ރެކޯޑު އަގެއްގައި ޔުނިވާސަލް އާއި މެރިއޮޓް ހިއްސާވާ ފުލް މޫނާއި ޑަބްލިޔު މޯލްޑިވްސް ވިއްކާލައިފި

ޑަބްލިޔު މޯލްޑިވްސް ރިސޯޓު: މި ރިސޯޓާ އެކީ ވިއްކާލި ޝެރަޓަން ކުރިޔަށް އޮތް ތަނުގައި ވެސް ހިންގަނީ މެރިއޮޓް އިންޓަނޭޝަނަލްގެ މެނޭޖްމަންޓުގެ ދަށުން. -- ފޮޓޯ: އަގޯޑާ

ޑަބްލިޔު މޯލްޑިވްސް ރިސޯޓު: މި ރިސޯޓާ އެކީ ވިއްކާލި ޝެރަޓަން ކުރިޔަށް އޮތް ތަނުގައި ވެސް ހިންގަނީ މެރިއޮޓް އިންޓަނޭޝަނަލްގެ މެނޭޖްމަންޓުގެ ދަށުން. -- ފޮޓޯ: އަގޯޑާ

ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތައް ތަރައްގީކޮށްފައިވާ ޔުނިވާސަލް އެންޓަޕްރައިސަސް އާއި ބައިނަލްއަގުވާމީ ހޮސްޕިޓާލިޓީ ބްރޭންޑު މެރިއޮޓް އިންޓަނޭޝަނަލް ހިއްސާވާ ފުލް މޫން ރިސޯޓް އެންޑް ސްޕާ އާއި ޑަބްލިޔު މޯލްޑިވްސް ވިއްކާލައިފި އެވެ.

މި ރިސޯޓު ވިއްކާލުމުގެ މުއާމަލާތުގައި އިސްކޮށް އުޅުނީ ރިއަލް އެސްޓޭޓާއި އިންވެސްޓްމަންޓް މެނޭޖްމަންޓުގައި ފުންނާބު އުސް ޖޭއެލްއެލް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. މިއީ ރާއްޖޭގެ ރިސޯޓުތައް ވިއްކުމުގައި އެންމެ ތަޖުރިބާހުރި އަދި އެންމެ ގިނަ އަދަދެއްގެ ރިސޯޓުތައް ވިއްކުމުގެ މުއާމަލާތްތަކުގައި ބައިވެރިވި ކުންފުންޏެވެ.

ފުލް މޫނާއި ޑަބްލިޔު ރިސޯޓު ވިއްކާލި މުއާމަލާތާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ޖޭއެލްއެލްއިން ބުނި ގޮތުގައި މިއީ ރާއްޖޭގެ އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓު ހިމެނޭ ޕޯޓްފޯލިއޯއެއް ވިއްކާލި ފުރަތަމަ ފަހަރެވެ. މި ރަށްތައް ގަތީ ޕްރައިވެޓް އިކުއިޓީ އިންވެސްޓަރެކެވެ. އެކަމަކު ވިއްކާލި އަގެއް ހާމަ ނުކުރެ އެވެ.

ފުލް މޫން ރިސޯޓް އެންޑް ސްޕާ

  • ރަށް: ކ. ފުރަނަފުށި
  • ބިމުގެ ބޮޑުމިން: 11.8 ހެކްޓަރު
  • ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 176 ކޮޓަރި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓޫން ސްޕީޑުބޯޓުގައި 15 މިނިޓުން ދެވޭ
  • ފަސް ތަރި
ޝެރަޓަން ފުލްމޫން ރިސޯޓް އެންޑް ސްޕާ. -- ފޮޓޯ: އެރީނާ ޓުވާސް
ޝެރަޓަން ފުލްމޫން ރިސޯޓް އެންޑް ސްޕާ. -- ފޮޓޯ: އެރީނާ ޓުވާސް

ޝެރަޓަން ފުލްމޫން ރިސޯޓް އެންޑް ސްޕާ. -- ފޮޓޯ: އެރީނާ ޓުވާސް

ޑަބްލިޔު މޯލްޑިވްސް

  • ރަށް: އއ. ފެސްދޫ
  • ބިމުގެ ބޮޑުމިން: 4.8 ހެކްޓަރު
  • ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 77 ކޮޓަރި
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 25 މިނިޓުން ދެވޭ
  • ފަސް ތަރި
ޑަބްލިޔު މޯލްޑިވްސް. -- ފޮޓޯ: މެރިއޮޓް އިންޓަނޭޝަނަލް
ޑަބްލިޔު މޯލްޑިވްސް. -- ފޮޓޯ: މެރިއޮޓް އިންޓަނޭޝަނަލް

ޑަބްލިޔު މޯލްޑިވްސް. -- ފޮޓޯ: މެރިއޮޓް އިންޓަނޭޝަނަލް

ސީދާ އަގެއް ނުބުނި ނަމަވެސް ޖޭއެލްއެލް އިން ވަނީ މިއީ ކޮންރެޑް ރަންގައްޔާއި އަނަންތާރާ ދިގު، ވެލި އަދި ނަލަދޫ ރިސޯޓު ވިއްކާލުމުގެ މުއާމަލާތާއި ޝެވަލް ބްލޮންކް ރަންދެލި ވިއްކާލަން އެ ކުންފުނިން ހިންގި މުއާމަލާތްތަކެކޭ އެއްގޮތަށް އެންމެ ބޮޑު އަގެއް ލިބިގެން ހިންގުނު އެއް މުއާމަލާތެވެ.

މި ތާރީހީ މުއާމަލާތުގެ ކާމިޔާބީ ފާހަގަކޮށް ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓާލިޓީ ގްރޫޕުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހެޑް އޮފް އިންވެސްޓްމަންޓް ސޭލްސް، ނިހާތް އެރްކާން ވިދާޅުވީ ގޮތުގައި ދަތުރުފަތުރުގެ ހުރަސްތަކާ އެކުވެސް މިހާ ބިޔަ އަދި އުނދަގޫ މުއާމަލާތެއް ނިމުމުން އަންގައިދެނީ ރިސޯޓު މަންޒިލްތަކުގެ މެދުގައި ރާއްޖޭގެ ވިލުންވެރިކަމާއި ހައިބަތު އިންވެސްޓަރުން އަގު ކުރާ ކަމެވެ.

މި ރިސޯޓުތަކުގައި އޮތް މެރިއޮޓްގެ ހިއްސާ ވިއްކާލި ނަމަވެސް ރަށްތައް ވިއްކާލީ މެރިއޮޓް އިންޓަނޭޝަނަލް މެނޭޖްމަންޓާ އެކީގަ އެވެ. މިހެންކަމުން މި ރަށްތައް ކުރިޔަށް އޮތް ތަނުގައި ވެސް ހިންގާނީ މެރިއޮޓްގެ ޝެރަޓަން އަދި ޑަބްލިޔު ބްރޭންޑިންގަ އެވެ.

މި އަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކާއި ރިސޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ގުޅޭ ގިނަ މުއާމަލާތްތަކެއް ހިނގާފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ހަތް ރަށަކާއި ފަސް ފަޅެއް ހިމެނޭހެން 12 މުއާމަލާތެއް ވަނީ ހިންގާފަ އެވެ. މިގޮތަށް ވިއްކާލި ރަށްތަކުގެ ތެރޭގައި ގިނައީ އަދި ތަރައްގީކޮށް ނުނިމޭ ރަށްރަށެވެ.

ތަރައްގީކޮށް ނިމި ހިންގަމުން އަންނަ ރިސޯޓުތަކުގެ ތެރެއިން ވިއްކާލީ ކ. މާފުށިވެލާވަރުގައި ހިންގަމުން އައި ރިސޯޓާއި ދ. ދޫރެސް އެވެ. މީގެ ތެރެއިން މާފުށިވެލާވަރަކީ ޔުނިވާސަލް އާއިލާގެ ކުންފުންޏަކުން ތަރައްގީކޮށްގެން ހިންގުމަށް ފަހު ވިއްކާލި ރިސޯޓެކެވެ. ދޫރެސް ވިއްކާލީ ބޭންކަށް ދައްކަން ޖެހޭ ލޯނެއް ނުދައްކައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox