އައްޑޫ ބިން ހިއްކުމުގެ މަޝްރޫން މުޅި ރާއްޖެއަށްވެސް ގެއްލުން: ޖަމިއްޔާތައް

ައައްޑޫ ސިޓީ: ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކާނެ--

ައައްޑޫ ސިޓީ: ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކާނެ--

ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ވެސް ކުރާނެ ކަމަށް އެ މަޝްރޫއު އައްޑޫގައި ފެށުމާ ދެކޮޅަށް ވާހަކަ ދައްކާ ޖަމިއްޔާތަކުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އީޕީއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ހަތަރު ޖަމިއްޔާއަކުން ބައިވެރިވި އެވެ. އެއީ ސޭވް މޯލްޑިވްސް އާއި އިކޯ ކެއާ އާއި ޒީރޯ ވޭސްޓް އާއި ސޭވް އަވާ ވޭވްސް އާއި މޯލްޑިވްސް ރިޒިލިއަންޓް ރީފް އަދި އައްޑޫގެ އެންޖީއޯއެއް ކަމަށްވާ ވެށި ސާފު އެވެ.

އެ ބައްދަލުވުމުގައި ޓްރާސްޕޭރެންސީ ބުނީ އީއައިއޭ ރިޕޯޓުގައި އައްޑޫގެ ބިން ހިއްކުމުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ނުރަސްމީކޮށް ލިބުނު ސައިންޓިފިކް ރިސާޗްތަކެއް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"އެ ރިސާޗްގައިވެސް ބުނެފައި ވަނީ އައްޑޫގެ ބިން ހިއްކައިފިނަމަ އޭގެ ގެއްލުން ކްލައިމެޓް ޗޭންޖުން އަންނަ ބަދަލާ އެއްވަރު ގެއްލުމެއް އަންނާނެ ކަމަށް. އެއީ 1.5 ޑިގްރީއަށް އަރައިފިނަމަ އެ ލިބޭ ގެއްލުމާ އެއްވަރު ކަމަށް،" ޓްރާންސްޕޭރަންސީގެ ޝާޒިޔާ އަލީ މިއަދު މަޖިލީހުގައި ވާހަކަ ދައްކަމުން ބުންޏެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ އެ ޕްރޮޖެކްޓުގެ ސަބަބުން އެހާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީޕީއޭއަށް އަންގާފައިވާ ނަމަވެސް ސަރުކާރުން އެ މަޝްރޫއު ފަށާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ބަޔަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަން ކޮށްފައި ވަނީ އީޕީއޭއަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށާއި މިކަމުގެ ނޭދެވޭ އަސަރު އަންނަ ޖީލުތަކަށް ކުރާނެ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

"އަޅުގަނޑުމެންގެ ފަހުން ދެން އަންނަ ޖީލުތަކަށްވެސް މީގެ ފައިދާ 10 ޕަސެންޓެއް ނޫން 100 ޕަސެންޓު ލިބެން ޖެހޭނެ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

އައްޑޫގައި ހިންގާ އެ ޕްރޮޖެކްޓުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކަވަމުން މޯލްޑިވްސް ރިޒިލިއަން ރީފުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ޕްރޮޖެކްޓް އޮފިސާ، ހަސަން މޫސާ ވިދާޅުވީ އައްޑޫގައި ހިއްކަން ނިންމާފައިވާ ސަރަހައްދަކީ މޫދުވިނަ އާއި މުރަކަ ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންގެ ދިރިއުޅުމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި މީގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ އެފަދަ މަޝްރޫއުތަކުން ވެސް އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގައި ބިން ހިއްކަން ހުށަހަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި 40 ހެކްޓަރުގެ މުރަކަ ފަރުތަކާއި 120 ހެކްޓަރުގެ މޫދުވިނަ ހިމެނޭ،" މޫސަ ވިދާޅުވި އެވެ.

އެއީ ސައިޒުން ބަލާ ނަމަ 40 ފުޓުބޯޅަދަނޑުގެ މުރަކަ އާއި 224 ފުޓުބޯޅަދަނޑުގެ މޫދުވިނަ އެވެ.

އައްޑޫގެ މި ސަރަހައްދަކީ މަސްވެރިކަން ކުރަން ބޭނުން ކުރާ އެތައް ބާވަތެއްގެ މަސް ދިރިއުޅެމުންދާ ސަރަހައްދެއް ކަމަށާއި އެތަން ހިއްކާ ނައްތާލައިފިނަމަ ރާއްޖޭގެ އިގްތިސޯދަށް ވެސް އެއިން ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ދިރޭ މުރަކައަކީ އެން ޖަމާވާ ސަރަހައްދުތަކެއް. މޫދު ވިނަތައް މިއީ މަސްތައް ބޮޑުވުމުގެ ކުރިން ދިރިއުޅޭ ނާސަރީ. އަޅުގަނޑުމެން ލ. އަތޮޅުގަ ވަރަށް ފަހުން ކުރި ދިރާސާއެއްގަ 150 އަށްވުރެ ގިނަ ތަފާތު ބާވަތުގެ ކުދި މަސް ފެނިފަ ވަނީ. މީގެ ތެރޭގަ ރާއްޖެއަށް ކޮމާޝަލީ އިމްޕޯޓަންޓް ބައިވަރު ފަރުމަސް ހިމެނޭ،" މޫސަ ވިދާޅުވި އެވެ.

މަޝްރޫއުގެ ހުލާސާ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، ގަ އެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާނެ އެވެ. އަދި އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިޔާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 'ވަން-އޮފް' މަޝްރޫއުއެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މިގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑިމީޓަރުގެ ވެލި ބޭނުންވެ އެވެ. އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް ދެ މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން ދެ ސަރަހައްދަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox