ބަދުއަހުލާގީ ވީޑިއޯގަ އުޅޭ ކަމަށް ބުނާ ފުލުހަކު ސަސްޕެންޑުކޮށް ޖިނާއީ ތަހުގީގެއް ފަށައިފި

ފުލުހުންގެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: ވީޑިއޯއިން ފެންނަ ކަމަށް ބެލެވެނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކު -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ މީހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: ވީޑިއޯއިން ފެންނަ ކަމަށް ބެލެވެނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހަކު -- ފޮޓޯ: އަދަދު ފައިލް

ބަދުއަހުލާގީ ވީޑިއޯއެއް އާންމުވި މައްސަލައިގައި އެއިން ފެންނަ ކަމަށް ބެލެވޭ ފުލުސް މީހަކު އޭނާގެ ވަޒީފާއިން އެކަހެރިކޮށް އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ ވީޑިއޯގައި ފެންނަނީ މީގެ ކުރިން ވެސް އެފަދަ ބައެއް ވީޑިއޯތަކުން ފެނުނު ބަންގްލަދޭޝް މީހާ އާއި އެހެން ފިރިހެނެކެވެ. ފުލުހުން ބުނީ އޭގައި އުޅޭ ކަމަށް ބެލެވޭ ފުލުސް މީހާގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ އިތުރުން އަހުލާގީ މައްސަލައެއްގެ ގޮތުގައި ވެސް އެކަން ބަލަމުންދާ ކަމަށެވެ.

"މި މައްސަލާގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާއިރު ތުހުމަތު ކުރެވޭ ޕޮލިސް އޮފިސަރު ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި،" ނޫސްވެރިން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.

އެ މައްސަލަ ރިޕޯޓް ކުރިއިރު ބައެއް ނޫސްތަކުން ބުނެފައި ވަނީ ވީޑިޯގައި ފެންނަ ކަމަށް ބެލެވެނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) މަސައްކަތް ކުރާ ފުލުހެއް ކަމަށެވެ.

އެއީ މިގޮތަށް ސޯޝަލް މީޑިއާގައި ދައުރުވި ތިންވަނަ ވީޑިއޯ އެވެ. މީގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ތައިލެންޑްގެ ސަފީރު ކަން ވެސް ކުރިން ކުރައްވާފައިވާ އަދި ޑީއާރުޕީގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާފައިވާ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

އެ ވީޑިއޯތަކުގައި ފެންނަނީ ނާޒިމް ނޫން ކަމަށް އޭނާ ބުނެފައިވާއިރު ކާނަލް ނަޝީދު ބުނެފައި ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށާއި ނަމަވެސް އެއްވެސް ބަދުއަހުލާގީ އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށެވެ.

ވީޑިއޯގެ މައްސަލައިގައި ނާޒިމް އާއި ކާނަލް ނަޝީދާއި ބަންގްލަދޭޝްގެ މީހާ ފުރުން މަނާކޮށް އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފި އެވެ. އަދި އެ އެންމެން ފުރުން މަނާ ކުރުމުގެ އަމުރުތަކެއް ކްރިމިނަލް ކޯޓުން ވަނީ ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox