ކްލެސިކް އީދު ސޭލް؛ ދެ މީހުންނަށް ދުބާއީގެ ދެކޮޅު ޓިކެޓް

ކްލެސިކް ފިހާރަ: "ޖީ2000" އާއި "ޖިއަޑާނޯ" ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ މި ފިހާރަ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކްލެސިކް ފިހާރަ: "ޖީ2000" އާއި "ޖިއަޑާނޯ" ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ މި ފިހާރަ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކެލްސިކްގެ ބޮޑު އީދު ސޭލް ފަށައިފި އެވެ.

ދުނިޔޭގައި ނަން މަޝްހޫރު ދެ ބްރޭންޑު، "ޖީ2000" އާއި "ޖިއަޑާނޯ" ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަ، ކްލެސިކް ފިހާރަ ހުންނަނީ ހެންވޭރު އަމީރު އަހުމަދު މަގުގަ އެވެ.

ކްލެސިކުން އިއްޔެ ފެށި އީދު ސޭލް ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ނަމަ ދުވަހުގެ ކިޔަލަށެވެ. މި ސޭލްގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އެންމެ ބޮޑު އިނާމެއްގެ ގޮތުން 1000ރ. އަށްވުރެ މަތިން ކުރާ ވިޔަފާރި ކޮށްގެން ގުރުވަތުން ހޮވޭ ދެ މީހަކަށް ދުބާއީގެ ދެކޮޅު ޓިކެޓް ލިބެ އެވެ. އަދި 1000ރ. އިން މަތީގެ ވިޔަފާރި ކޮށްގެން ވަގުތުން ލިބޭ ސަޕްރައިޒް އިނާމެއް ނުވަތަ އިތުރު ޑިސްކައުންޓްތައް ވެސް ލިބުމުގެ ފުރުސަތު ވަނީ އެ ފިހާރައިން ހުޅުވާލާފަ އެވެ.

މީގެ އިތުރުން ކްލެސިކުން ވަނީ ގިފްޓް ވައުޗާއެއްގެ އިތުރުން ގިފްޓް ޕެކިންގެ ހިދުމަތް ވެސް ތާރަފްކޮށްފަ އެވެ.

ޖިއަނާޑޯގެ ސްޓައިލްތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ލިނެން ކުރުތާ އާއި ފިރިހެން އޮކްސްފޯޑް ގަމީހުގެ އާ ޑިޒައިންތަކާއި ލިނެން ގަމީހާއި ޕޯލޯ ޓީޝާޓުގެ އާ ޑިޒައިންތަކުގެ އިތުރުން ކެޝުއަލް ޕޭންޓްސް ހިމެނެ އެވެ.

ޖީ2000 ބްރޭންޑުގެ ސްމާޓްފިޓް، ސްލިމްފިޓް އަތް ކުރު އަދި ދިގު ފޯމަލް ގަމީހާއި ޓެކްވޯކް ގަމީހާއި ޕޯލޯގެ ޕްލެއިން އަދި ޑިޒައިން ޓީޝާޓާއި ކޮމްފޯޓް ޓީސް، ޓައިގެ އިތުރުން ތަފާތު އެކި މެޓީރިއަލްގެ ކެޝުއަލް ހެދުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox