އިންޑިއާ ލޯނުތަކުގެ ދިފާއުގައި އަމީރު؛ މިއީ އަގު ހެޔޮކޮށް ލިބޭ ފައިސާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ: މި ސަރުކާރުގެ ދަރަނީގެ ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށް އަބަދުވެސް އަންނަނީ ވިދާޅުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަނީ: މި ސަރުކާރުގެ ދަރަނީގެ ސިޔާސަތަކީ ދެމެހެއްޓެނިވި ސިޔާސަތެއް ކަމަށް އަބަދުވެސް އަންނަނީ ވިދާޅުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިންޑިއާއިން ނަގާފައިވާ ލޯނުތަކަކީ ހެޔޮ އަގުގައި ލިބޭ ލޯނުތަކެއް ކަމަށާއި އެ ފައިސާ އަނބުރާ ދައްކަން އެއްވެސް ދައްޗެއް ދިމާ ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރު މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ ދިފާއުގައި އަމީރު ވާހަކަ ދައްކަވާފައި މިވަނީ އެ ލޯނުތަކާއެކީ ދިވެހި ދައުލަތުގެ ބޭރު ދަރަނި ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް ސީދާ ސަރުކާރުގެ ބޭރު ދަރަނި ހުރީ 46 ބިލިއަން ރުފިޔާގަ އެވެ.

އެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަށް އިތުރުކުރި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އެހެން ލޯނުތަކުގެ އިތުރުން އޭގެ ކުރިން ޔޫރަޕުގެ ބޭންކުތަކަކުން ގުޅިފަޅު ހިއްކަން ނެގި 1.5 ބިލިއަން ރުފިޔާގެ ލޯނާއެކު ބޭރު ދަރަނި މިހާރު ހުންނާނެ ކަމަށް ބެލެވެނީ 50 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. މީގެ ތެރެއިން 23.7 ބިލިއަން ރުފިޔާއަކީ މި ސަރުކާރު އައިފަހުން އިންޑިއާއިން ނަގާފައިވާ ލޯނުތަކެވެ.

އިންޑިއާއިން ނަގާފައިވާ ލޯނުތައް

  • ފުރަތަމަ ޑޮލަރު ކްރެޑިޓް ލައިން - 800 މިލިއަން ޑޮލަރު
  • މާލެ-ތިލަފުށި ބްރިޖް މަޝްރޫއުއަށް – 400 މިލިއަން ޑޮލަރު
  • ދެވަނަ ޑޮލަރު ކްރެޑިޓް ލައިން – 50 މިލިއަން ޑޮލަރު
  • ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް – 40 މިލިއަން ޑޮލަރު
  • ތިންވަނަ ޑޮލަރު ކްރެޑިޓް ލައިން – 100 މިލިއަން ޑޮލަރު
  • ސޯޝަލް ހައުސިން އަޅަން - 119 މިލިއަން ޑޮލަރު
  • ފުލުހުންގެ އުމްރާނީ ތަރައްގީއަށް - 41 މިލިއަން ޑޮލަރު

ދަރަނީގެ މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑު ނަމަވެސް މީގެ ކުރިން ވެސް އަމީރު ވަނީ މި ސަރުކާރުގެ ދަރަނި ނެގުމުގެ ރެކޯޑު ދިފާއު ކުރައްވަމުން މިއީ ދަރަނި ދެއްކުމުގެ ގާބިލިއްޔަތުކަމަށް އަސަރުނުކުރާ، ދެމެހެއްޓެނެވި ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.

އަމީރުގެ އެ ވާހަކަތައް ތަކުރާރުކުރައްވަމުން މިފަހުން އިންޑިއާގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަށް ފަހު ޕީއެސްއެމް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިއީ އަގުހެޔޮކޮށް ލިބެން ހުރި ފައިސާ ހޯދައިގެން އިގުތިސޯދު ފުޅާކުރަން މަސައްކަތްކުރަންވީ ދަނޑިވަޅު ކަމަށާއި މަސައްކަތް ކުރަނީ ތަރައްގީ ގެންނަން ކަމަށެވެ. އަދި, ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއާއި ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓު މަޝްރޫއުއަކީ އިގުތިސޯދު ފުޅާކުރަން ކޮންމެހެން ބޭނުން ދެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ދަރަނި ނަގައިގެން ކުރަނީ ކޮންކޮން ކަމެއްތޯ؟ އެންމެ ބޮޑަށް މިކުރަނީ ބްރިޖު ކަނެކްޓިވިޓީ އާއި މާލެ ހާބާ ގުޅީފަޅަށް ބަދަލުކުރުން. މި މަސައްކަތަކީ އިގުތިސޯދު ފުޅާވެގެން އަންނައިރު، ކޮންމެގޮތެއް ވިޔަސް މާލެ ޕޯޓަކަށް ކޭޓާއެއް ނުކުރެވޭނެ... ކޮންމެގޮތެއް ވިޔަސް އެ ޕޯޓް އިތުރަށް ފުޅާނުކޮށް ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން އެބަދޭ," އަމީރު ވިދާޅުވި އެވެ.

އިންޑިއާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކީ "ކޮންސެޝަނަލް" ނުވަތަ އަގުހެޔޮ ލޯނެއް ކަމަށް ބުނާބުނުން ސަރުކާރުން ބިނާކުރަނީ އެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށާއި ގްރޭސް ޕީރިއަޑަށް ބިނާކޮށެވެ.

އެގޮތުން, ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކީ 1.5 އިންޓްރެސްޓުގައި ފަސް އަހަރު ފަހުން ދައްކަން ޖެހޭ ލޯނެކެވެ. އަދި, ބައެއް އެހެން މަޝްރޫއުތައް ހިންގަން ނަގާފައިވާ އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ފެސިލިޓީއަކީ ވެސް 3.75 އިންޓްރެސްޓު ރޭޓުގައި ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު 14-15 އަހަރުން ދައްކާ ލޯނުތަކެކެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއީ ވާލްޑް ބޭންކުގެ މިންގަނޑުން ބެލި ނަމަވެސް އަގުހެޔޮ ލޯނުތަކެކެވެ.

"ވާލްޑް ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ގްރާންޓް އެލަމަންޓް %36 އިނިއްޔާ އެއީ ވަރަށް ކޮންސެޝަނަލް ނޫނީ ސަސްޓެއިނަބަލް ފައިނޭންސިންއެއް. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ފައިނޭންސް ހުރީ %29-%30 ގައި. އެހެންވީމަ ވަރަށް ބޮޑަށް ކޮންސެޝަނަލްކޮށް މިހުރީ," އަމީރު ވިދާޅުވި އެވެ.

އިތުރަށް ލޯނު ނެގުން ސަރުކާރުން ދިފާއިކުރި ނަމަވެސް، ވާލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތާ މެދު އެކިފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދަރަނީގެ މައްސަލައިގައި އެ އިދާރާތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑެތި ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކުގެ އިގުތިސޯދީ މަންފާ ނުލިބުން ނުވަތަ ލަސްވުމެވެ. މިކަން ހައްލުކުރަން ވާލްޑް ބޭންކާއި އައިއެމްއެފްގެ ވެސް ލަފަޔަކީ ރިކަރަންޓް ހަރަދުތަކާއި އިސްރާފު ހަރަދުތައް ކުޑަކޮށް އިގުތިސޯދީ ގޮތުން މަންފާ ބޮޑު މަޝްރޫއުތަކަށް ކުރާ ހޭދަ އިތުރުކުރުމާއި ޕްރޮޖެކްޓުތަކުގެ ދުވެލި އަވަސް ކުރުމެވެ.

މި އިދާރާތަކުގެ އިތުރުން ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވެސް ވަނީ ދަރަނީގެ ބުރަ ބޮޑުވެ، އެ ދަރަނި އަނބުރާ ނުދެއްކުމުގެ ހިރާސް ބޮޑު ކަން ފާހަގަކޮށްފަ އެވެ.

ދަރަނި ދައްކަން ގޮންޖެހުންތަކެއް ހުރި ނަމަވެސް އެފަދަ އެއްވެސް ނުރައްކަލެއް ކައިރި މުސްތަގުބަލެއްގައި ނެތް ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ. އެކަމަކު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި އެއާ ވިދިގެން އުފުލުމުންދާ ތެލާއި ތަކެތީގެ އަގުތަކާ ހުރެ ހަރަދުތައް އުފުލެމުން ދާތީ، ސަރުކާރުގެ ހަރަދުތައް އިގުތިސޯދުކޮށް އާމްދަނީ އިތުރުކުރަން މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox