ރާއްޖޭގައި 1710 ބިދޭސީ ޓީޗަރުން, 98 ޕަސަންޓު އިންޑިއާއިން

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް: ބިދޭސީ ޓީޗަރުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންނަނީ އިނގިރޭސި މާއްދާ ކިޔަވައިދޭން ކަމަށް މިނިސްޓްރީން ބުނޭ-- އަދަދު ފައިލް ފޮޓޯ

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް: ބިދޭސީ ޓީޗަރުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންނަނީ އިނގިރޭސި މާއްދާ ކިޔަވައިދޭން ކަމަށް މިނިސްޓްރީން ބުނޭ-- އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ސްކޫލްތަކުގައި މިވަގުތު ކިޔަވާދެމުންދާ ބިދޭސީންގެ ތެރެއިން، 98 ޕަސަންޓު ނިސްބަތްވަނީ އަވައްޓެރި އިންޑިއާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ ސްކޫލުތަކަށް ކިޔަވައިދޭން ބިދޭސީ ޓީޗަރުން ގެންނަ މައްސަލަ މިދިޔަ އަހަރުވެސް ވަނީ ބޮޑުވެފަ އެވެ. ނަމަވެސް މިނިސްޓްރީން ބުނެފައި ވަނީ ހާއްސަކޮށް ރަށްރަށުގައި ކިޔަވައިދޭން ދިވެހި ޓީޗަރުން ނުލިބޭ ކަމަށެވެ.

ދިވެހި ޓީޗަރުން ހޯދުމަށް އިއުލާންކޮށް ނުލިބޭތީ އުފަން ރަށް ނޫން އެހެން ރަށްރަށަށްދާ ދިވެހި ޓީޗަރުންނަށް 3000ރ. އެލަވެންސެއްވެސް ހަމަޖެއްސި އެވެ. ނަމަވެސް ދިވެހިން ނުލިބޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

Advertisement

ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންނާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން "އަދަދު"އަށް ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެކި ސްކޫލްތަކުގައި މިވަގުތު ތިބީ ޖުމްލަ 1710 ބިދޭސީ ޓީޗަރުންނެވެ.

އޭގެ ތެރެއިން 1674 އަކީ އިންޑިއާ ޓީޗަރުންނެވެ.

އެހެން ގައުމުތަކުގެ ޓީޗަރުން:

  • ސްރީލަންކާ 31 ޓީޗަރުން
  • އިޖިޕްޓް 3 ޓީޗަރުން
  • ޖޯޑްން 1 ޓީޗަރު
  • ޕާކިސްތާން 1 ޓީޗަރު

ބިދޭސީ ޓީޗަރުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންނަނީ އިނގިރޭސި މާއްދާ ކިޔަވައިދޭށެވެ. ދެވަނައަށް އެންމެ ގިނައީ ހިސާބު ކިޔަވައިދޭން ގެންނަ ޓީޗަރުންނެވެ.

titledesc

"އިންޑިޔާ އައުޓް" ކެމްޕޭނާއި އިންޑިއާ ޓީޗަރުން!

ބިދޭސީ ޓީޗަރުން ރާއްޖެ ގެންނަ މައްސަލަ މިދިޔަ އަހަރުގެ ކިޔެވުން ފެށުނުއިރު މައްސަލައަކަށްވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކޮށް "އިންޑިއާ އައުޓް" ގެ ނަމުގައި، އެކި ރަށްރަށުގައި އެއްވުންތައް ބާއްވަން ފެށި އެވެ.

ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގޭގޭގެ ފާރުތަކުގައި 'އިންޑިއާ އައުޓް' ލިޔަންވެއްޖެ ކަމަށް ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވެ އެ ރަށު ސްކޫލު ފާރުތަކުގައި ލިޔުނު މައްސަލައެއްވެސް ބޮޑުވި އެވެ.

މިނިސްޓްރީން އޭރު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކެމްޕޭންގެ ސަބަބުން، ރާއްޖޭގައި އުޅޭ އެ ގައުމުގެ ޓީޗަރުންނަށް ބިރުވެރިކަމާ ކުރިމަތިވެފައިވާ ކަމަށާއި އެ ޓީޗަރުން އެނބުރި ގައުމަށް ގޮސް، އޭގެ އަސަރު ދިވެހި ދަރިވަރުންނަށް ކުރުން ގާތް ކަމަށް ބުނެ އެވެ.

އިންޑިއާ ޓީޗަރުންނަށް މަގުމަތިން ފުރައްސާރަކުރުން އިތުރުވެ، ރައްކާތެރިކަމަށް ވެސް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޗުއްޓީއަށްފަހު ކިޔެވުން ފެށޭއިރު ޓީޗަރުން ހަމަ ނުވުމަކީ އަބަދުވެސް ކުރާ އަނެއް ޝަކުވާ އެވެ. ދިވެހިން ނުލިބުމުން ބިދޭސީ ޓީޗަރުން ގެންނައިރު މިފަދަ އަމަލުތަކުގެ ސަބަބުން ވަޒީފާދޫކޮށް ގޮސްދާނެ ކަމަށް މިނިސްޓްރީން ތަކުރާރުކޮށް ބުނެފައިވެ އެވެ.

އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކިޔަވައިދިނުމަށް ދަތިވެ، އޭގެ ގެއްލުން ދަރިވަރުންނަށް ފޯރުން ގާތް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox