2026 ގައި ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު ހަރަދު ވާނެ!

މާލޭ ކޮމާޝަލް ހާބަރު: ދަރަންޏާ ހެދި އިގުތިސޯދަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަކުރެވޭނީ އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކޮށްގެން ކަމަށް މާލީ އިދާރާތަކުން ލަފާދޭ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާލޭ ކޮމާޝަލް ހާބަރު: ދަރަންޏާ ހެދި އިގުތިސޯދަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަކުރެވޭނީ އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކޮށްގެން ކަމަށް މާލީ އިދާރާތަކުން ލަފާދޭ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ތަރައްގީގެ މަޝްރޫއުތަކަށާއި އެހެނިހެން ކަންކަމަށް ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަކަށް 2026 ގައި އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށް ވާލްޑް ބޭންކުގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ވާލްޑް ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިޕޯޓުގައިވާ ގޮތުގައި 2021 ގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ދައުލަތުގެ ދަރަނި ހުރީ 6.1 ބިލިއަން ޑޮލަރު (93.3 ބިލިއަން ރުފިޔާ) ގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 125 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

ދައުލަތުގެ ޖުމްލަ ދަރަނީގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެއްގެ ލޯނު ނުވަތަ 46 ޕަސެންޓު ލޯނަކީ ޗައިނާ ސަރުކާރު ހިއްސާވާ ބޭންކުތަކާއި މާލީ އިދާރާތަކުން ނަގާފައިވާ ލޯނެވެ. ބާކީގެ ތެރެއިން 19 ޕަސެންޓަކީ ސޮވަރިން ބޮންޑްހޯލްޑަރުންނަށް އަދާކުރަން ޖެހޭ ފައިސާ އެވެ.

ވާލްޑް ބޭންކުން ފާހަގަކުރި ގޮތުގައި މި ހިނގާ 2022 ވަނަ އަހަރު ހިމަނައިގެން 2025 ވަނަ އަހަރާ ހަމައަށް އެވަރެޖުކޮށް އަހަރަކު 367 މިލިއަން ޑޮލަރު ދަރަނި ދައްކަން ހަރަދުކުރަން ޖެހެ އެވެ. މި އެވަރެޖު ތިން ގުނައަށް އުފުލި 2026 ގައި އެއް ބިލިއަން ޑޮލަރު އަދާކުރަން ޖެހެނީ މި ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި 100 މިިލިއަން ޑޮލަރުގެ އަބޫދާބީ ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭތީ އެވެ.

2021-2030 އަށް ދަރަނި އަދާކުރަން ކުރަން އަނބުރާ ދައްކަން ކުރަން ޖެހޭ ހޭދަ ދައްކުވައިދޭ ތާވަލު. -- ޗާޓު: ވާލްޑް ބޭންކު
2021-2030 އަށް ދަރަނި އަދާކުރަން ކުރަން އަނބުރާ ދައްކަން ކުރަން ޖެހޭ ހޭދަ ދައްކުވައިދޭ ތާވަލު. -- ޗާޓު: ވާލްޑް ބޭންކު

2021-2030 އަށް ދަރަނި އަދާކުރަން ކުރަން އަނބުރާ ދައްކަން ކުރަން ޖެހޭ ހޭދަ ދައްކުވައިދޭ ތާވަލު. -- ޗާޓު: ވާލްޑް ބޭންކު

ވާލްޑް ބޭންކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2026 ގައި މި ފައިސާ އަދާކުރުމަށް ފަހު އަނެއްކާވެސް ދަރަނި އަދާކުރަން ކުރަންޖެހޭ ހޭދަ 2022-2025 ގައި ހުރި މިންވަރަށް ވެއްޓޭނެ އެވެ. މި މުއްދަތުގެ ތެރޭގައި އިތުރު ދަރަނިތަކެއް ނުނަގައިިފިނަމަ 2030 އާ ހަމައަށް ދަރަނި އަދާކުރަން ހަރަދުވާ ފައިސާ އަހަރުން އަހަރަށް ދަށްވާނެ އެވެ.

ދަރަނި އިތުރުވީ ސަބަބުތައް ފާހަގަކުރަމުން ވާލްޑް ބޭންކުން ބުނި ގޮތުގައި ދަރަނި އިތުރުވީ މައިގަނޑު ސަބަބަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރުކޮށް، ސަރުކާރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް އެކްސްޕެންޑިޗާ ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅިގެންނެވެ. ޕީއެސްއައިޕީ ހޭދަ އެންމެ ބޮޑަށް އިތުރުވީ ކުރީ ސަރުކާރުގައި 2015 ގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދަދު އިތުރުކުރުމާ ގުޅިގެންނެވެ.

އެގޮތުން އޭގެ ކުރިން އެވަރެޖުކޮށް 123 މިލިއަން ޑޮލަރުގައި ހުރި ޕީއެސްއައިޕީ ބަޖެޓު ވަނީ 2015-2019 އަށް ހިނގި ފަސް އަހަރުގެ ތެރޭގައި އަހަރަކު 357 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.

މި ހަރަދުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހަރަދުވީ އަދި ހަރަދު ކުރަމުންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސިނަމާލޭ ބްރިޖާއި ގްރޭޓާ މާލޭ ކަނެކްޓިވިޓީ ފަދަ ދަތުރުފަތުރުގެ ނިޒާމުގެ ބިޔަ މަޝްރޫއުތަކަށެވެ. އިތުރު 21 ޕަސެންޓަކީ ހައުސިން މަޝްރޫއުތަކަަށް ކުރާ ހޭދަ އެވެ.

ދަރަނީގެ މައްސަލައިގައި ވާލްޑް ބޭންކުން މިފަހަރު ވެސް ލަފާ ދިނީ ހަރަދުތައް އިގުތިސޯދުކޮށް، އާމްދަނީ އިތުރުކުރާށެވެ. އަދި މިހާރު ދަރަނި ހުރި ހާލަތަށް ބަލާއިރު އަހަރަކު އެވަރެޖުކޮށް 9.6 ޕަސެންޓުގައި އިގުތިސޯދު ކުރިއެރި ނަމަވެސް 2026 ގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނީ 100 ޕަސެންޓަށް ވުރެ މަތީގަ އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ރާއްޖެއަށް ދަރަނި ދެއްކުމުގައި އެންމެ ބޮޑު ދަތިކަމެއް ދިމާވާނީ 2026 ގައި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ސީދާ އަދަދެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox