އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ: އީސީ ޒިންމާދާރުކަން ކުޑަ ކަމަށް ބުނެ މެންބަރުންގެ ނުރުހުން

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ: އިލެކްޝަން ކޮމިޝަނުގެ މެންބަރުން ޒިންމާދާރުކަން ކުޑަކަމަށްބުނެ ކޮމިޓީ މެންބަރުން ނުރުހުން ފާޅުކޮށްފި

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ: އިލެކްޝަން ކޮމިޝަނުގެ މެންބަރުން ޒިންމާދާރުކަން ކުޑަކަމަށްބުނެ ކޮމިޓީ މެންބަރުން ނުރުހުން ފާޅުކޮށްފި

އޮޅުވަލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި، އިލެކްޝަން ކޮމިޝަން ޒިންމާދާރުކަން ކުޑަ ކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނުރުހުން ފާޅުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވެލިދޫ ދާއިރަގެ މެންބަރު މުހައްމަދު ޝަފީގު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމުގައި މަސައްކަތް ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ޝަފީގު ފާހަގަކުރެއްވި އެވެ.

"ހަމައެކަނި ޓުވީޓެއް ކުރެއްވީ، ތިމަންނާމެން މިގޮތަށް ވަގު ފޯމު ހުށަހަޅައިފިއްޔާ ޖޫރިމަނާ ކުރާނަމޭ. ޓުވީޓު ފިޔަވައި އަޅުގަނޑަކަށް ނުފެނުނު ތިބޭފުޅުން ވެބްސައިޓުގައި އެކަމަށް ކޮށްފައި އޮތް އިއުލާނެއް، ދަންނަވާފައި އޮތް ދެންނެވުމެއް، ނެރުއްވާފައި އޮތް ނޫސްބަޔާނެއް. ހަމައެކަނި ޓުވީޓު އަޅުގަނޑަށް ފެނުނީ،" އޭނާ ވިދާޅުވި އެވެ.

ޝަފީގް ވިދާޅުވީ އޮޅުވާލައިގެން މީހަކު ޕާޓީއަކަށް ވައްދާފައި އޮވެއްޖެ ނަމަ، އެމީހަކު އަމިއްލައަށް އެދިގެން ވެސް އެ ޕާޓީއަކުން ވަކިވުމަކީ ވަރަށް އުނދަގޫ މަސައްކަތަށް ވެފައިވާ ކަމަށެވެ. އަދި އަމިއްލައަށް އެދުމުން، މިހާރަށްވުރެ ފަސޭހަކޮށް ޕާޓީން ވަކިވެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ޝަފީގު އެދިވަޑައިގެންނެވި އެވެ.

މިހާރު އޮންނަ ގޮތުން ނަމަ ޕާޓީއަކަށް ވަންނަން ފޯމު ފުރުމަށްފަހު، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަނީ ޕާޓީތަކުގެ ރަޖިސްޓްރާއަކަށް ހުންނަ މީހެކެވެ. ރަޖިސްޓްރާއިން، ފޯމުތައް އީސީއަށް ފޮނުވަނީ ފޯމުގައިވާ ނަންބަރުތަކަށް ގުޅާ، ފޯމުތައް ކަށަވަރު ކުރުމަށްފަހު އެވެ. އެގޮތަށް އެކަން ކުރާއިރު، ފޯމުގައިވާ ނަންބަރަކީ އެއީ ފޯމުގައިވާ މީހާގެ ނަންބަރު ނޫނަސް އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެ އެވެ.

ކޮމިޓީ މުގައްރިރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޕާޓީގެ ރަޖިސްޓްރާއަށް ވެސް ފޯމު ވެރިފައި ކުރެވޭނީ ފޯނު ނަންބަރުން ކަމަށާއި އީސީން ވެސް ވެރިފައި ކުރަނީ އެގޮތަށް ކަމަށެވެ. އަދި ފޯނު ނަންބަރުން ނޫން އެހެން ގޮތަކަށް ފޯމުތައް ވެރިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ދިމާވުމުން ރަޖިސްޓްރާ ޖޫރިމަނާ ކުރުން ނޫން ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ވިދާޅުވީ އޮޅުވާލައިގެން ޕާޓިތަކަށް ވައްދާ މީހުން އަމިއްލައަށް ވަކިވާން އެދުމުން އެކަން ކުރެވެންވާނެ ކަމަށާއި އެ ޕްރޮސެސް އެހާ އުނދަގޫވުން އެއީ މައްސަލައެއް ކަމަށެވެ.

ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިވުމުގެ ކަންކަމުގައި އީސީން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ މައްޗަށް އޮތް ގާނޫނީ ޒިންމާ ބޮލުން ދަމައިގަންނަން އުޅޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ މައްސަލާގައި ގިނަ މެންބަރުންގެ ނުރުހުން އީސީއަށް އަމާޒުކޮށްފައިވާއިރު، އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އޮޅުވާލައިގެން މީހުން ޕާޓީއަށް ވައްދާ މައްސަލަ ހަމައެކަނި އީސީގެ ބޮލުގައި އެޅުވުން ގޯސްކަމަށާއި އެކަމުގެ ޒިންމާ ޕާޓީތަކުން ވެސް ނަގަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް އަމަލުނުކޮށް ހެދޭނެ އެއްޗެއް ނެތް ކަމަށާއި ޕާޓިތަކުން މީހުން ވަކިކުރުމަކީ ފަސޭހަ މަސައްކަތެއްގެ ގޮތުގައި އޮންނަ ނަމަ މީހުންނަށް ނޭނގި ޕާޓީތަކުން ވަކިކުރެވޭނެ ކަމަށެވެ.

ފަސޭހަކޮށްލާފިއްޔާ ފެންނާނީ މީހުންނަށްް ނޭނގި ހުއްޓާ މުހައްމަދު ޝަފީގުވެސް އެމްޑީޕީން ކަނޑާލިތަން، އުޝާމް މުގައްރިރު ރޮޒައިނާ އެމްޑީޕީން ކަނޑާލިތަން

މިހާރު އީސީން އަމަލުކުރަމުންދާ ގޮތަކީ، ޕާޓީއެއްގައި ހުރި މީހަކު އެ ޕާޓީން ވަކިވާ ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ ނަމަ އެކަން ވަކިވާ ޕާޓީއާއި ބަދަލުވާ ޕާޓީއަށް ވެސް ޗިޓަކުން އެންގުމެވެ.

އޮޅުވާލައިގެން މީހުން ޕާޓިތަކަށް ވައްދަނީ ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާތީ ކަމަށް ބެލެވޭ ކަން ފާހަގަކޮށް އީސީން ބުނީ، ދައުލަތުން ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލައިފިނަމަ އޮޅުވާލައިގެން ޕާޓިތަކަށް މީހުން ވައްދާ މައްސަލަ ވެސް ހައްލުވާނެ ކަމަށެވެ. ހަމައެއާއެކު ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގެ ދަފްތަރަށް ބަލާފައި ނޫން ކަމަށް ކަނޑައަޅައިފި ނަމަ ވެސް އެކަން ހައްލުވެދާނެ ކަމަށް އީސީން ހުށަހެޅި އެވެ.

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ބަޔަކު އިިހްލާސްތެރި މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށާއި މިހާރު އެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށް އީސީން ވަނީ އެ މައްސަލަ ހައްލުކުރުމަށް އިތުރަށް ކުރި މަސައްކަތްތަކަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން ފޯމުތައް ވެރިފައި ކުރުމަށާއި މައްސަލަޖެހޭ ފޯމުތައް އިތުރަށް ވެރިފައި ކުރުމަށް މީގެ ކުރިން ފުލުހުންނާއެކު މަޝްވަރާކުރި ކަމަސް އީސީން ބުނެ އެވެ.

އީސީން ބުނީ، ފުލުހުންނާއެކު ކުރި މަޝްވަރާތަކުން، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ވަސީލަތްތައް ފުލުހުންގެ ނެތް ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ. އަދި ފިންގާޕްރިންޓް އަޅާކިޔާނެ ޑޭޓާބޭސްއެއް ނެތް ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އީސީން ބުނެ އެވެ. މީގެ އިތުރުން، ފިންގާޕްރިންޓް ވެރިފައި ކުރުމަށް ޑީއެންއާރުގައި ހުރި ޑޭޓާބޭސްއަކީ ވެސް އީސީން ކުރާ ޓެކްނިކަލް މަސައްކަތަކަށް އެކަށޭނެ ފެންވަރަކަސް ނެގިފައި ހުރި އެއްޗެއް ނޫން ކަމަށް އެ މުއައްސަސާއާ ހަވާލާދީ އީސީން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox