އުނގޫފާރު ގޮވައިގެން ނުކުންނައިރު މޯހަން އަށް ޗެލެންޖިން މަސައްކަތެއް

Aug 26, 2022, 8:09 AM
އުނގޫފާރުގެ ޕްރެކްޓިހެއްގެ ތެރެއިން މޯހަން: އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކަކަށް އުންމީދުކުރޭ.-- ފޮޓޯ: އުނގޫފާރު އެފްސީ/ ފޭސްބުކް

އުނގޫފާރުގެ ޕްރެކްޓިހެއްގެ ތެރެއިން މޯހަން: އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކަކަށް އުންމީދުކުރޭ.-- ފޮޓޯ: އުނގޫފާރު އެފްސީ/ ފޭސްބުކް

ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މީގެ ކުރިން ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ކުޑަހުވަދޫ ފުޓްބޯޅަ ޓީމު ގޮވައިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. މީގެ ފަސް މަހެއްހާ ދުވަސް ކުރިން މޯޯހަން ވަނީ އުނގޫފާރު ޓީމުން ލިބުނު އޮފާ ގަބޫލުކޮށް އެ ޓީމާ ހަވާލުވާން ނިންމައިފަ އެވެ. އެއީ އުނގޫފާރުން 2023/24 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުރާ މަސައްކަތުގައި ބައިވެރިވުމަށެވެ.

"ކުޅުމާ އެއްޗެހި ބަދަލުކުރެވިއްޖެ، އެހެންވިޔަސް ވެސް މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނެ ގޮތެއް ބަލަން ޖެހޭނީ،" އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގައި އުނގޫފާރުން މިއަދު ދުވާފަރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޯހަން "އަދަދު" އަށް ބުންޏެވެ.

އެމްޓީސީސީ ނޯތު ލީގު ދެ ވަނަ ޑިވިޝަނުގެ ގްރޫޕް ޑީ، ރ. އަތޮޅު ރަށްތަކުގެ މެޗުތައް ކުރިއަށްދަނީ ތިން ރަށެއްގެ މެދުގަ އެވެ. އަލިފުށީ ޓާފް ދަނޑުގައި ކުޅޭ މި ގްރޫޕްގައި ވާދަކުރަނީ އަލިފުށްޓާއި ދުވާފަރު އަދި އުނގޫފާރު އެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ނޯތު ލީގު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނެ އެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ދުވާފަރާއި އަލިފުށި ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެ މެޗު ބަލަން އުނގޫފާރު ޓީމު ވެސް ދިޔަ އެވެ.

"ކޮންމެ ޓީމެއްގައި ވެސް މި ތިބެނީ އެވްރެޖް ޕްލޭޔަރުން. މި ރަށަށް ވުރެ ޓެކްނިކަލީ ބަލާއިރު އަނެއް ދެ ރަށުގެ ކުޅުންތެރިން ކުޑަކޮށް ރަނގަޅު. ދެން، އެކަމަކު، ޕްރެކްޓިސް ކުރެވުނީމަ ގޭމަކާއި ގޭމް ޕްލޭނެއް، އެ އެއްޗެހި (އުނގޫފާރުގެ) އެބަ އިނދޭ. އެ ބޯޅަ ކުޅެން އުޅޭއިރު ރިސްކަކީ ފަހަތުން މިސްޓޭކެއް ހެދުން، ޕާސް ކޮށްގެން ކުޅެން ބަލާއިރު ފަހަތަށް ވެސް ވިސްނަން ޖެހޭ،" ދިވެހި ލީގު ކާމިޔާބުކުރި މަދު ދިވެހި ކޯޗުންގެ ތެރޭގައި ހިމެނޭ މޯހަން ބުންޏެވެ.

އުނގޫފާރު ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން މޯހަން (ވ).-- ފޮޓޯ: އުނގޫފާރު އެފްސީ/ ފޭސްބުކް

އުނގޫފާރު ޓީމާ އެކު މޯހަން އަށް އެ ރަށުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހުނީ ވެލި ދަނޑެއްގަ އެވެ. އެހެންވެ، މޯހަން ވަނީ ތިން ރަށަކަށް ގޮސް ޓާފް ދަނޑުގައި ފަސް މެޗެއް ކުޅެފަ އެވެ. އެއީ ބ. އޭދަފުށްޓަށް ގޮސް އެ ރަށުގައި ކުުޅުނު މެޗާއި ޅ. ހިންނަވަރަށް ގޮސް އެ ރަށު ޓީމާއި ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޅުނު މެޗުގެ އިތުރުން ޅ. ނައިފަރުގައި އެ ރަށު ދެ ޓީމާ ކުޅުނު މެޗުތަކެވެ.

"ހިންވަރަށް ގޮސްފައި އަނެއްހެން ބަލާއިރު އެ ޓީމާ އެކީ ކުޅުނު މެޗުގައި ވެސް ޑޮމިނޭޓްކުރި، 65 ޕަސެންޓް ވަރު. އެ ވަރަށް ކުޅެވޭ، ޑޮމިނޭޓް ކުރެވޭ. ވާ ގޮތަކީ އެ ދެވޭ މިސް ޕާހެއް ނޫނީ ފަހަތުން އެ ހުސްވާ ޖާގައެއް އަނެއް ޓީމަށް ފައިދާ ނަގަން މި ލިބެނީ،" ކުޅެވުނު މެޗުތަކުގައި ދިމާވި ކަންތައްތަކަށް އިޝާރާތްކޮށް މޯހަން ބުންޏެވެ.

"އެންމެ އުނދަގުލީ އަސްލު އުނގޫފާރުގައި ޓާފެއް ނެތީމަ، އެ ވަރުގެ ވަސީލަތެއް އޮތްތަނަކަށް ގޮސް މި މެޗު ކުޅެން ޖެހެނީ. އެއީ ވެލިގަނޑުގައި ކުޅެން ހަދައިގެން، މުބާރާތަަކަށް ގޮސް، ޓާފް ދަނޑަށް އަަރައި އެ މެޗު ކަންޑިޝަނަށް ޓީމު ސެޓެއް ނުވާނެ،"

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ވާދަކުރާ ޓީމުތަކުގައި މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ. އެ ގޮތުން އުނގޫފާރު ޓީމުގައި ހިމެނޭ ޔާސީން ފިރާގާއި އެ ޓީމުން ގެނައި އުޒްބެކިސްތާން މިޑްފީލްޑަރު، އުމަރުޔޯނޯފް އަހްރޯރް އަކީ މީގެ ކުރިން ފުރަތަމަ ޑިިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

ޔާސީން ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ވިކްޓަރީ އަށް ކުޅެފަ އެވެ. އަހްރޯރް ވަނީ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

"ޔާސީން އާއި އަހްރޯރް މި ތިބީ، ދެން އަހްރޯރް ގެނައީ ރިސްކެއް ނުނަގައި ދަންނަ ކުޅުންތެރިއަކަށް ދާން ބޭނުންވާތީ،" މޯހަން ބުންޏެވެ.

މިއަދު ދުވާފަރާ ދެކޮޅަށް ކުޅެން ޖެހޭ މެޗު މޯހަން އަށް ހާއްސަވާ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް މިއީ މި އަހަރު ޖެނުއަރީ 23 ވަނަ ދުވަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ފަހު މޯހަން އަލިފުށީ ޓާފް ދަނޑަށް މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އަލިފުށީ ޓާފްގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މޯހަންގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ 2-1 އިން ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. އެ މެޗުގެ އެ ނަތީޖާ އަށް ފަހު މޯހަން އަށް މާޒިޔާ ކޯޗުކަން ގެއްލުނެވެ.

މޯހަން އަށް މިއަދުގެ މެޗު ހާއްސަވާނެ ދެ ވަނަ ސަބަބަކީ ކުރިން އެކުގައި މަސައްކަތް ކުރި ކޯޗިން ޓީމުގެ މެމްބަރަކާ ދެކޮޅަށް ކުޅެން ޖެހުމެވެ. އެ ގޮތުން މޯހަންގެ އުނގޫފާރު ޓީމާ ދެކޮޅަށް މިއަދު ކުޅޭ ދުވާފަރު ޓީމުގެ ކޯޗަކަށް ހުރީ އީގަލްސްގައި މޯހަންއާ އެކު މަސައްކަތްކުރި ކޯޗު، އަހުމަދު ނިމާދު (ނިމާ) އެވެ.

ދުވާފަރާއި އުނގޫފާރު ކުޅޭ މެޗު އަލިފުށީ ޓާފް ދަނޑުގައި ފަށާނީ މިއަދު 16:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox