ސޯބެ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ސުވާލު ދޭހަނުވި ކަމަށް ވިދާޅުވެ މިނިސްޓަރު ޖަވާބެއް ނުދެއްވި

ހެލްތު މިނިސްޓަރު ގީލާ އަލީ: އައްޑޫ ބަހުން ސޯބެ ކުރެއްވި ސުވާލު ދޭހަނުވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ؛ މަޖިލިސް

ހެލްތު މިނިސްޓަރު ގީލާ އަލީ: އައްޑޫ ބަހުން ސޯބެ ކުރެއްވި ސުވާލު ދޭހަނުވާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ؛ މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާ ސުވާލުކުރެއްވުމުން، އެ ސުވާލު ދޭހަ ނުވި ކަމަށް ވިދާޅުވެ ޖަވާބެއް ނުދެއްވި އެވެ. 

ސޯބެ ސުވާލުކުރެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭތީ އެކަމަށް އޮތް ހައްލާއި، ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ހުރިކަން ޔަގީންކުރަން މިނިސްޓްރީން ކުރާ މަސައްކަތާއި އޭއީއެޗްގެ އައު އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހާ ގުޅޭގޮތުންނެވެ. 

"އައްޑޫ އޭއީއެޗް ހޮސްޕިޓަލުން ނަފްސާނީ ބަލިއަށް ބޭސްކެރާ ފަރާއްތަކަށް ބޭހާއި އިންޖިކްޝަން ނިލިބޭ ޝަކުވާ ވަރަށް ގިނައިން ލިބެއި އަފިންނަށް. މިކަމަށް އޮތް ހައްލަކީ ކޮބައިތޯ؟ މިނިސްޓްރީން މިކަން ޔަގީންކެރާއް ހޮސްޕިޓަލި ބޭހާއި އިންޖިކްޝަން ތިބިތޯ ޔަގީންކެރާއް ހޮސްޕިޓަލާއި އެއްކޮށް ކެރާ މަސައްކަތަކީ ކޮބާތޯ؟،" ސޯބެ ސުވާލުކުރެއްވި އެވެ. 

"ދެވަނަ ސުވާލަކީ ހޮސްޕިޓަލުގެ، އޭއީއެޗްގެ ދަތިކަން ވަރަށް ބޮޑަ. އެތަނި އެޑާ އޮށް އައު އިމާރާތުގެ  މަސައްކަތް ފެށޭނެއި ކޮން ހިސާބަކިތޯ. ޝުކުރިއްޔާ." 

ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކުމުން ދެއްކި ވާހަކަ ދޭހަނުވި ކަމަށާއި އައްޑޫ މީހަކަށްނުވތީ އައްޑޫ ބަހުން ދައްކާ ވާހަކަ ނޭގޭ ކަމަށެވެ. ނަމަވެސް ސޯބެގެ އެއް ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އޭއައިއެޗްގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. 

ސޯބެ ކުރެއްވި އެންމެ މުހިންމު ސުވާލު ގީލާއަށް ދޭހަ ނުވާ ކަމަށް ވިދާޅުވެ ޖަވާބު ނުދެއްވަ އެވެ. އެއީ އޭއީއެޗްގައި ބޭހާއި އިންޖެކްޝަން ލިބެން ނުހުންނަ ވާހަކަ އާއި އެކަން ހައްލުކުރަން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުންނެވެ. 

"ދެންމެ ވާހަކަފުޅު ދެއްކެވީ އައްޑޫ ބަހުންވީމަ އަޅުގަނޑަށް މާބޮޑަކަށް ދޭހައެއް ނުވި ވިދާޅުވި ވާހަކަތަކެއް ވެސް. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ފާހަގަވި ކަންނޭނގޭ ވިދާޅުވި ވާހަކަ. އަޅުގަނޑަކީ އައްޑޫ މީހެއް ނުވީމަ އަޅުގަނޑަކަށް ނޭގުނު ވިދާޅުވި ވާހަކަތަކެއް. އައްޑޫ ހޮސްޕިޓަލުގެ މަސައްކަތްތައް މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ. ޝުކުރިއްޔާ އިއްޒަތްތެރި ރައީސް،" ސޯބެގެ ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވި އެވެ. 

މި މަހު 6، ގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ސޯބެ މަޖިލީހަށް ހުވާކުރެއްވުމަށްފަހު މުހާތަބުކުރައްވަނީ އައްޑޫ ބަހުންކަން ފާހަގަކުރެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox