ސެކިއުރިޓީއަށް އެދޭއިރު އިރު ހުރިހާ މައުލޫމާތެއް ދެން: މަހުލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. މިއަދުގެ ޖަލްސާގައި މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީން ސެކިއުރިޓީއަށް އެދޭ ނަމަ ހުރިހާ މައުލޫމާތެއް ދޭ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. މިއަދުގެ ޖަލްސާގައި މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީން ސެކިއުރިޓީއަށް އެދޭ ނަމަ ހުރިހާ މައުލޫމާތެއް ދޭ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

އިންޓަނޭޝަނަލް ޔޯގާޑޭ ފާހަގަކުރަން ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓަން، ޔޫތު މިނިސްޓްރީން ފުލުހުންގެ އިދާރާގައި އެދުނު އިރު، އެ އިވެންޓާ ބެހޭ ފުރިހަމަ މައުލޫމާތު އޮންނާނީ ދީފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

ޔޯގާޑޭ ފާހަގަކުރަން މިދިޔަ އަންގާރަދުވަހު ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓަށް ހުރަސް އަޅަން މަސައްކަތްކުރި ބަޔަކު ދަނޑުގެ ސެކިއުރިޓީ ބްރީޗްކުރި އިރު، އެ އިވެންޓަށް ސެކިއުރިޓީ ދިނީ އެކި ގައުމުތަކުގެ ސަފީރުން އެ އިވެންޓުގައި ބައިވެރިވެވަަޑައިގަންނަވާކަން ނޭނގި ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަހުލޫފާ ކުރެއްވި ސުވާލުގައި އެއްސެވީ ސަފީރުން ވަޑައިގަންނަވާ ވާހަކަ ނާންގާ ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެން އެހެން އެ ބުނަނީ ކީއްވެތޯ އެވެ.

ޝިޔާމުގެ ސުވާލުތަކަށް މަހުލޫފު ފުރަތަމަ ޖަވާބު ދެއްވި އިރު އެ ސުވާލަށް ޖަވާބެއް ނުދެއްވައި ދޫކޮށްލެއްވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވީ އެ ސުވާލަށް ކޮންމެވެސް ޖަވާބެއް ދެއްވުމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީން އެެއްވެސް އިވެންޓެއް ރާވާކަމަށް ވާ ނަމަ، ސެކިއުރިޓީއަށް އެދޭ ކޮންމެ އިވެންޓެއްގައި ވެސް ހަމަ ވަކިން ބްރީފިން މީޓީން އެއް ބާއްވާނެ އެހެންވީމާ އެ މީޓިން ގައި ހަމަ ދައްކަން ޖެހޭ ހުރިހާ ވާހަަކައެއް ހުންނާނީ ދައްކާފައި،" މަހުލޫފު ވިދާޅުވި އެވެ.

ޔޯގާ އިވެންޓުގެ ސެކިއުރިޓީއަށް އެދުނީ ޔޫތު މިނިސްޓްރީން ކަމަކަށް، އަދި އެ އިވެންޓާ ބެހޭ ބްރީފިން މީޓިން އެއް ބޭއްވި ކަމަކަށް މިނިސްޓަރު ސީދާ ވިދާޅެއް ނުވެ އެވެ.

ޔޯގާ އިވެންޓު ރޭވީ އިންޑިއަލް ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެނެވެ. އެ އިވެންޓުގައި ރާއްޖޭގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންގެ ތެރެއިން ހަ ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އެ އިވެންޓުގެ ސެކިއުރިޓީއަށް އެދުނީ ހަމަ އެކަނި އިންޑިއަލް ކަލްޗަރަލް ސެންޓަރުންނެވެ. އެ ސެންޓަރުން އެދުނީ ހަމަ އެކަނި އެ ސަރަހައްދުގެ ޓްރެފިކް މެނޭޖްކޮށްދޭން އެކަނި ކަން ވެސް ވަނީ އެނގިފަ އެވެ.

ޔޯގާ އިވެންޓުގައި ސަފީރުން ބައިވެރިވެވަޑައިގަންނަވާކަން ފުލުހުންނަށް ނޭނގޭ ކަމަށާއި އެކަން އެނގުނު ނަމަ އެ ހަރަކާތް ބޭއްވި ގަލޮޅު ދަނޑުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކުރީސް ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

އިއްޔެ ބޭއްވި މީޑިއާ ބްރީފިން އެއްގައި އޭސީޕީ އަލީ ޝުޖާއު ވިދާޅުވީ، އެފަދަ އިވެންޓުތައް ބާއްވާއިރު އިވެންޓުގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު ދޭ ކަމަށާއި އެހެން ނަަމެވެސް ޔޯގާ އިވެންޓުގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެއްވެސް އިދާރާއަކުން ފުލުހުންނަށް ދީފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox