ޓަނާގެ ތަފާތު މޮޅު ކުޅުން ފެނޭ: ހުރިހާ ޝުކުރެއް މާޒިޔާ އަށް!

ޓަނާ ޑޮމިންގޭޒް: މާޒިޔާގައި މި ސީޒަނު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން.

ޓަނާ ޑޮމިންގޭޒް: މާޒިޔާގައި މި ސީޒަނު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގު، ސްޕެނިޝް ލަލީގާގައި ލަސް ޕަލްމާސް އަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ސޮއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދީ މި ފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އޭއެފްސީ ކަޕްގައި ނަތީޖާއެއް ނެރެވޭތޯ އެވެ. ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، ހޯދަން މާޒިޔާ އިން ފިިޔަވަޅަކާ ގާތަށް ޖެހިލައިފައިވާއިރު، އޭއެފްސީ ކަޕްގައި ވެސް އެ ޓީމު ކުޅެން ޖެހުނު ހާލަތާ ބަލާއިރު ދެއްކި ކުޅުން ރަނގަޅެވެ.

ޔަގީނުން ވެސް މާޒިޔާ ޓީމުގެ މި ފަހަރުގެ އެންމެ ބޮޑު ތަފާތަކީ ޓަނާ އެވެ.

ޓަނާ، 31، ވަނީ މިހާތަނަށް މާޒިޔާ އަށް ކުޅެދިން 20 މެޗުން 17 ގޯލު ޖަަހައި، 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ ތެރެއިން އޭއެފްސީ ކަޕްގައި ޓަނާ ވަނީ އޭޓީކޭ މޯހަން ބަގާން ކޮޅަށް ދެ ގޯލު ޖަހައި، ގޯކުލަމް ކެރަލާ ކޮޅަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އޭއެފްސީން މުޅި ގްރޫޕް ސްޓޭޖުގައި ހޮވި ސްޓެޓިސްޓިކްސް އަށް ބަލާއިރު އެންމެ ރަނގަޅު ޕްލޭމޭކަރަކީ ޓަނާ އެވެ. ޓަނާ ވަނީ ޖުމްލަ އެކު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި 17 ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ދެ ވަނަ އަށް އެންމެ ކައިރީގައި އޮތް ކުޅުންތެރިޔާ އަށް ވެސް ތަނަވަސްކުރެވުނީ 12 ފުރުސަތު ކަމަށް އޭއެފްސީ މީޑިއާ އިން މައުލޫމާތު ދެ އެވެ.

"އަދަދު" އަށް ދިން އިންޓަވިއުއެއްގައި ޓަނާ ބުނީ އޭއެފްސީ ކަޕްގައި މުޅި މާޒިޔާ ޓީމުގެ ލެވަލް ވެސް ފެނުނީ ރަނގަޅަށް ކަމަށާއި އޭޝިއާގެ ވަރުގަދަ ލީގުތަކުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނޭ ޓީމުތަކާ ދެކޮޅަށް މާޒިޔާ އިން ރަނގަޅަށް ކުޅުނު ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި އަހަރެމެންނަށް އޭއެފްސީ ކަޕުން އެ އަށް ވުރެ ރަނގަޅު ނަތީޖާތައް ހައްގު، އަހަރެމެންގެ އެބަހުރި އެ ބުރު (ގްރޫޕް ސްޓޭޖު) ފަހަނައަޅައި ދެވޭނެ ފެންވަރު. ވަރަށް ކުދި ކުދި ކަންކަން ގޯސްކޮށް ގޮސްފައި ހުރުމުން އެކަން ނުވީ،" ޓަނާ ބުންޏެވެ. "އަހަރެމެން އެ މެޗުތަކުގައި ކުޅުނު ފުޓްބޯޅަ އާއި ކެރިގެން ދެއްކި ހިތްވަރު އަހަންނަށް ކަމުދޭ. މިއީ އަހަރެންގެ ފުރަތަމަ އޭއެފްސީ ކަޕް، އަދި އިތުރަށް މި ލެވަލްގައި ކުޅެލަން ބޭނުން،"

އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ނުކުތް ޓީމުތައް ކަމަށްވާ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އާއި އިންޑިއާ ސުޕަ ލީގުގެ ޓީމު، އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އިން ވެސް ވަނީ ޓަނާގެ ކުޅުން ފާހަގަކޮށްފަ އެވެ.

އޭޓީކޭގެ ކޯޗު ސްޕެއިނުގެ ޖުއާން ފެރާންޑޯ ބުނީ ޓަނާ އަކީ މި ލެވަލަށް ބަލާއިރު މުޅިން ތަފާތު ކުޅުމެއް ދައްކާ ކުޅުންތެރިއެއް ކަމަށެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން، މި ވަގުތު ބަޝުންދަރާގައި ހުރި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ނަޒަރުގައި ޓަނާ ފަދަ ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގެ ލެވަލް މައްޗަށް ގެންދެވޭނެ ތަރިންނެވެ. އަދި ގޯކުލަމް ކެރަލާގެ އިޓަލީ ކޯޗު ވިންޗެންޒޯ އަނެސީ ބުނީ ޓަނާގެ ފަރާތުން ފެނުނު ކުޅުމަކީ ކޮންމެ ޓީމަކުން ވެސް އޭނާގެ ސޮއި ހޯދަން ބޭނުންވާނެ ފަދަ ލެވަލެއްގެ މޮޅު ކުޅުމެއް ކަމަށެވެ.

އޭއެފްސީން ހޮވި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ރަނގަޅު ޕްލޭމޭކަރުގެ ގޮތުގައި ފާހަަގަކުރެވުމަކީ ޓަނާ އަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އޭނާ އޭގެ ކްރެޑިޓް ދެނީ މުޅި މާޒިޔާ އަށެވެ.

"އަހަރެން އަބަދުވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަން. އޭއެފްސީ އާއި ޓީމުތަކުން އޭގެ އަގުވަޒަންކުރާތީ އަހަރެން އުފާކުރަން. މާޒިޔާ އަށް މީގެ ހުރިހާ ޝުކުރެއް ވެސް ހައްގު، މާޒިޔާ އަކީ އާއިލާއެއް. އެ މީހުންގެ އެހީއާ ނުލައި، އަހަންނަށް މި ކަންކަމެއް ނުކުުރެވޭނެ،" ޓަނާ ބުންޏެވެ.

ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު ޓަނާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ޓަނާ ވަނީ ޔޫތު ކެރިއަރުގައި ލަސް ޕަލްމާސް އާއި ވަލޮޑޮލިޑަށް ކުޅެފަ އެވެ. ސީނިއާ ކެރިއަރު ފެށީ 2009 ވަނަ އަހަރު ސްޕެއިނުގެ ކްލަބެއް ކަމަށްވާ ވިލަ ސަންޓާ ބްރިގިޑާ އިންނެވެ. އޭގެ ފަހުން ވެސިންޑާރިއޯ ބީ ޓީމާއި ސީނިއާ ޓީމަށް 2010 އިން 2012 އަށް ކުޅެފައި، ޓަނާ ދެން ގުޅުނީ ލަސް ޕަލްމާސް ސީ ޓީމަށެވެ.

ސް ޕަލްމާސް ސީނިއާ ޓީމަށް 2013 ވަނަ އަހަރު ޕްރޮމޯޓްވެ، ގަވާއިދުން އެ ޓީމަށް ކުޅެފައިވެ އެވެ. ލަސް ޕަލްމާސްއާ އެކު ލަލީގާގައި ގިނަ މެޗުތަކެއްގައި ކުޅުނު ޓަނާ ވަނީ 2020 އާ ހަމައަށް އެ ޓީމަށް 139 މެޗުން 13 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ލަސް ޕަލްމާސް އަށް ކުޅެމުން ޓަނާ ވަނީ 2019 ވަނަ އަހަރު ލޯން ޑީލެއްގައި ޗައިނާގެ ޒެޝިއާން ގްރީންޓައުން އަށް ކުޅެފަ އެވެ. އެންމެ ފަހުން ޓަނާ ކުޅުނީ ސްޕެއިންގެ ތިން ވަނަ ޑިވިޝަންގެ އަލްބަސޭޓޭ އަށެވެ.

ދުނިޔޭގެ ނިސްބަތުން ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭ ލީގެއް ކަމަށްވާ ލަލީގާގައި ޓަނާ ކުޅެފައިވަނީ 2015 އިން 2018 އަށެވެ. ޖުމްލަ ތިން ސީޒަން ލަލީގާގައި ކުޅުނު ޓަނާ ވަނީ އެ ލީގުގައި 83 މެޗުން 10 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ޓަނާ، ލަލީގާގައި ގޯލު ޖެހި ޓީމުތަކަށް ބަލާއިރު، ރެއާލް މެޑްރިޑް، ގްރަނާޑާ، އެތުލެޓިކް ބިލްބާއޯ، މަލާގާ، ގެޓަފޭ އަދި ރެއާލް ސޮސިއެޑާޑް ހިމެނެ އެވެ.

އޭއެފްސީ ކަޕްގެ ތެރެއިން ވެސް އިންޑިއާގެ މަޝްހޫރު ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ޓީމުތަކުން ޓަނާ ގެންދަން ސްކައުޓް ކުރި އެވެ. އިންޑިއާގެ ގިނަ އޭޖެންޓުން ވެސް ޓަނާގެ މައުލޫމާތު އެއްކުރި އެވެ. އޭއެފްސީ ކަޕްގައި ޓަނާ ދެއްކި ކުޅުމުން އޭނާ އަށް ގިނަ ރަނގަޅު އޮފާތަކެއް ވެސް ލިބޭނެ އެވެ. އެނގިފައިވާ ގޮތުގައި ޓަނާ ހުރީ މާޒިޔާގައި އިތުރަށް މަޑުކުރަން ބޭނުންވެފަ އެވެ.

"މާޒިޔާ އިން އަހަންނާ މެދު ކަންތައް ކުރަނީ ދަރިއަކާ މެދު ދެކޭގޮތަށް. ރާއްޖެ އަންނަން އަހަރެން ހަސަން ޝިފާން (މާޒިޔާގެ މީޑިއާ މެނޭޖަރު)އާ ވާހަކަ ދައްކަން ފެށި ހިސާބުން އަހަންނާ ވަރަށް ގާތްކޮށް އެ މީހުން ދެކެމުން އަންނަނީ، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވެސް މާޒިޔާގެ ކޯޗުންނާއި ކުޅުންތެރިންނާއި ސްޓާފުން ދެކުނީ އަހަރެން މިއީ ވަރަށް ގާތް މީހެއްގެ ގޮތުގައި،" ޓަނާ ބުންޏެވެ.

"އަހަރެން މި އަންނަނީ މީގެއިން ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުން، މި ޓީމަށް ކާމިޔާބެއް ހޯދައިދޭން ލިބޭ ކޮންމެ ފުރުސަތެއް އަހަރެން އުފަލާ އެކު ބަލައިގަންނަން. މާޒިޔާގައި ލިބޭ ކޮންމެ ކާމިޔާބެއް އަބަދުވެސް ފަހުރުވެރިކަމާ އެކު ހަނދާނުގައި ބަހައްޓާނަން،"

މާޒިޔާ މި ވަގުތު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގައި މިރޭ މާޒިޔާ އިން ޓީސީ ސްޕޯޓްސް ކްލަބާ ކުޅޭއިރު، މާޒިޔާ އިން ލީގުގައި ބާކީ އޮތް ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދިޔަސް ލީގުގެ ޗެމްޕިއަންކަން ޔަގީންވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox