ޕްލެޓްފޯމް ނެގި ނަމަވެސް ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން އަދި ނުފަށާ

ވިލިމާލެ ފަރަށް އުރުނު ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމް: މި ޕްލެޓްފޯމް އެތަނުން ނެގުނީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވިލިމާލެ ފަރަށް އުރުނު ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމް: މި ޕްލެޓްފޯމް އެތަނުން ނެގުނީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވިލިމާލެ ފަރަށް އެރި ބްރިޖު މަސައްކަތްކުރާ ޕްލެޓްފޯމް އެތަނުން ނެގި ނަމަވެސް އެ ސަރަހައްދަށް އެޅިފައި ހުރި ޕްލެޓްފޯމުގެ އެހެން ބައިތައް ނަގާ ނުނިމޭތީ ފަރަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނެފި އެވެ.

މާލެ-ތިލަފުށި ބްރިޖު މަސައްކަތުގައި ބޭނުންކުރާ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" އެއް ވިލިމާލޭ ފަރަށް އެރީ މީގެ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ބްރިޖު މަސައްކަތްކުރާ ކޮންޓްރެކްޓަރު އެފްކޮންސްއާ ހަވާލާދީ ޕްލޭނިން މިނިސްޓްރީން ބުނީ ޕްލެޓްފޯމް ފަރަށް އެރީ އެންކަރަށް ދިމާވި މައްސަލައަކުން ކަމަށެވެ.

މި ޕްލެޓްފޯމް އެތަނުން ނެގޭ ވަރުވީ ހާދިސާ ހިނގިތާ 12 ދުވަސް ފަހުންނެވެ.

ޕްލެޓްފޯމް ނުނަގާ ލަސްވި މައްސަލައިގައި ތިމާވެށި ރައްކާތެރިކުރަން ގޮވާލާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ ޕްލެޓްފޯމް ފަރުގައި އޮންނަހާ ހިނދަކު ފަރަށް ގެއްލުން ލިބެމުން ދިޔުމެވެ.

ޕްލެޓްފޯމް ނެގުން ލަސްވެގެން ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ވެއްދި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ތަމްސީލުކުރައްވާ އެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އެކަމަކު އެ ދުވަހު އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ.

މި ހާދިސާއާ ގުޅިގެން ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ފަރަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމް "އަދަދު" ނޫހަށް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ޕްލެޓްފޯމުގެ ބާކީ ހުރި ބައިތައް ނަގާ ސާފުކުރުމުން ކަމަށެވެ.

"އެތަނަށް އެޅިފަ އެބަހުރި ދަގަނޑު ހޮޅިތަކާ އެއްޗެހި. އެއެއްޗެހި އެތަނުން ނެގާ އެ ސަރަހައްދު ސާފުކުރީމަ އެ މަސައްކަތް ފެށޭނީ," އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޕްލެޓްފޯމް އުރުނު ސަރަހައްދުގެ ފަރުމަތީގައި ޕްލެޓްފޯމުގެ ފައިތަކުން ވަކިވެފައިވާ ހަތަރު ދަގަނޑު ހޮޅި އޮވެ އެވެ.

މި މަސައްކަތް ނިމޭނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް އަދި ނޭނގެ އެވެ. ބްރިޖު މަސައްކަތްކުރާ ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ނިމޭނެ ތާރީހެއް ލިބިފައިވޭތޯ ސުވާލުކުރުމުން ނައީމް ވިދާޅުވީ ނުލިބޭ ކަމަށެވެ. ނަމަވެސް ބާކީ ހުރި ބައިތައް ނެގިހާ އަވަހަކަށް ފަރަން ލިބުނު ގެއްލުމުގެ މަސައްކަތް އީޕީއޭއިން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް ކޮންޓްރެކްޓަރު ޖޫރިމަނާ ކުރުމުގެ ބާރު ލިބެނީ އީޕީއޭއަށެވެ.

ސަރުކާރުން ރެކޯޑު ހޭދައެއް ކޮށްގެން ހިންގާ މާލެ-ތިލަފުށި ބްރިޖް މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ އަގުބޮޑު މަޝްރޫއެކެވެ. ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާ ގުޅޭ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅާލެވޭނެ އެވެ.

މިއީ އިގުތިސޯދީ ގޮތުން ފައިދާ ބޮޑު މަޝްރޫއުއެއް ނަމަވެސް، މި މަޝްރޫއު އިއުލާނުކުރެއްވުނު ދުވަހުން ފެށިގެން ވެސް ތިމާވެށީގެ ޖަމިއްޔާތަކުން ވަނީ މިއީ ތިމާވެއްޓަށް ގެއްލުން ބޮޑު މަޝްރޫއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެގޮތުން މި ބްރިޖު މަސައްކަތާއި، އެ މަސައްކަތާ ގުޅިގެން ހިންގާ ގުޅިފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑުގެ ގެއްލުމެއް ލިބޭނެތީ އެ މަސަކަތްތައް ހުއްޓާލަން އެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox