ހުލާސާކޮށް އިއްޔެ: ހަރަދު ކުޑަނުކޮށް އިންތިހާބަށް މުވައްޒަފުން އިތުރުކުރާތީ ފާޑުކިޔުން

Mar 15, 2026, 2:43 AM
ހުކުރު ދުވަހު ޕީއެންސީން ބޭއްވި ސައިކަލް ބުރު. ގިނައިން ފެނިގެން ދިޔައީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން. -- ފޮޓޯ: ސޯޝަލް މީޑިއާ

ހުކުރު ދުވަހު ޕީއެންސީން ބޭއްވި ސައިކަލް ބުރު. ގިނައިން ފެނިގެން ދިޔައީ ސިޔާސީ މަގާމުތަކުގައި ތިބި މީހުން. -- ފޮޓޯ: ސޯޝަލް މީޑިއާ

މެދުއިރުމަތީގައި ކުރިއަށްދާ ބޮޑު ހަނގުރާމައަށް ބެލުމެއްނެތި ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ވެސް އިތުރު ކުރާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަމަށް އިއްޔެ ފާޑުވިދާޅުވި އެވެ.

ދައުލަތުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 142 މުވައްޒަފުން ނަގަން އިއުލާނު ކުރުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަނީ ގައުމަށް ހިޔާނާތްތެރިވާ މަންޒަރު ކަމަށެވެ.

"މިފެންނަނީ މިނާޒުކު ދަނޑިވަޅުގައި ވެސް ގައުމާމެދު ހިޔާނާތްތެރިވާ ތަން،" ޖަމީލް ވިދާޅުވެފައިވެ އެވެ.

އިޒްރޭލާއި އެމެރިކާއިން ފެބްރުއަރީ 28، ގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލި އެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 100 ޑޮލަރުން މަތީގަ އެވެ.

އެއާއެކު، ޔޫރޮޕު ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު، ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރަކުން އަދި ނާޅަ އެވެ. އޭގެ ބަދަލުގައި މިފަހަރުގެ ކުޑަ އީދު ވެސް އިންތިހާ ހަރަދުބޮޑުކޮށް ފާހަގަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ އެކި ކުންފުނިތަކަށް މުވައްޒަފުން ނަގާ އަދަދު ވެސް މިފަހުން ވަނީ އިތުރުވެފަ އެވެ. މުވައްޒަފުން އިތުރު ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބު ގާތްވުމުންނެވެ. އެ އިންތިހާބު ބާއްވަނީ އޭޕްރީލް 4، ގަ އެވެ.

އޭގެ އިތުރުން ޖަމީލް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މީހުން ވެސް ތާއީދު ކުރަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކަށް ނޫން ކަމަށެވެ. ސަރުކާރަށް ބަޔަކު ތާއީދު ކުރަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މުއިއްޒު ހަރަދު ކުޑަކުރާ ގޮތް މިފެންނަނީ! މިވާހަކަތަކަށް ނޫން ތާއީދުކުރާ ބަޔަކު އެކުރަނީ. އެއީ މުޅިން އެހެން މަސްލަހަތުތަކެއް ހިމާޔަތް ކުރަން،" ޖަމީލް ވިދާޅުވި އެވެ.

"އެންމެން އެކުވެރިވެ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ނޫނެކޭ ބުނަން އިލްތިމާސްކުރަން. މުއިއްޒު އަމާޒު ހިފާފަ ހުރީ ގައުމު ފުނޑާލަވެސް ބާރުތައް ޖަމާކޮށް ވެރިކަމުގައި ދެމިހުންނަން!"

ހުލާސާކޮށް އިއްޔެ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox