މަންޓާގެ ވެރިން ރައްޔިތުންނާ ބައްދަލުކޮށް މައްސަލަ ހައްލުކޮށްފި

ކުޑަހުވަދޫ ރައްޔިިތުން މިއަދު ހަވީރު ފެށި އިހުތިޖާޖުގެ ތެރެއިން: މި މައްސަލަ ފެށުނީ އެ ރަށުގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމަޖެންސީގައި މާލެ ނުގެންގޮސްދެވިގެން. -- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދޫ ފޭސްބުކް ޕޭޖް

ކުޑަހުވަދޫ ރައްޔިިތުން މިއަދު ހަވީރު ފެށި އިހުތިޖާޖުގެ ތެރެއިން: މި މައްސަލަ ފެށުނީ އެ ރަށުގައި ހާޓްއެޓޭކެއް ޖެހުނު މީހަކު އެމަޖެންސީގައި މާލެ ނުގެންގޮސްދެވިގެން. -- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދޫ ފޭސްބުކް ޕޭޖް

ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާއިން އެ މީހުންނާ ބައްދަލުކޮށް މައްސަލަ ހައްލުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާގެ މަތިންދާބޯޓެއްގައި މާލެ ނުގެނެސްގެނެވެ. މަންޓާއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލިމީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.

މަންޓާ އެއާގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ރޭ އެ ރަށަށް މަންޓާގެ ގްރޫޕެއް ގޮސް މުޒާހަރާ ކުރަމުންދިޔަ އެ ރަށު ރައްޔިތުންނާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މިހާރު އެ ރަށު ރައްޔިތުން އެދެމުންދިޔަ ކަންކަމަށް ހައްލެއް ލިބިފަ ކަމަށް ވަނީ. އެއީ ރޭ ވަނީ އެ މުޒާހަރާ ވެސް ހުއްޓާލާ އެންމެން ގެއަށް ގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށުން މުޒާހަރާ ކުރަމުންދިޔަ މީހުން ބޭނުންވީ މަންތާގެ މީހުންނާ ބައްދަލުކޮށް ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށެވެ.

"އެ ރަށު މީހުން ކުރިން ވެސް އެދެމުން ދިޔައީ ބަލި މީހުން އުފުލުމުގައި ލުއިތަކެއް ހޯދަދޭން. އެކަމަށް ހައްލެއް ގެނައުމަށް މަޝްވަރާ ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭގެ ބައްދަލުވުމުގައި ވަނީ އެ ރަށުގެ ރައްޔިތުންނަށް މަންޓާއިން ބަލި މީހުން އުފުލަން އުނދަގޫވާ ސަބަބު ކިޔައިދީ އެކަން އޮންނަ ގޮތް އޮޅުން ފިލުވައިދީފައި ކަމަށެވެ. މަންޓާއިން ވަނީ ބަލި މީހުން އުފުލުމަށް ކޮށްދެވެން އޮތް ކަންތައްތައް ކޮށްދޭނެ ކަމަށް އެއްބަސްވެފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox