ދޮޅު އަހަރު ތެރޭ ދަ ގްރާންޑޭ އަށް ފުރަތަމަ މޮޅު

Jul 31, 2022, 1:36 PM
ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 6-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ދޮޅު އަހަރެއްހާ ދުވަސްތެރޭ ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އަތުން މޮޅުވި ފަހުން ދެން ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނުގައި ކުޅުނު 33 މެޗު ނިންމާލީ މޮޅެއް ނުހޯދަ އެެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގެ ފަހު ހަ މެޗާއި މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ 20 މެޗު ހިމެނެ އެވެ. އެ 33 މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، 30 މެޗުން ވީ ބައްޔެވެ.

މިއަދު ދަ ގްރާންޑޭ އިން އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގައި ސަސް ބަލިކުރިއިރު، އެ ޓީމުގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) އަކީ އެންމެ ފަހުން ގްރާންޑޭ މޮޅުވިއިރު އެ ޓީމުގެ ކޯޗެވެ. ސަސް ފުރަތަމަ ޑިވިޝަނަށް ނުުކުތީ ނާދުގެ ކޯޗުކަމުގަ އެވެ. ދަ ގްރާންޑޭއާ މި ސީޒަނުގައި ހަވާލުވި ނާދުގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު 28 މެޗުގެ ތެރެއިން މި ވަނީ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

Advertisement

ސަސް އިން މި މެޗާ ކުރިމަތިލިއިރު، އެ ޓީމުގެ ކީޕަރަކަށް ކުޅެން ޖެހުނީ އާންމުކޮށް މެދުތެރެއަށް ކުޅޭ އަހުމަދު ފަރުހާން (ގައްބެ) އެވެ. ސަސްގެ އެއް ވަނަ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަނިޔާގައި ހުރިއިރު، އެ ޓީމުގެ ދެ ވަނަ ކީޕަރު، ޔޫސުފް މީސަމް އަބްދުﷲ މި ވަގުތު ހުރީ 19 އަހަރުން ދަށުގެ ޓީމާ އެކު އިންޑިއާގަ އެވެ. އެއީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ.

ސަސްގެ ދެ ކުޅުންތެރިން ކައިރިން ދަ ގްރާންޑޭގެ އާކިބް (ކ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގައްބެ ކީޕަރަކަށް ހުރުމުގެ ފައިދާ ގްރާންޑޭ އިން މި މެޗުގައި ރަނގަޅަށް ނެގި އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ގްރާންޑޭ އަށް ލީޑުނަގައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މިއީ ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ގްރާންޑޭގެ އާޖެންޓީނާ ފޯވާޑް ހޫގޯ ނިކޮލަސް ބޮލުން ޖައްސާލި ބޯޅައަކުން ޖެންނޭ ޖެހި ގޯލެކެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ހޫގޯ ބޮލުން ޖެހި ގޯލުން ގްރާންޑޭގެ ލީޑުފުޅާކުރި އެވެ. އޭގެ ހަތް މިނިޓް ފަހުން ގްރާންޑޭގެ ތިން ވަނަ ގޯލު ވެސް ޖެހީ ހޫގޯ ބޮލުންނެވެ. މިއީ ވެސް ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ހޫގޯ ޖެހި ގޯލެކެވެ.

ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ގޯލެއް ޖަހައިފަ އެވެ، މިއީ ދަ ގްރާންޑޭގެ ކީޕަރު ލެބަނަންގެ މުހައްމަދު ތަހާ އޭރިއާތެރެއިން ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސަސްގެ ފޯވާޑް ޕިލާ އަށް ދަ ގްރާންޑޭގެ ކީޕަރު ތޯހާ ފައުލުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހޫގޯ ވަނީ ގްރާންޑޭގެ ހަތަރު ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ޖެންނޭ އަރިމަތިން ނެގި ހިލޭޖެހުމަކުން ހުރަސްވި ބޯޅައެއް ގޯލަށް ވައްދާލައިގެން ހޫގޯ ޖެހި ގޯލެކެވެ.

ސަސް އިން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅު ކުރި ނަމަވެސް މި ހާފުގެ ފަހު ކޮޅުގައި ވެސް ގްރާންޑޭ އިން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 76 ވަނަ މިނިޓްގައި ގްރާންޑޭގެ ފަސް ވަނަ ގޯލު ޖެހީ ވެސް ހޫގޯ އެވެ. އޭރިއާ ރޮނގުކައިރިން ވޮލީ އަކުން ހޫގޯ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ގައްބެ ބޯމަތިން އޮއްސިގެން ގޮހެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި، ސަސްގެ ޑިފެންޑަރުންނަށް އެ ޓީމުގެ އޭރިއާތެރެއިން ސަލާމަތް ނުކުރެވިދިޔަ ބޯޅައެއް ހޯދައި، އަހުމަދު ޝަމާލް ވަނީ ދަ ގްރާންޑޭގެ ހަ ވަނަ ގޯލު ޖަަހައިފަ އެވެ.

ސަސް އާއި ދަ ގްރާންޑޭ އަށް މި މެޗާ އެކު ލީގު ސީޒަން ނިމުނުއިރު، ދެ ޓީމު ވެސް ދެން ކުރިމަތިލާނީ ރެލިގޭޝަން ބުރާ އެވެ. ރެލިގޭޝަން ބުރުގައި ދަ ގްރާންޑޭ އާއި ސަސް ކުޅެން ޖެހުނީ ލީގުގެ ފުލުގައި ނިންމި ދެ ޓީމު ކަމަށްވާތީ އެވެ. ސަސް އަށް 21 މެޗުން 15 ޕޮއިންޓް ލިބުނުއިރު، ދަ ގްރާންޑޭ އަށް 21 މެޗުން ލިބުނީ ފަސް ޕޮއިންޓެވެ.

ރެލިގޭޝަން ބުރުގައި ދަ ގްރާންޑޭ އާއި ސަސް ލީގު ބުރެއް ކުޅޭނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕާ ދެކޮޅަށެވެ. އެ ހަތަރު ޓީމުގެ ލީގު ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox