އަންނަ ދިރާސީ އަހަރަށް އެލްކޭޖީ އަދި ގްރޭޑް 1 އިން ޖާގަ ހޯދަން ހުޅުވާލައިފި

ހުޅުދުއްފާރުގައި ދަރިވަރުން ސްކޫލަށް ދިއުން: 2027 ގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅަން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު

ހުޅުދުއްފާރުގައި ދަރިވަރުން ސްކޫލަށް ދިއުން: 2027 ގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅަން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު

2027 ވަނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުން އެލްކޭޖީ އަދި ގްރޭޑް 1 އިން ޖާގަ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. 

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުން އެލްކޭޖީ އަދި ގްރޭޑް 1 އިން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވާލީ އޮގަސްޓް 31، ގެ ނިޔަލަށް ކަމަށެވެ. 

ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން އެޕްލިކޭޝަން ފޯމެކެވެ. ހުށަހަޅާ އެޕްލިކޭޝަން ފޯމުގެ އަދާހަމަ މިނިސްޓްރީގެ ވެބްސައިޓުން ބެލެ އެވެ. 

މި އަހަރު ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާނެ 1،700 އަށް ގިނަ ދަރިވަރުން ހިމެނެ އެވެ.

މީގެއިތުރުން އަތޮޅުތެރެއިން މާލެއަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބަދަލުވީ ހުޅުމާލެއަށެވެ. އެއީ 800 އަށްވުރެ ގިނަ ދަރިވަރުންނެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 219 ސްކޫލެއްގައި ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.

ސްކޫލްތައް މިވަގުތު ފުރަތަމަ ޓާމްގެ ޗުއްޓީގައި އޮތްއިރު، ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ އޯގަސްޓް 2، އިން ފެށިގެން ޑިސެމްބަރު 17، ގެ ނިޔަލަށެވެ. ދެވަނަ ޓާމު ނިމި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މި އަހަރުގެ ޑިސެމްބަރު 18، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12، ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox