އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލްތަކަށް ދިނުން ލަސްވާތީ ކަންބޮޑުވުން

ބާޒާރުމަތީ އަތޮޅު ފިހާރަތައް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބާޒާރުމަތީ އަތޮޅު ފިހާރަތައް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް ޖަމާކޮށްދޭނެ ކަމަށް ބުނިތާ ދެ މަސް ފާއިތުވެގެން ދިޔައިރު ވެސް، އެކަން ކޮށްދީފައި ނުވާތީ ބައެއް އަތޮޅު ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަތޮޅު ފިހާރަތަކީ، އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ގާއިމުކޮށްފައިވާ އިންވެސްޓްމަންޓު ތަކެކެވެ. އެ ފިހާރަތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި އަތޮޅު ކައުންސިލުތަކަށް ލިބެމުންދަނީ އެ ތަންތަނުން ލިބޭ އާމްދަނީގެ ދެ ބައި ކުޅަ އެއްބަ އެވެ.

އަތޮޅު ފިހާރަތަކުގެ ކުލި، އަތޮޅު ކައުންސިލްތަކަށް އެއްކޮށް ޖަމާކޮށްދެއްވާނެ ކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ މެއި މަހު އުކުޅަހުގައި ކުރިއަށް ދިޔަ ވިއަވަތި ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަމީރު ވަނީ ހަފްތާއެއް ތެރޭގައި އެ ފައިސާ ޖަމާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކައުންސިލްތަކަށް ލިބޭ އާމްދަނީއަކުން ދެކޮޅެއް ނުޖެހޭ، އަތޮޅު ކައުންސިލެއް ވިމާ ރަށްރަށުގެ ކައުންސިލަށް އެހީތެރިކަން މާލީ ގޮތުން ވެސް އަދި ފަންނީ ގޮތުން ވެސް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއެއް، އެކަމަކު އަޅުގަނޑުމެންނަށް ވެސް ނެތް އެއްޗަކުން އެހީތެރިކަމެއް ފޯރުކޮށް ނުދެވޭ، އެކަމަކު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތުގައި،" ފައިސާ ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށް ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ މި ނޫހަށް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ވިއަވަތި ކޮންފަރެސްންގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ކަންބޮޑުވުމަކަށް އޮތީ ކައުންސިލްތައް ހިންގުން ދެކޮޅު ނުޖެހޭ މައްސަލަ ކަމަށާއި އެ ކަން ހައްލު ކުރުމުގެ ގޮތުން އަތޮޅު ފިހާރަތަކުގެ ކުލި ޖުމްލަކޮށް ކައުންސިލްތަކަށް ހުށަހެޅީ ހުރިހާ ކައުންސިލަކުން ވެސް އެކަމަށް އެއްބަސްވެވިގެން ކަމަށެވެ.

"އަތޮޅު ފިހާރަތަކަކީ އަތޮޅު ތަކުގެ ރައްޔިތުން އަޅާފައި ހުރި ތަންތަން އެއީ، އެހެންވީމާ އެ ތަންތަނުގެ ކުލި ޖުމްލަކޮށް ކައުންސިލްތަކަށް ލިބޭނެ ގޮތް އޮތުމަކީ ވަރަށް ފަސޭހައިން ކައުންސިލްތަކުގެ މާލީ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ލިބޭނެ ފުރުސަތެއް ގޮތަށް އަޅުގަނޑުމެން އެ ވާހަކަ ދެއްކީ،" ޝުޖާއު ވިދާޅުވި އެވެ.

ވ. އަތޮޅު ފަދަ ކުދި އާބާދީ ހިމެނޭ އަތޮޅުތަކުގައި ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ މައްސަލަ އިންތިހާއަށް އިތުރުކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ.

"ކައުންސިލްތަކަށް ލިބޭ ހިލޭ އެހީން ފެށުނުއިރު ވެސް ދެކޮޅެއް ނުޖެހޭ، ގިނަ ކައުންސިލްތައް ހުރީ އޮކްޓޯބަރު ނޮވެންބަރު ހިސާބަށް ދާއިރު ކައުންސިލަރުންގެ މުސާރަ ވެސް، ހިލޭ އެހީން ބަހާ އުސޫލުން ބެހީމާ ދެކޮޅު ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަށު ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން އަތޮޅު ކައުންސިލްތަކަށް ފޯރުކޮށް ދެވެން އޮތީ އަތޮޅު ފިހާރަތަކުން ލިބެންވާ ކުލި ލިބިގެން ކަމަށެވެ.

ވ. އަތޮޅު ފިހާރަ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވ. އަތޮޅު ފިހާރަ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވ. އަތޮޅު ފިހާރަ-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުލި ލަސްވުމުގެ ކަންބޮޑުވުން އިތުރު ބައެއް އަތޮޅު ކައުންސިލްތަކުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

އެ ފިހާރަތަކަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު, އެތަންތަން އެކީގައި ކައުންސިލުތަކަށް ދޫކޮށްލައިފި ނަމަ، ކައުންސިލުތަކަށް ފައިސާ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލަރުން ވިދާޅުވެ އެވެ.

ހަފްތާއެއް ތެރޭގައި ޖަމާކޮށްދޭން ބުނި ކުލިތައް މިހާތަނަށް ވެސް އަތޮޅު ކައުންސިލްތަކަށް ޖަމާކޮށްދީފައިނުވާއިރު، ކުލި ޖަމާކޮށްދިނުން ލަސްވަނީ ކީއްވެކަން ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅުމުން ވެސް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.

އަތޮޅު ރައްޔިތުން އިސްވެ، ބާޒާރު މަތީގައި އަތޮޅު ފިހާރަތައް ގާއިމުކުރީ 1960 ވަނަ އަހަރުގެ ތެރޭގައި ކަން ތާރީހީ ބައެއް ލިޔުންތަކުން ފެނެ އެވެ. ނަމަވެސް، އޭގެ ފަހުން އެ ފިހާރަތަކުގެ މިލްކުވެރިކަން ސަރުކާރުގެ ދަށަށް ގެނެސްފައިވާއިރު، އެތަންތަނުން ލިބޭ އާމްދަނީގެ ހިއްސާއެއް ކައުންސިލުތަކަށް ގަވައިދުން ދީފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ 50 ޕަސަންޓް ކައުންސިލުތަކަށް ޖަމާކޮށްދޭން ފެށި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި، މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox