ޔޯގާ ހަމަނުޖެހުން: ނިޝާނާއި ފަޒްލޫންގެ ބަންދަށް ހަތް ދުވަސް، އިތުރު ދެ މީހުންގެ ބަންދަށް ދެ މަސް

ޝެއިހު ނިޝާނާއި ޝެއިހު ފަޒްލޫން--  ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޝެއިހު ނިޝާނާއި ޝެއިހު ފަޒްލޫން-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި އިސްކޮށް ހަރަކާތްތެރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޝެއިހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާންގެ ބަންދަށް ހަތް ދުވަސް ޖަހާފައިފަ އެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ދެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ. މި ދެ މީހުންގެ ބަންދަށް ކްރިިމިނަލް ކޯޓުން ވަނީ ދެ މަސް ދުވަސް ޖަހައިފަ އެވެ.

ދެ މަހަށް ބަންދުކޮށްފައިވަނީ އަހުމަދު ނަސޫހު، ގއ. މާމެންދޫ، އަސްރަފީވިލާ އާއި އަބްދުﷲ ރިފާއު، ތ. ތިމަރަފުށި ނަރުގިސްވިލާ އެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުން--
މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުން--

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ދެ މީހުން--

މި އެންމެންގެ މައްޗަށް ވެސް ކުރަނީ ޔޯގާ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފަ އެވެ.

ރޭގެ ވަގުތެއްގައި ޝެއިހު ނިޝާން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ރެހެންދި ފްލެޓް ކައިރިންނެވެ. އަދި ފަޒުލޫން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަފްލާއަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޝެއިހު ނިޝާން ހައްޔަރުކުރަނީ. އޭނާ ހައްޔަރުކުރީ ރެހެންދި ފްލެޓު ކައިރިން.  --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަފްލާއަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޝެއިހު ނިޝާން ހައްޔަރުކުރަނީ. އޭނާ ހައްޔަރުކުރީ ރެހެންދި ފްލެޓު ކައިރިން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަފްލާއަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޝެއިހު ނިޝާން ހައްޔަރުކުރަނީ. އޭނާ ހައްޔަރުކުރީ ރެހެންދި ފްލެޓު ކައިރިން. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނިޝާން އާއި ފަޒްލޫން ވަނީ ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް މީހުން އެއްވުމަށް ގޮވާލައި، އެ ސަރަހައްދުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ.

މި މައްސަލައާ ގުޅިގެން، ނިޝާން އާއި ފަޒްލޫންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި ދެ މީހުންގެ އިތުރުން ރޭ ފުލުހުން ވަނީ އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާން ހިމެނެ އެވެ. މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ފަސް ދުވަސް ޖަހައިފަ އެވެ.

އިއްޔެ ހައްޔަރުކުރި ހަ މީހުންނާ އެކު ފުލުހުންގެ ބަންދުގައި މި މައްސަލައާ ގުޅިގެން 12 މީހުން އެބަތިއްބެވެ. އިއްޔެ ހަ މީހުންނަށް ބަންދުގެ މުއްދަތު ޖެހި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.

ދެ މަހަށް ބަންދުކުރި މީހުންނަކީ މުހައްމަދު ނަދީމް, ވީނަސް ކ. ތުލުސްދޫ, މުހައްމަދު މައުސޫމް, ހެޕީސައިޑް ތ. މަޑިފުށި, މުހައްމަދު ހުސެއިން, ގްރީން ހައުސް ހއ. ތުރާކުނު އަދި އަމީން އަހުމަދު, ލިލީ ޕާކް ގދ. ރަތަފަންދޫ އެވެ.

ފަސް ދުވަހަށް ބަންދުކުރީ ޝާމީ ރަޝާދު އިދްރީސް, ދަފްތަރު ނަންބަރު 1105, އަދި މުހައްމަދު ޒިލްޔާން, މއ. ކަނުހުރާ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާ ގޮވާލާ، މިއަދު ހަވީރު އަތޮޅުވެހި ކައިރީގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ މި މުޒާހަރާ ރޫޅާލާފަ އެވެ.

މައްސަލައިގެ ފަސްފަހަތް

އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox