10 ބޯލް އެސޯސިއޭޝަން ކަޕް ފަޔާޒް ކާމިޔާބުކޮށްފި

Aug 10, 2022, 7:46 AM
10 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ހުސައިން ފަޔާޒް / ފޮޓޯ: އެމްޕީބީއޭ

10 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ހުސައިން ފަޔާޒް / ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ 10 ބޯލް އެސޯސިއޭޝަން ކަޕް ހުސައިން ފަޔާޒް ކާމިޔާބުކޮށްފި އެވެ.

މި މަހުގެ 5-9 އަށް ކުރިއަށްދިޔަ މުބާރާތުގައި 33 ކުޅުންތެރިން ވާދަކުރި އެވެ. ހުރިހާ ކުޅުންތެރިން 16 ގްރޫޕަށް ބަހާލުމަށް ފަހު ދެ ވަނަ ބުރުން ޖާގަ ލިބުނީ ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ކުޅުންތެރިންނަށެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ފަޔާޒް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަސްލަމް އަބްދުﷲ 9-5 ފްރޭމުން ބަލިކޮށްގެންނެވެ. ފައިނަލް މެޗު ފަށައިގެން ލީޑުގައި އޮވެ، ކުޅުނީ އަސްލަމް އެވެ. އެ ގޮތުން 3-1 ގެ ލީޑެއް އަސްލަމް ނެގި ނަމަވެސް ފަޔާޒު ވަނީ މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ، ބްރޭކަށް ދިޔައިރު 4-4 އިން ސްކޯ އެއްވަރުކޮށްފަ އެވެ.

ބްރޭކަށް ފަހު ނުކުމެ ފަޔާޒު ފެނުނީ ތަފާތު ފޯމެއްގައި ކުޅެލިތަނެވެ. މާ ގިނަ ފުރުސަތުތަކެއް އަސްލަމް އަށް ނުދީ އިތުބާރާ އެކު ކުޅެ ފަޔާޒު މެޗު ކާމިޔާބުކުރި އެވެ.

މުބާރާތުގެ ފައިނަލަށް ފަޔާޒު ދަތުރުކުރީ ސެމީ ފައިނަލުގައި އިސްމާއިލް ސުވެއިފު 7-4 ފްރޭމުން ބަލިކޮށްގެންނެވެ. ކުއާޓާ ފައިނަލުގައި ފަޔާ މޮޅުވީ ގައުމީ ޓީމްގެ އިސްމާއިލް ޖީހާން އަތުން 7-4 ފްރޭމުންނެވެ.

އަސްލަމް ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު އޭނާ ވަނީ ސެމީ ފައިނަލްގައި ގައުމީ ޓީމްގެ މުހައްމަދު ޝަރީފް 7-6 ފްރޭމުން ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި އަސްލަމް މޮޅުވީ އިބްރާހިމް އާފީ އަތުން 7-4 ފްރޭމުންނެވެ.

އެމްޕީބީއޭގެ މިއަހަރު ބާކީ ހުރި މުބާރާތްތަކަށް ބަލާއިރު، އަންނަ ސެޕްޓެމްބަރު މަހު ގައުމީ ފެންވަރުގެ ތިން މުބާރާތެއް ކުރިއަށްދާނެ އެވެ. އެއީ 10 ބޯލް ޗެމްޕިއަންޝިޕާއި، 9 ބޯލް އެސޯސިއޭޝަން ކަޕްގެ އިތުރުން 9 ބޯލް ޗެމްޕިއަންޝިޕެވެ. އަހަރުގެ އެންމެ ފޯރިގަދަ މުބާރާތްކަމަށްވާ ގައުމީ ބިލިއާޑް މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox