ފައިސާ ދިންތާ ދެ އަހަރު ފަހުން ވެންޓިލޭޓަަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަނީ

ފައިސާ ދިންތާ ދެ އަހަރު ފަހުން ވެންޓިލޭޓަަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަނީ

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން، ހާލު ބޮޑުވާ މީހުނަށް ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ޑުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދޫކުރި ފައިސާ އަނބުރާ ރައްދުކުރަން އެންގި އެންގުންތަކަށް އިޖާބަނުދިނުމުން ހެލްތު މިނިސްޓްރީން އެދިގެން، އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

ނުލިބިގެން އުޅޭ ފައިސާއަކީ ކޮވިޑުގެ އެންމެ ގޯސް ހާލަތުގައިި ވެންޓިލޭޓަރު ހޯދަން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދަން އެގްޒިކިއުޓާސް ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން 30.9 މިލިއަން ރުފިޔާ އެވެ.

މި ފައިސާ ދިންތާ ދެ އަހަރާ ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު، މިހާތަނަށް ވެސް މި ވެންޓިލޭޓަރުތަކެއް ނުލިބެ އެވެ. އަދި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 ޕަސެންޓު ނެގުމަށް ފަހު ފުރަތަމަ ޝިޕްމަންޓު ކަމަށް ބުނެ އެ ކުންފުނިން ފޮނުވި 15 ވެންޓިލޭޓަރަކީ ވެސް އެއްބަސްވި ސްޕެސިފިކޭޝަންސްތަކާ އެއްގޮތް ނުވެގެން މިނިސްޓްރީން "ރިޖެކްޓު"ކޮށްފައިވާ ވެންޓިލޭޓަރުތަކެވެ.

އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ދޭން އެ ކުންފުންޏަށް ހެލްތު މިނިސްޓްރީން އެންގީ އޭގެ ފަހުންނެވެ. މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ބަންޑާރަ ނައިބުގެ އޮފީހުގައި މިނިސްޓްރީން އެދުނީ މިކަމުގައި އެ ކުންފުނީގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބުމުންނެވެ.

އާބިޓްރޭޝަނަށް ހުށަހަޅަން އެދުނުކަން "އަދަދު"އަށް ކަށަވަރުކޮށްދެމުން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސެއިން ހަސަން ވިދާޅުވީ އެ އޮފީހުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް

ވެންޓިލޭޓަރުތައް ގެންނަން އެގްޒިކިއުޓާސްއާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަކުން ނިންމި އެވެ. އަދި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް މިނިސްޓްރީގެ 10 މުވައްޒަފަކަށް ދައުވާ ކުރަން އެދި ޕްރޮސިކިޔުޓާ ޖެނެރަލް އޮފީހަށް ފޮނުވި އެވެ.

އެކަމަކު ޖިނާއި ދައުވާއެއް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ އެ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ. އޭގެ ފަހުން އޭސީސީއަށް އައްޔަނުކުރި އާ މެމްބަރުން ވަނީ މައްސަލަ މުރާޖާކުރުމަށް ފަހު ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް އަލުން ފޮނުވައިފަ އެވެ.

ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް ހެލްތް މިނިސްޓްރީގެ ކޮވިޑު ހަރަދުތަކާ ގުޅިގެން ކުރެވުނު ހާއްސަ އޮޑިޓުން ދައްކާ ގޮތުގައި، މި މައްސަލައިގައި ބައިވެރިވުން އޮތް މީހުން އަމަލުކުރީ މާލިއްޔަތު ގަވާއިދާ ހިލާފަށްކަން ސާފުކޮށް އެނގެ އެވެ.

އެގޮތުން މީގެ ކުރިން ވިޔަފާރި ނުކުރާ ކުންފުންޏަކާ އެކީ މުއާމަލާތެއް ކުރުމުގެ ކުރިން ބަލަންޖެހޭ ވަރަށް ނުބެލުމާއި، އެހާ ގިނަ އަދަދެއްގެ ފައިސާ އެޑްވާންސަށް ދިންއިރު، ޕާފޯމަންސް ސެކިޔުރިޓީ ނުބެހެއްޓި ސަބަބާ މެދު އޮޑިޓުގައި ސުވާލު އުފެއްދި އެވެ. އަދި މިއީ އުސޫލުތަކުގެ ބޭރުން ކުރިކަމެއް އިތުރުން "އާންމު ބުއްދީގެ ހަމަތަކަށް" ރިއާޔަތްކުރާއިރު ވެސް ކޮށްގެން ނުވާނެކަންކަން ހިމެނޭ މުއާމަލާތެއް ކަން ވެސް ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަގައި އޭރުގެ ހެލްތް މިނިސްޓަރާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މައިގަނޑު ދިފާއަކަށް ބުނީ އެ ކުންފުންޏަށް ފައިސާ ދިނީ ވެންޓިލޭޓަރުތައް ގުދަނުގައި ހުރެފައި، އދ.ގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ރެކޮމެންޑޭޝަނާ އެކީ ކަމަށެވެ. އެކަމަކު އޮޑިޓަރުން ބެލިއިރު އެ ކުންފުންޏަކީ ޑަބްލިޔުއެޗްއޯ އާ އެއްވެސް ގުޅުމެއް އޮންނަ ނޫނީ ވިޔަފާރިއެއް ކޮށްފައިވާ ކުންފުންޏެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox