ބަންދުކުރި ބިދޭސީން ބަލަހައްޓަން ހަ އަހަރުން 6.4 މިލިޔަން ރުފިޔާ

ސައްހަ ލިޔެކިއުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން ފެށި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން. ބިދޭސީން ބަންދުގައި ބައިތިއްބަން ފަސް އަހަރުން 6.4 މިލިޔަން ރުފިޔާ ހަރަދުވި-- ފައިލް ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސައްހަ ލިޔެކިއުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދަން ފެށި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން. ބިދޭސީން ބަންދުގައި ބައިތިއްބަން ފަސް އަހަރުން 6.4 މިލިޔަން ރުފިޔާ ހަރަދުވި-- ފައިލް ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސައްހަ ލިޔެކިއުން ނެތުން ފަދަ ސަބަބުތަކާ ހެދި އިމިގްރޭޝަނުން ބަންދުކޮށްގެން ބަލަހައްޓާ ބިދޭސީންގެ ކެއިން ބުއިމާއި ބޭސްފަރުވާ އަދި އެމީހުން ރާއްޖޭން ފޮނުވައިލުން ފަދަ ކަންތައްތަކަށް މިދިޔަ ހަ އަހަރު ދުވަހު އެވްރެޖުކޮށް އަހަރަކު އެއް މިލިޔަން ރުފިޔާ ދައުލަތުން ހަރަދުވެފައިވާ ކަމަށް ތަފާާސް ހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން "އަދަދު"އާ ހިއްސާކުރިި ހިސާބުތަކުގައިވާ ގޮތުން ބަންދުގައި މިހާރު ތިބި ބިދޭސީންނަށް މިއަހަރުގެ މިހައިތަނަށް 453،000 ( ހަތަރު ލައްކަ ފަންސާސް ތިން ހާސް) އަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި ބަންދުގައި ތިބި ބިދޭސީންގެ ކެއިން ބުއިމަށް އެކަނި މިއަހަރު 342،743.75.ރ ( ތިން ލައްކަ ސާޅީސް ދެހާސް ހަތް ސަތޭކަ ސާޅީސް ތިން ރުފިޔާ ހަތް ދިހަ ފަސް ލާރި) ހަރަދުވި އެވެ. އެމީހުންގެ ބޭސްފަރުވާ އާއި އެހެނިހެން އަސާސީ ކަންކަމަށް ހަރަދުވީ 75،187.77.ރ އެވެ. މީހުން އަނބުރާ ގައުމަށް ފޮނުވައިލަން ހަރަދުވީ 35,960.70.ރ އެވެ.

އިމިގްރޭޝަނުން ދިން ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީން ބަންދުގައި ބައިތިއްބަން އެންމެ ގިނަ ފައިސާ ހަރަދުވީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ޖުމްލަ 2.2 މިލިޔަން ރުފިޔާ ހަރަދުވި އެވެ. އެއީ ކެއިން ބުއިމަށް ހަރަދުވި 2.08 މިލިޔަން ރުފިޔާ އާއި ބޭސްފަރުވާއަށް ހަރަދުވި 113،048.77.ރ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ބަންދުގައި ތިބޭ ބިދޭސީންނަށް އެންމެ މަދުން ފައިސާ ހަރަދުކޮށްފައި އޮތީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ހަރަދުވީ ޖުމްލަ 937,465.76.ރ ( ނުވަ ލައްކަ ތިރީސް ހަތްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ހަތް ދިހަ ހަލާރި) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox