ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ވީޑީއޯއަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) މަގާމުން ވަކިކޮށްފި އެވެ.
އަލަމްގިރިއާއެކު ރާފިއު ކަމަށް ބެލެވޭ މީހަކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލާފައި ވަނީ މިއަދު އެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއުގެ ވީޑިއޯއާ ގުޅިގެން ރައީސް އޮހީހުގެ އޮފިޝަލަކު ވިދާޅުވީ އެ ވީޑިއޯ އާންމުވުމުގެ ކުރީން އެނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލަމްގީރާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން ބުނާ ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.













