ސޯބެގެ ކެމްޕޭނުގައި އުޅުނު ދެ މީހަކު ހިތަދޫ ޕޯޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކޮށްފި

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނުގައި ހަރަކާތްތެރިވި ހިތަދޫ ޕޯޓް ލިމިޓެޑުގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މިއަދު ވަޒީފާއިން ވަކި ކޮށްފައި ވަނީ އެ ކުންފުނީގައި ހަ އަހަރާއި ހަ މަސްދުވަހު ވަޒީފާ އަދާކުރި މުހައްމަދު އާރިފް އާއި ހަތަރު އަހަރާއި ހަތް މަސްދުވަހު އެ ކުންފުނީގައި ވަޒީފާ އަދާކުރި އަހުމަދު ޝިރުހާން އެވެ. އާރިފްއަކީ ސޯބެއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

މިއަދު ވަޒީފާއިން ވަކިކުރި އާރިފްއަކީ އެޗްޕީއެލްގެ ސީނިއާ ސެކިއުރިޓީ އޮފިސަރެކެވެ. ޝިރުހާންއަކީ އެސިސްޓެންޓް މެނޭޖަރެކެވެ.

އަދަދު އާ ވާހަކަ ދައްކަމުން އާރިފް ބުނީ، ވަޒީފާއިން ވަކިކުރިކަން އެންގީ މިއަދު ހެނދުނު ކަމަށެވެ.

"ރޭގައި އަޅުގަނޑު ނައިޓް ޑިއުޓީގައި ހުރީ، ޑިއުޓީ ނިންމާފައި ހެނދުނު ގެއަށް ދާން ނައްޓާލިތަނާ ގުޅާފައި ބުނީ، އަޅުގަނޑު ނުދަން ޗިޓާ ހަވާލުވާކަށް، އެހެން މީހަކު މެދުވެރިކޮށް ހަވާލުވީ،" އާރިފް ބުންޏެވެ.

ސޯބެގެ ކެމްޕެއިންގައި އުޅުނު މީހުން ވަޒީފާތަކުން ވަކިކުރަނީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދުކުރި ބައެއް މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަން ފަށާފައިވާއިރު، މީގެ ތެރޭގައި ސްޓެލްކޯގެ ވަޒީފާއިން ވަކިކުރި މަހުފޫޒު ހުސްނީ ހިމެނޭ. އޭނާ ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕީސީބީން ޚަރަދު ކުޑަކުރުމަށް ނެރެފައިވާ ސާކިއުލާއަށް.

އެޗްޕީއެލްގެ ވަޒީފާއިން އޭނާ ވަކިކުރީ ކީއްވެތޯ ސުވާލުކުރުމުން، ޖަވާބުގައި އެއީ ކުންފުނި އިސްލާހުކުރަން ގެނައި ބަދަލެއް ކަމަށް ބުނި ކަމަށް އާރިފް މައުލޫމާތު ދިނެވެ.

"ބުނީ ކުންފުނި އިސްލާހު ކުރަންވެގެން ކުރި ކަމެއް ކަމަށް، ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރަން ކުރިކަމެއް ކަމަށް، ޕީސީބީގެ ސާކިއުލާއަކަށް ރިފާކޮށްފައި އޮތީ،" އާރިފް ބުންޏެވެ.

އެ ދެ މީހުން ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި މެމޯ މި ނޫހަށް ވަނީ ލިބިފަ އެވެ. އެ މެމޯގައި އެ ދެ މީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ އޭޕްރިލް 18 2026 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސާކިއުލާއަކާ ހަވާލާދީ އެވެ.

ނަޝީދުގެ އިންޒާރެއް: މުވައްޒަފުންނަށް ބޭއިންސާފުން އެޅި ފިޔަވަޅުތައް އުވާނުލައިފި ނަމަ އޮފީސްތައް "ހިސޯރު"ކުރާނަން!

އެމްޑީޕީގެ އިންތިޚާބާ ގުޅިގެން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެޅި ފިޔަވަޅުތައް އުވާނުލައިފިނަމަ، އެ ކުންފުނިތަކުގެ ހެޑް އޮފީސްތައް "ހިސޯރު" ކުރާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފިއެވެ. ނަޝީދު ވިދާޅުވީ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމުން މުވައްޒަފުން ސަސްޕެންޑްކޮށް ވަޒީފާ ބަދަލުކުރުމަކީ ބޭއިންސާފެއް ކަމަށާއި، އެކަންކަން އިސްލާހު ނުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުންނަވާނެ ކަމަށެވެ.

އެ ސާކިއުލާގައި އަންގާފައި ވަނީ އިރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވާނެ އިގުތިސާދީ ދަތިތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދު ކުރުމަށާއި ކުންފުނިތަކުން ވަޒީފާ ދިނުމުގައި ތައުލީމާއި ތަޖުރިބާއަށް އިސްކަން ދިނުމަށެވެ.

އާރިފް ބުނީ އެ މީހުން ވަޒީފާއިން ވަކިކުރީ އެއްވެސް އެސެސްމެންޓެއް ވެސް ހެދުމެއް ނެތި ކަމަށެވެ. 

"ހަރަދު ކުޑަކުރަން ވަޒީފާއިން ވަކިކުރަންޖެހޭނީ ހަމައެކަނި ސޯބެގެ ކެމްޕޭނުގައި އުޅުނު މީހުންނެއް ނޫންތާ، އަނެއްކާ ވަޒީފާއިން ވަކިކުރިއިރު އެއްވެސް އެސެސްމެންޓެއް ވެސް ނުހަދާ،" އާރިފް ބުންޏެވެ.

އެ ދެމީހުންގެ އިތުރުން ވެސް ސޯބެގެ ކެމްޕޭނުގައި އުޅުނު މީހުންނާމެދު ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ސޯބެގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި މަހުފޫޒު ހުސްނީ ވަނީ ޖޫން 8، ގައި ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

އޭގެ އިތުރުން، ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް ނަޝީދަށް ތާއީދުކޮށް ނުކުތް ސަރުކާރު މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox