ަސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނެގިތޯ ބަލަން އިންކުއަރީއެއް ހަދަން ޖެހޭ: އާދަމް ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށްް ބުނާ މައްސަލައިގެ އިންކުއަރީއެއް ހިންގަން ޖެހޭ ކަަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ސުޕްރީމްކޯޓުގެ ފުރާޅުން ޓިނު ނެގިކަމަށްް ބުނާ މައްސަލައިގެ އިންކުއަރީއެއް ހިންގަން ޖެހޭ ކަަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރުކުރި އިރު، އެކޯޓުގެ ފުރާޅުން ޓިނު ނެގި ކަމަށް ބުނާ މައްސަލައަކީ "އިންކުއަރީއެއް ހިންގައިގެން" ބަލަން ޖެހޭ ކަމެއް ކަމަށް އޭޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި، މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

"ދިވެހިރާއްޖޭގެ ގައުމީ ސަލާމަތުގެ ބިލު"ގެ ނަމުގައި އާދަމް ޝަރީފު ހުށަހެޅުއްވި ބިލަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން އޭނާއަށް ފާޑުވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމުގެ އޮޕަރޭޝަނާ ގުޅުވައިގެންނެވެ. ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ ސުޕްރީމްކޯޓުން ޓިނު ނެގިތޯ ބަލަން އިންކުއަރީއެއް ހަދަން ޖެހެނީ "އެއީ ދިވެހި އަސްކަރިއްޔާއަށް އިނގިލި ދިއްކުރެވޭ" ކަމަކަށް ވާތީ ކަމަށެެވެ.

"ސުޕްރީމްކޯޓުން ޓިނު ނެގިތޯ ނުވަތަ އެކަން ހިނގައި ދިޔައީ ކިހިނެތްތޯ އެއީ ވެސް ހަމަ ރަނގަޅު އިންކުއަރީއެއް ހަދާލަން ޖެހޭ ކަމެއް ކަމަށް ހަމަ އަޅުގަނޑު ވެސް ދެކެން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ސިފައިން ސުޕްރީމްކޯޓުގެ ޓިނު ނުނަގާ ކަމަށާއި އެހެން ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ސުޕްރީމްކޯޓުގައި ހިންގި ކަމެއް ހިންގާފައި ވަނީ ހައްސާސް ކަންތައްތަކެއް ކުރިމަތިވި ދަނޑިވަޅެއްގައި ކަމަށެވެ. އެއީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓަައިލަން ބަޔަކު މަސައްކަތް ކުރަމުން ދިޔަ ވަރަށް ހުތޫރަތްތެރި ވަގުތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ނާތަހުޒީބު އެކިއެކި ކަންއްތައްތަކަކީ ވެސް ހަމަ އޮވެލާފައި ހިނގި ކަންތައްތަކެއް ނޫން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އޭނާ އެ ވިދާޅުވީ ބެލެވޭ ގޮތުގައި، މަޖިލީހުގެ ތަޅުމަށް ސިފައިން ވަދެ މެމްބަރުން ނެރުނު މައްސަލައިގެ ވާހަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox