ހުލާސާކޮށް އިއްޔެ: ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކަށް ބަންދު ޖެހުން

Jun 24, 2022, 1:58 AM
ހުލާސާކޮށް އިއްޔެ: ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކަށް ބަންދު ޖެހުން

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރަން އަންގާރަ ދުވަހު ބޭއްވި ހަރަކާތް ހުއްޓުވަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުމާއި މާރާމާރީ ހިންގި މައްސަލައިގައި އިސްކޮށް ތިބި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދެ ޝެއިހުންނާއި އިތުރު ހަތަރު މީހަކަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖެހީ އިއްޔެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރު ހޯދައިގެން ބުދަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް، 46، ލ. މާމެންދޫ ސޯސަންވިލާ، ޝެއިހު އާދަމް ނިޝާން، 38، އާއި ށ. މިލަންދޫ ނާޒް، ޝެއިހު ފަޒުލޫން މުހައްމަދު، 33، އާއި ގއ. މާމެންދޫ އަސްރަފީވިލާ، އަހުމަދު ނަސޫހު، 26، އާއި ތ. ތިމަރަފުށީ ނަރުގިސްވިލާ، އަބްދުﷲ ރިފާއު، 31، އަދި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން 32، އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ނަސޫހު އާއި ރިފާއު އެވެ. ޝެއިހު ނިޝާން އާއި ޝެއިހު ފަޒުލޫން ބަންދުކުރަން އަމުރު ދީފައިވަނީ ހަތް ދުވަހަށެވެ. އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި އިބްރާހިމް ރައްޒާން ފަސް ދުވަހަށެވެ.

މި އެންމެންގެ މައްޗަށް ވެސް ކުރަނީ ޔޯގާ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތެވެ.

ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ. އެެހެންވެ، ނިޝާން އާއި ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ.

ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މީހާތަނަށް ޖުމުލަ 12 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ އިއްޔެ ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިން މީހުންނާއި އަންގާރަ ދުވަހު ގަލޮޅު ދަނޑު ކައިރިން ހައްޔަރުކުރި ހަ މީހުންނެވެ. ގަލޮޅު ދަނޑު ކައިރިން ހައްޔަރުކުރި ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. އަނެއް ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

ބައެއް މުހިންމު ހަބަރު

  • ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އިއްޔެ ކުރިއަށް ގެންދަން އުޅުނު އެއްވުން ރަނގަޅަށް ނުފެށެނީ ފުލުހުން ރަޔަޓް ގިޔަރުގައި ނިކުމެ އެއްވުމުގެ ބައިވެރިން ފައްސައިލި އެވެ. ފުލުުހުންގެ ކަސްޓޯޑިއަލް ސަރަހައްދަށް އެއްވަން މަސައްކަތްކުރިއިރު އެ ސަރަހައްދަށް ނުދެވޭ ގޮތަށް އޮތީ ބަންދުކޮށްފަ އެވެ. އެއްވުމުގައި ބައިވެރިވީ މަދު ބަޔެކެވެ. އެއްވުމުގެ އެއް ބައިވެރިޔަކު ހައްޔަރުކޮށް، ފުލުހުންގެ ފުރަތަމަ ދިން އިންޒާރާ ގުޅިގެން، އެއްވި މީހުން ސުލުހަވެރިކަމާއެކު އެ ސަރަހައްދު ދޫކޮށްދިޔަ އެވެ.
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދާތީ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހިއްޖެ ކަމަށް އެ ކުންފުނިން އިއުލާނުކުރި އެވެ. ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް 16.77ރ. އަށް ކަމަށެވެ. މިއީ ކުރީގެ އަގަށް ވުރެ ލީޓަރަކުން 2ރ. ގެ ބޮޑުވުމެކެވެ.
  • ޔޯގާ ހަރަކާތް ބޭއްވުމާ ގުޅިގެން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މަރުގެ އިންޒާރުދިން މައްސަލައެއް އޭނާ ޕޮލިހަށް އިއްޔެ ހުށަހެޅި އެވެ. މަހުލޫފް ވަނީ މަރުގެ އިންޒާރުދީ ކޮށްފައިވާ މެސެޖުގެ ސްކްރީންޝޮޓެއް ހިއްސާކޮށްފަ އެވެ. އެ މެސެޖުގައި ވަނީ އެއީ "ގަދަފަދަ އިންޒާރެއް" ކަމަށާއި "ޔޯގާ ހަލާލުކޮށްގެން ތި ފަތުރަނީ ބާތިލް ފިކުރެއް" ކަމަށް ބުނެފަ އެވެ.
  • މާލެ އަތޮޅުގެ ހަ ފަޅެއްގައި ފްލޯޓިން ސިޓީތަކެއް ހަދަން ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކޮށްފައިވާ މަޝްރޫއު އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކޮށް، އެ ކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ އިއްޔެ އެވެ. މިއީ ގާނޫނަށް އިސްލާހު ގެނައުމަށް ފަހު، ކުރިން ޓޫރިމަށް ދޫކޮށްފައިވާ އޮތް ތަނެއް އިންޓެގްރޭޓެޑް ޕްރޮޖެކްޓަކަށް ބަދަލުކުރި ފުރަތަމަ މަޝްރޫއު އެވެ.
  • ލޯކަލް މާރުކޭޓްގައި ބިދޭސީން ބަލަހައްޓަމުން ދިޔަ 50 ގޮޅި ޖޫރިމަނާކޮށް އެތަންތަން ބަންދުކުރިކަން މާލީ ސިޓީ ކައުންސިލްގެ އޮފިޝަލަކު ހާމަކުރީ އިއްޔެ އެވެ. ބަންދުކުރި ގޮޅިތަކަށް އަލުން ހުއްދަ ދޭނީ 2000 ރުފިޔާގެ ޖޫރިމަނާ ދެއްކުމުންނެވެ.
  • ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރި 46 ބިދޭސީ މުވައްޒަފުންނަށް ފަސް މަހުގެ މުސާރަ ދިނުމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލުން އާރުއައިއެކްސް ކުންފުނީގެ މައްޗަށް އަމަރުކުރި އެވެ. މި އަމުރާއެކު ފަސް މަހުގެ މުސާރައިގެ ގޮތުގައި 35000ރ. އާއި ކޮއްތު ފައިސާއަށް 6000 ރުފިޔާއާއެކު، ކޮންމެ މުވައްޒަފަކަށް ޖުމްލަ 41،000ރ. ކޮންމެ މުވައްޒަފަކަށް ދޭންޖެހެ އެވެ.
  • ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވީ އިއްޔެ އެވެ. ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް މިއަދު އޭޖީ އޮފީހުން ބުނެ އެވެ.
  • މިއަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިތުރުވެފައިވާތީ، ބައެއް ސަރަހައްދުތަކަށް އިތުރު ދަތުރުތަކެއް ގައުމީ އެއާލައިން މޯލްޑިވިއަނުން ތާވަލުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޔޯގާ ހަރަކާތް ބޭއްވުމާ ގުޅިގެން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދިން މަރުގެ އިންޒާރާ ގުޅިގެން އޭނާ ވިދާޅުވީ؛

ތިޔަކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެޔާ ޔަގީނުން ވެސް އަޅުގަނޑު ވާނީ ޝަހީދަކަށް. މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް ތިމާއަށް ގަބޫލުކުރެވުނަސް، މަގާމަކީ އަޅުގަނޑަށް އެއްވެސް މުހިއްމުކަމެއް ނޫން،"

ދުވަހުގެ ފޮޓޯ

އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވަރުގަދަ ވެމްކޯ ބަލިކޮށް ސިޓީ ޗެމްޕިއަންކަން ހޯދުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ ތަށްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވަރުގަދަ ވެމްކޯ ބަލިކޮށް ސިޓީ ޗެމްޕިއަންކަން ހޯދުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ ތަށްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވަރުގަދަ ވެމްކޯ ބަލިކޮށް ސިޓީ ޗެމްޕިއަންކަން ހޯދުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގެ ތަށްޓާއެކު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox