ބޮޑެތި ބާރުތައް އޮންނަ ގޮތަށް މީޑިއާ ކޮމިޝަން އުފައްދަން އެމްއެމްސީގެ ހުށަހެޅުމެއް!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް މީޑިއާ ކޮމިޝަން އުފައްދަން އެމްއެމްސީން ވަނީ ބިލެއް ޑްރާފްޓްކޮށްފައި.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް މީޑިއާ ކޮމިޝަން އުފައްދަން އެމްއެމްސީން ވަނީ ބިލެއް ޑްރާފްޓްކޮށްފައި.

މީޑިއާތަކުން ހަދާ ގޯސްތައް ބަލައި ފިޔަވަޅު އެޅުމުގައި ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް މީޑިއާ ކޮމިޝަން އުފައްދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެެމްސީ)އިން ބިލެއްގެ ދެލި ކޮޕީ އެކުލަވާލައިފި އެވެ.

މީޑިއާގެ ކަންތައްތައް ރެގިއުލޭޓްކުރަން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އޮތުމުގެ ބަދަލުގައި އެ ދެ ކޮމިޝަނުން ކުރާ މަސައްކަތްތައް ކުރާނެ އެއް ކޮމިޝަން އުފެއްދުމަކީ ސަރުކާރުގެ ވައުދެކެވެ. އެމްއެމްސީން މިހާރު އެކުލަވައިލާފައިވާ ބިލުގައި އޮތީ އެގޮތަށް އުފައްދާ ކޮމިޝަނެއް އުފައްދާނެ ގޮތާއި ދޭނެ ބާރުތަކާ ބެހޭ ހުށަހެޅުންތަކެކެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްސީން އެ ދެލިކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ތައްޔާރުވަމުން އަންނަ އިރު އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަންނަނީ މީޑިއާ ކޮމިޝަން އުފައްދާ ގާނޫނު ހަދަން ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް އައްޔަންކުރާ 2 މެމްބަރަކާއި އިންތިހާބުކުރާ 5 މެމްބަރުން

މިހާރު ހުރި މިނިވަން އެހެން ކޮމިޝަންތަކުގެ މެމްބަރުންނަށް ދޭ މުސާރައާ އިނާޔަތްތަކާ އެކު މީޑިއާ ކޮމިޝަން އުފަައްދަން އެމްއެމްސީން އެކުލަވައިލި ދެލިކޮޕީގައި ހުށަހަޅާފައިވާ ގޮތުން، އަލަށް އުފައްދާ ކޮމިޝަނުގައި ތިއްބަވާނީ ޖުމްލަ ހަތް މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރަކާއި މީޑިއާތަކުން އިންތިހާބުކުރާ ފަސް މެމްބަރުންނެވެ.

މީޑިއާ ކޮމިޝަނުގެ މެމްބަރަކަމަށް ކުރިމަތިލުވުމުގެ ޝަރުތުތައް

  • ދަށް ވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުން
  • އުުމުރުން 35 އަހަރު ވެފައިވާ ދިވެއްސަކަށް ވުން
  • ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއްގެ އެޑިޓަރުކަމުގައި ނުވަތަ އިސް މަގާމެއްގައި 10 އަހަރު މަސައްކަތް ކޮށްފައި ވުން
  • ހައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައި ނުވުން
  • ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމަށް ނުވުން

އެމްއެމްސީގެ ދެލިކޮޕީގައިވާ ގޮތުން، މީޑިއާ ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެކަމަށް ބާއްވާ އިންތިހާބު އިއުލާނުކުރާނީ ވެސް އިލެކްޝަންސް ކޮމިޝަނުންނެވެ. އެ އިންތިހާބު އިއުލާނުކުރުމަށް ފަހު ކުރިމަތިލުމަށް ލިބޭނީ 10 ދުވަހުގެ މުއްދަތެވެ.

މީޑިއާ ކޮމިޝަނުގެ ބާރުތައް

އެމްއެެމްސީގެ ދެލިކޮޕީގައި، އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް ހިމަނާފައި އޮތީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގަ އެވެ. އެ ދެލިކޮޕީގެ 22 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، ނޫސްވެރިކަމާ ގުޅުން ހުރި، ހިޔާލުފާޅުކުުރުުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރާއި މީޑިއާތަކާއި އެހެން ފަރާތްތަކުން ކުރާ ކަންތައްތައް ހުއްޓުވުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ހަމަތަކާއި އަހުލާގީ މިންގަނޑުތައް ކަނޑައަޅާނީ ވެސް އެ ދެލިކޮޕީގައިވާ ގޮތުން ކޮމިޝަނުންނެވެ. މީޑިއާގައި ޝާއިއުކުރާ ތަކެއްޗާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮންނާނީ ދެލިކޮޕީގައިވާ ގޮތުން އެ ކޮމިޝަނަށެވެ. މީޑިއާގައި މަަސައްކަތްކުރާ ފަރާތްތައް އެކްރެޑިޓްކުރުމުގެ ބާރު ވެސް އޮންނާނެ އެެވެ.

"ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ޝާއިއުކުރާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކާއި އެފަރާތްތަކުގެ މީސްމީޑިއާ އެކައުންޓްތަކާއި ރާއްޖޭގައި ހިންގާ ރޭޑިއޯ ސްޓޭޝަންތަކާއި އެތަންތަނުގެ މުވައްޒަފުންގެ މައްޗަށާއި މިގާނޫނުގެ މަގުސަދު ހާސިލުކުރުމަށް އެންގުމެއް އަންގަން ޖެހިއްޖެ ކަމަށް ކޮމިޝަނަށް ފެނުނު ކޮންމެ ފަރާތެއްގެ މައްޗަށް ކޮމިޝަންގެ ބާރު ހިނގާނެ އެވެ،" އެމްއެމްސީގެ ދެލިކޮޕީގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox