ކްރިމިނަލް ކޯޓުގެ ހުރުމަތްފުޅު ކޯޓު އަމުރެއްގެ ދަށުގައި ތާށިވެފައި

Criminal Court. -- Adhadhu Photo.

Criminal Court. -- Adhadhu Photo.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކާއި، އެ ކޯޓުގެ ހުރުމަތަކީ އިހަށް ދުވަހާ ޖެހެންދެން މުޅިން ވަކިން އޮތް ދޭއްޗެކެވެ. އެހެން އެކަން އޮއްވައި ވަކި މައްސަލައަކާ ޖެހުމުން އެކަތި އަނެކެތީގެ ތެރެއަށް ވެއްދީ ކްރިމިނަލް ކޯޓުން ނެރުއްވި، ނަންބަރެއް ވެސް ނެތް ކޯޓު އަމުރަކުންނެވެ. ކޯޓުން އެ ނެރުއްވީ ތަންފީޒު ކުރެވެން ވެސް ނެތް އަމުރެކެވެ.

ބައްލަވާށެވެ. އެ އަމުރު ރައްދުވާ ފަރާތެއް އަމުރުގައި ސީދާ ކަނޑައެޅިފައި ނެތެވެ. އެ އަމުރުގައި ބަޔާންވެފައިވާ ކަންކަން މަނާކުރެވިފައި އޮތީ ދުނިޔޭގައި ދިރިއުޅޭ އިންސާނުން ހިމެނޭހެން، ބަސްމޮށެ އުޅުމުގެ ގާބިލުކަން ލިބިގެންވާ ހުރިހައި ހައިވާނުންނަށެވެ. ދިރިހުރި ފުރާނައެއް ނަމަ އެ އަމުރުން ބަނދެވެ އެވެ. 'އަދަދު' ނޫހުން ދެއްކި ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް ދައްކައިފި ފުރާނައަކަށް އެކުރެވޭ ކަމަކީ ކޯޓުގެ ހުރުމަތް ކަނޑާލުމޯލަ އެވެ.

މިހާރު މިއޮތްގޮތުން ނަމަ އިނގިރޭސި ދައުލަތުގެ ގާނޫނު ހަދާ މަޖިލީހުގައި މި މައްސަލައަށް ބަހުސެއް ކޮށްފިނަމަ އެ މެންބަރުން ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ އެވެ. ބައިނަލްއަގުވާމީ ޖަމިއްޔާއަކުން މިކަމުގައި ބަޔާނެއް ނެރެފިނަމަ އެބަޔަކު ވެސް ކުށްވެރިވާނެ އެވެ. އ.ދ. ގެ ގުނަވަނަކަށް ވިޔަސް 'އައިޝާ' ޑޮކިއުމަންޓްރީގެ ވާހަކަ ދައްކައިގެން ނުވާނެ އެވެ. ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އެއޮތް ގަޒުފުގެ މައްސަލަ ބަލައި ނިމެންދެން ދުނިޔެ ހިންގާންވާނީ ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށޭ ވިދާޅުވާ ކަހަލަ އެވެ.

Advertisement

ތެދެކެވެ. ކޯޓަކީ ހުރުމަތް ހައްގު ތަނެކެވެ. ދައުލަތުގެ އަނެއް ދެ ބާރުން ކުރާ ކަންކަމާ ގުޅިގެން އުފެދޭ ހުސޫމާތުތައް ގޮސް ހުއްޓެނީ ކޯޓުގެ ހުރުމަތްތެރިވެގެންވާ ދޮރުކޮޅުމަތީގަ އެވެ. އަދުލަކަސް އިންސާފަކަސް، ރައްޔިތަކަށް ހައްގު ވެގެންވާ އެފަދަ ކޮންމެ އެއްޗެއް ލިބެން ހުރީ އެތަނުންނެވެ. އެތަނުން ދެއްވި މިންވަރަކީ އަދުލާއި އިންސާފުގެ ތަރާދަށް ހަމަ މިންވަރު ކަމަށް ރައްޔިތުން އެއްބަސްވާނީ އެތަނުގެ ހުރުމަތްތެރިކަން ބޮޑުކަމުންނެވެ. އެހެންވީމާ ކޯޓުގެ ހުރުމަތް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

މި ހަގީގަތް ފުރަތަމަ ދަންނާންވާނީ ކޯޓުތަކުންނެވެ. ކޯޓުގެ ހުރުމަތް ކޯޓުގެ އިމުން ބޭރުކޮށް މަގު ހިނގާ މީހުންގެ ފައިން އެރޭ ހިސާބުގައި ބޭއްވީމައި، މި ޒަމާނުގައި މިއުޅޭ ހަލަނި ކުދިން އެޔަކު ފައިން ނުލަޑައެއް ނުތިބޭނެ އެވެ. މުޅި ރާއްޖޭގެ ކުޑައެއް ބޮޑެއް ނެތި ހުރިހައި ރައްޔިތުން ދައްކަމުން ގެންދިޔަ ވާހަކައެއް ދެއްކުން ހުއްޓާލުމަށް އަމުރުކޮށް، އެ ވާހަކަ ދެއްކުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ހެދީމާ އެއީ ކޯޓުގެ ހުރުމަތް ނީލަމަށް ލުމެވެ. 'ތިކަލިޔަސް ކަނޑިއިން ހެވޭ، ނިކަމެތި އަޅާ ފުށުންނެއް މިކަމެއް ނުހުއްޓޭނެޔޭ' ކިޔަމުން ކިހައި ބަޔަކު މި ސަކަރާތެއްގައި މެކިގަންނާނެތޯ އެވެ.

މިއީ މި ރާއްޖޭގައި އަލަށް ވީ ކަމެއް ވެސް ނޫނެވެ. ސުޕްރީމް ކޯޓުން ދެހާސް ފަނަރަ ވަނަ އަހަރު ނެރުއްވި އަމުރުތަކަށް ބައްލަވާށެވެ. ހުރުމަތޭ ގޮވާވަރަކަށް އެއަށް ފައިން އަރާ މީހުންގެ އަދަދު ވީ ގިނަ އެވެ. އެކަހަލަ އަމުރުތަކުގެ ދަށުން އެތައް ވަކީލަކު ސަސްޕެންޑުވެ، އެތައް ބަޔަކު ކުށްވެރިވެ އެ ސަކަރާތެއް ނިމުނުއިރު ކޯޓުގެ ހުރުމަތް ވެއްޔާ މޮޑެވި ނިމިއްޖެ އެވެ. އޭގެ ފަހުން ކޯޓުން އެކަހަލަ ސަކަރާތެއް ނުޖައްސަވަ އެވެ. ބައެއް ފަހަރު ކޯޓުގެ ގަދަރަށްޓަކައި ފަނޑިޔާރަކު ހިކި އިންޒާރެއް ދެއްވިޔަސް ނާ.. ތިޔަހެނަކުން ކަމެއް ކޮށްފައެއް ނެތެވެ.

ކްރިމިނަލް ކޯޓުން އެ ނެރުއްވި އަމުރަކީ އަޅުގަނޑުމެން މި ދަންނަ ޒާތުގެ ގެގް އޯޑަރ އެއްގެ ޝަރުތު ފުރިހަމަވާ އަމުރެއް ވެސް ނޫނެވެ. އެ އަމުރުން ރައްކާތެރިކުރަނީ ކޯޓުގެ ނިޔާގެ އިންސާފުވެރިކަމެއް ނޫނެވެ. ގެގް އޯޑަރ އެއް ނެރެނީ އެފަދަ އަމުރެއް ނުނެރެފިނަމަ އެ މައްސަލައިގެ ނިޔާ ކަނޑައެޅޭއިރު ނިކުމެދާނޭ ބޭއިންސާފެއް ދުރުކުރުމަށްޓަކަ އެވެ. އެކަން ކަށަވަރުކުރުމަށް އެ އަމުރުގައި ހިމަނުއްވާފައި ވަނީ ކޮން ކަމެއްތޯ އެވެ. އެޔެއް ސާފެއް ނޫނެވެ. މިހާރު ނެރުއްވާފައި އޮތް އަމުރުން ފަރުވާއެއް ލިބޭނަމަ ލިބޭނީ ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިޔަކު އެކަމާ ސުވާލު ކުރެއްވީމާ މޫނުފުޅަށް ވީގޮތް ފެނުނީމާ ވެސް އެފަދަ ފަރުވާއަކަށް އެމަނިކުފާނު އިންތިހާއަށް ބޭނުންފުޅުވެފައި ހުންނެވިކަން މާ ބޮޑަށް ވެސް ސާފުވެއްޖެ އެވެ.

އަޅުގަނޑަށް ފެންނަނީ ކްރިމިނަލް ކޯޓުން އަލުން މިކަމާ ވިސްނަވާށެވެ. ކޮންމެ ފަސް އަހަރަކުން ބަދަލުވާ ސަރުކާރެއް ރުއްސުމުގައި ކޯޓުން ދައުރެއް އަދާކޮށްފިކަމަށް ފެންނަ ކޮންމެ ފަހަރަކު ޝަރުއީ ދާއިރާއަށް މީހުން ހަޖޫޖަހަން ފަށަ އެވެ. އެކަން ހުއްޓުވުމަށް ނެރޭ އަމުރެއްގެ އެއްކޮޅުގައި ކޯޓުގެ ހުރުމަތް އެލުވައި ހަވަރަށް ދިއްކުރީމާ ކޯޓުގެ ހުރުމަތް ވެއްޔާ އެ މޮޑެލެވެނީ ކޯޓުގެ އިސްނެންގެވުމުގަ އެވެ. އައްސަވާށެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، އަދި ދައުލަތުގެ މަގާމެއްގައި ހުރި އެހެން މީހެއްގެ ވިޔަސް އަބުރުފުޅުގެ އައްޑަނައަކަށް ކްރިމިނަލް ކޯޓު ވާންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއް އިންސާފުވެރިކަމާއެކު ބަލައި، އެ މައްސަލައިގައި ނިޔާ ކަނޑައެޅުއްވީމާ ކްރިމިނަލް ކޯޓުގެ ދައުރު ނިމުނީ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox