"އަޅުގަނޑުމެންނަކީ ޓެކްނިކަލް މީހުން، ޓީމެއް ގޮވައިގެން ނަތީޖާ ނެރެވޭނެ ކަހަލަ މާހައުލެއް ބިނާކުރުމަކީ އެ ޓީމެއް ހިންގާ ފަރާތުގެ ޒިންމާއެއް. މިދިޔަ ތިން ސީޒަނުގައި ވެސް މި ފަދަ އުނދަގޫ ހާލަތެއްގައި މި ޗެލެންޖްތަކުގެ އުނދަގޫކަން އެނގިގެން އަނބުރާ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޕޮޒިޓިވް ވިސްނުމުގައި ނުކުތީ. ނުކުމެ މި ކުރެވުނު މަސައްކަތަށް ޓަކައި ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން،" ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ދެ ފަހަރެއްގެ މަތިން އުފުލި އިންމަ ބުންޏެވެ.

ސަސް އިން މި ސީޒަނުގައި މުޅިން އެއްކޮށް ދިވެހި ކުޅުންތެރިން ލައިގެން ކުޅުނުއިރު، މިއީ އެހެން ޓީމުތަކުން ވެސް ކުރަން ރަނގަޅު ކަމެއްތޯ ނޫނީ މިއީ ކުރެވޭނެ ކަމެއްތޯ ނޫސްވެރިން އެހުމުން އިންމަ ޖަވާބު ދިނީ ދިމާވި ހާލަތަށް ބަލައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންމަ ބުނީ ބިދޭސީ ކުޅުންތެރިން ސީޒަން ނިމެންދެން ޓީމުގައި ހުންނާނެ ކަމަށާއި އެއީ އޮންނާނެ ފަސޭހައެއް ކަމަށެވެ. އެކަމަކު، ހުނަރަށް ބަލައިގެން މާލީ މައްސަލައެއް ދިމާނުވެ، ރަނގަޅަށް ޓީމު ހިންގަން ބަލާނަމަ ދިވެހި ކުޅުންތެރިން ލައިގެން ވެސް މިކަން ކުރެވޭނެ ކަމަށް އިންމަ ގަބޫލުކުރެ އެވެ.

އަންނަ ސީޒަނުގައި ސަސް އިން ފެނިދާނެތޯ އެހުމުން އިންމަ ބުނީ އަދި އެކަމާ ނުވިސްނާ ކަމަށާއި މި ވަގުތު އޮތް ހިތްހަމަޖެހުމަކީ ފުރަތަމަ ޑިވިޝަނުގައި ސަސް ބާއްވަން ކުރި މަސައްކަތް ހުރި ގޮންޖެހުންތަކުގެ ތެރެއިން ވެސް ކާމިޔާބުވުން ކަމަށެވެ.

"މިދިޔަ ސީޒަނުގައި ވެސް ވަރަށް ބޮޑަށް ސްޓްރަގްލް ކުރިން، އަނެއްކާ މި ސީޒަނުގައި ވެސް ވަރަށް ބޮޑަށް ސްޓްރަގަލް ކުރެވިއްޖެ. އުނދަގޫ ހާލަތްތައް މި ހުންނަނީ އުންމީދަކީ ހަމަ މި ކަހަލަ ހާލަތްތައް ކޯޗުންނަށް، ހުރިހާ ކޯޗުންނަށް އަޅުގަނޑު އެކަންޏެއް ނޫން، ފުޓްބޯޅަ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އުނދަގޫ ހާލަތްތައް މި ހުންނަނީ، އަޅުގަނޑުމެންގެ ބާރު ނުފޯރާ ކަންކަން މި ހުންނަނީ. އަޅުގަނޑުމެން ބާރު ނުފޯރާ ކަމަކާ އަޅުގަނޑުމެން ޕްރެޝަރަށް ދާން ވެއްޖިއްޔާ ވަރަށް އުނދަގޫ ކަމެއް އެއީ،" އިންމަ ބުންޏެވެ.

ޖުމްލަ ގޮތެއްގައި މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި މާޒިޔާ ނޫން ހުރިހާ ކްލަބަކަށް މާލީ ގޮތުން ވަރަށް އުނދަގޫ ހާލަތްތަކެއް ކުރިމަތިވި އެވެ. އެފްއޭ ކަޕްގެ ފައިނަލް މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ސީޒަނުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އަންނަ ސީޒަން ފަށަންވާއިރަށް ކަންކަން ރަނގަޅުކުރަން ކްލަބްތަކާ ގުޅިގެން ދުރާލާ މަސައްކަތް ކުރައްވާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox