ބަދުއަހުލާގީ ވީޑިއޯއިން ފެންނަ ބައެއް މީހުން ފުލުހުންގެ ހުއްދައާއެކު އުމްރާއަށް ފުރައިފި

ބަދުއަހުލާގީ ވީޑިއޯއިން ފެންނަ ބައެއް މީހުން ފުލުހުންގެ ހުއްދައާއެކު އުމްރާއަށް ފުރައިފި

ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރް މައްސަލައިގައި ހިމެނޭ ދެ މީހަކު ހުއްދައާއެކު އުމްރާއަށް ފުރާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބަދުއަހުލާގީ މައްސަލަތަކުގައި ހިމެނޭ ދެ މީހަކު އުމްރާއަށް ފުރުމުގެ ހުއްދަ ފުލުހުން ދިންއިރު އެ މައްސަލައިގައި ހިމެނޭ 18 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ބުނީ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ އުމްރާއަށް ފުރަން ކުރިން ހަމަޖައްސާފައިވާ މީހުން ކަމަށެވެ.

"އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރަން ދިޔުމުގެ އިންތިޒާމްތައް ކުރިން ވެސް ހަމަޖައްސާފައިވާ ދެ މީހަކު އުމްރާއަށް ފުރުމުގެ ވަގުތީ ހުއްދަ ދީފައިވޭ،" މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ވެސް ރާއްޖެއިން ފުރައިގެން ގޮސްފައިވެ އެވެ. ފުލުހުން އިއްޔެ ބުނީ އެގޮތަށް ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވެނީ 38 މީހުންނަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އެއް ވީޑިއޯއަށް ވުރެ ގިނަ ވީޑިއޯ ވެސް ހުރި ކަމަށް ވެ އެވެ.

ވީޑިއޯ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ފާހަގަ ކުރުމަށްފަހު، އެމީހުންނަކީ ދައުލަތުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ނަމަ، ފުލުހުން ދަނީ އެކަން އެ އޮފީސްތަކަށް އަންގަމުންނެވެ.

އެއާއެކު، ގިނަ އޮފީސްތަކުން ދަނީ ވީޑިއޯތަކުގެ މައްސަލައިގައި ހިމެނޭ މީހުން ވަޒީފާއިން ސަސްޕެންޑުކުރަމުންނެވެ. މިގޮތުން މިހާތަނަށް ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހެއް ވެސް ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަލަމްގީރުގެ އިތުރުން އަލަމްގީރާ އެކު ދައުރުވެފައިވާ ވީޑިއޯތަކުން ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަދި ފުލުހެކެވެ.

މީގެ ތެރެއިން ނަޝީދު ފިޔަވައި އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީގެ މަޝްވަރާއަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox