ޓީސީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

Jun 22, 2022, 5:53 PM
މިރޭގެ މެޗުގެ ތެރެއިން ކޯނޭ (ކ) އާއި ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ---

މިރޭގެ މެޗުގެ ތެރެއިން ކޯނޭ (ކ) އާއި ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ---

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ލީގުގައި ރޭ ކްލަބް އީގަލްސް އިން ވަނީ ކްލަބް ވެލެންސިއާ ބަލިކޮށް، މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެކަމަކު، މިރޭ މާޒިޔާ މޮޅުވެ، އަލުން މި ވަނީ އަލުން ލީޑު ނަގައިފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ ކޮންމެ ޓީމަކަށް އެއް މެޗު އޮތްއިރު، މާޒިޔާ އެންމެ ކުރީގައި އޮތީ 13 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 13 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 13 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޓީސީ އަށް ވަނީ 13 މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ފަސް ވަނައިގައި އޮތީ 13 މެޗުން 16 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ހަތް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 13 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 13 މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނުކުތްއިރު، ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮންގެ ބަދަލުގައި، އިޔާން އަބްދުލް އަލީމް (ޗިކީ) އަށް ފުރުސަތު ދިނުމެވެ. މާޒިޔާ އަށް ކުޅޭ ސެއިންޓް ވިންސެންޓް ގައުމީ ޓީމު ފޯވާޑް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ ބަދަލުގައި ކުރިއަށް ކުޅުނީ އަސަދުﷲ އަބްދުﷲ (އަސަކޮ) އެވެ.

މެޗު ފަށައިގެން މާޒިޔާ އިން ދިޔައީ ކުރިއަށް ޖެހިގެން ޓީސީ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަނަަވަސްކުރަން މަސައްކަތް ކުރަމުންނެވެ. ޓީސީން ކައުންޓަ އެޓޭކަށް ކުރިއަށް ޖެހިގެން އެޓޭކްކުރެވޭތޯ ބަލަމުންދިޔައިރު، މެޗުގެ ކުރީކޮޅުގައި އެ ޓީމުގެ އެންމެ ކުރިއަށް ކުޅޭ މުހައްމަދު މުސްލިހު (މުއްޓި) އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒަށް ލިބޭ ބޯޅަތަކުގައި އެ ޓީމުގެ އެހެން ކުޅުންތެރިންނަށް ދީގެން އެޓޭކް ކުރަން މަސައްކަތްކުރިއިރު، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ. ޓަނާ ޖެހި ޝޮޓެއް ވެސް ވަނީ ދަނޑިކައިރިން ބޭރަށް ގޮސްފަ އެވެ.

ގޯލެއް ޖެހޭތޯ މާޒިޔާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. އޭރިއާރޮނގުކައިރިން ޓަނާ ޖެހި ބޯޅަ ގޯލަށް ވަނީ ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު ފައިގައި ޖެހިފަ އެވެ. މާޒިޔާ އިން ލީޑުނެގުމުގެ ކުރިން ޓީސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު ގޯލު ކުރިމަތީގައި ހުރި އެ ޓީމުގެ ޒަޔާން ނަސީރު (ޒައްޔު) އަށް ދިން ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން މާޒިޔާގެ ސާުބިއާ ޑިފެންޑަރު، ނަމާންޏާ ކާޓާލް ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ޓީމު ވެސް ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. މާޒިޔާ އިން އަސަދުﷲގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ކުޅެން އެރުވިއިރު، ޓީސީން ވަނީ މުއްޓިގެ ބަދަލުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ކުޅެން ނުކުމެފަ އެވެ.

މާޒިޔާ އިން ދެ ވަނަ ހާފުގައި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 56 ވަަނަ މިނިޓްގަ އެވެ. ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން އޭރިއާތެެރެއިން އިބްރާހިމް އައިސަމް ޖެހި ބޯޅަ ރަނގަޅަށް ފައިގައި ލައްވާނުލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި ކޯނޭ އޭރިއާތެރެއިން ހުރަސްކޮށްލި ބޯޅައަކުން ހުސްކޮށް ހުރެފައި، ހަމްޕު ޖެހި ބޯޅަ ޓީސީގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ މަތަކުރުމުން ޓީސީން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ނެގި ބޯޅަ އައިސަމް ބޮލުން ފޮނުވާލުުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މާޒިޔާ އިން ވަނީ މެޗުގެ ފަހު ކޮޅުގައި ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން މާޒިޔާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން އައި ވަގުތެއްގައި މާޒިޔާގެ ކޯނޭ އަށް މެދު ރޮނގުކައިިރިން ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ އަށް ވަދެ، ޖައްސާލީ ފޭދޫ އިއްބެ އަށެވެ. ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން، މާޒިޔާގެ ތިން ވަނަ ގޯލު ވެސް ޖެހީ ކޯނޭ ދިން ބޯޅައަކުން ފޭދޫ އިއްބެ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކޯނޭ ވަނީ މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ނިހާޓް ދިން ބޯޅައަކުން ކޯނޭ ޖެހި ޝޮޓް ތިރިތިރިން ގޮސް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ލީގުގެ މެޗެއް ދެން އޮތީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ޓީސީން ކުޅޭނީ ގްރީން ސްޓްރީޓްސްއާ އެވެ. އެރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ސަސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox