ފުލުހުންގެ ފްލެޓް މަޝްރޫއުގައި ބޮޑު ބޭއިންސާފެއް

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފްލެޓްތައް، ފުލުހުންގެ ފްލެޓް މަޝްރޫއުގައި ބޮޑު ބޭއިންސާފެއް އޮތްކަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފާހަގަވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފްލެޓްތައް، ފުލުހުންގެ ފްލެޓް މަޝްރޫއުގައި ބޮޑު ބޭއިންސާފެއް އޮތްކަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފާހަގަވި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުލުހުންނަށް ބޯހިޔާވަހިކަން ދޭން، މީގެ ނުވަ އަހަރު ކުރިން ފެށިގެން ހުޅުމާލޭގައި ހިންގަމުން އަންނަ ހައުސިން މަޝްރޫއުގައި ބޭ އިންސާފު ކަންތައްތަކެއް ހުރިކަން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ ހޯދުންތަކުން އެނގިއްްޖެ އެވެ.

ސިފައިންނާ ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާއި ފުލުހުންގެ ކޯޕަރޭޓިވް (ޕޮލްކޯ) އިން ހިންގާ މަޝްރޫއުގެ ކަންތައްތައް އޮތް ގޮތް ބެލުމަށް ފަހު ރިޕޯޓް އެކުލަވައިލަން އެސްއޯއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ހާމަކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ފުލުހުންގެ ފްލެޓްތައް ހަދަން ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ވަނީ އެކި ފުލުހުންނަށް ލިބޭ ފްލެޓް އެކި ފެންވަރަށް ހަދާ ގޮތަށެވެ. އެކަމަކު ފްލެޓްތައް ލިބޭ ފުލުހުން ދައްކަން ޖެހޭ އަގު އެއްވަރެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އިއްވެވި ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން އެކި ފަންތީގެ ފުލުހުންނަށް ލިބޭ ފްލޭޓްތައް އެކި ފެންވަރަށް ތަރައްގީކުރާ ގޮތަށް އޮތުމަކީ އިސްރާފު ބޮޑު އަދި މަޝްރޫއު އަވަހަށް ނިންމަން އުނދަގޫވާ ސަބަބެއް ކަމަށެވެ. ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން، ފެންވަރުގެ ގޮތުން ތަފާތުވާ ގޮތަށް ފްލެޓްތައް ހަދާތީ އެތަންތަނަށް ބޭނުންވާ މެޓީރިއަލް ހޯދަން ވެސް ވަނީ ދަތިވެފަ އެވެ.

އެކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން އިލްޔާސް ވިދާޅުވީ ޕޮލްކޯ ފްލެޓްތަކުގެ މަސަައްކަތް ހަވާލުކޮށްފައި އޮތީ ބައެއް ފްލެޓްތަކުގައި އެހެން ފްލެޓްތަކާ ތަފާތު މުށްޓެއް ޖެހުން ފަދަ ގޮތް ގޮތުން، ފްލެޓްތައް "ކަސްޓަމައިޒް" ކުރާ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެނަށް ފާހަގަކުރެވުނީ ޕޮލްކޯގެ ބައެއް ފްލެޓްތަކުގައި ހުރޭ ވަކިި އެޕާޓްމަންޓެއް، ވަކި ނަމްބަރެއް، މިވެނި ފްލޯއެއްގައި ހުންނަ ވަކި އެޕާޓްމަންޓެއްގައި ވަކި ކުލައެއްގެ ޓައިލްސް، ދެން ފާހާނާގައި ވެސް ވަކި ޑިޒައިނެއްގެ ވަކި ޓައިލްސް. އެހެން ކަސްޓަމައިޒްކޮށްފައި އެކި އެކި އެޕާޓްމަންޓްތައް ހުރީ،" އިލްޔާސް ވިދާޅުވި އެވެ.

އެެެއް އަގެއްގައި ދޫކުރާ ފްލެޓްތަކެއް އެގޮތަށް ތަފާތު ފެންވަރުގައި ހަދާ ގޮތަށް ހުރިކަން އެނގިވަޑައިގެންނެވުމުން، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތަށް ކުރިއަށް ނުގެންދަން، ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމަނަން ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ އެކި ބޭފުޅުންނަށް އެކި ކުލައިން މުށި ޖެހުން ފަދަ ކަންތައްތަކުގެ ސަބަބުން، ފްލެޓްތައް ނުނިމި އަދިވެސް ދިގުލައިގެން ހިނގައިދާނެ ކަމަށެވެ.

"މިހާރު މިދާ ގޮތަށް، މި ޕްރޮޖެކްޓްގެ ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުން ނަމަ މިވަނީ އިންސާފުން ބޭރުގައި، ބާރުގައި ތިބި ބަޔަކު އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ޓަކައި ކަންތައްތަކެއް ހިންގާފައި. އެއީ ކޮސްޓް މި ބަހާލަނީ ހަމަ ފްލެޓް ލިބޭ ހުރިހާ ފަރާތްތަކަކަށް. އެ ރޭޓުން ބަހާލާފައި ދޭ އިރު ވަކި ބަޔަކަށް ވަކި މެޓީރިއަލްތަކެއް މިއީ އިންސާފެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހުސަައިން ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހިންގާ މަޝްރޫއުގެ ކަންތައްތައް ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، އެސްއޯއީ ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން ވަނީ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކުރުމުގެ އިތުރުން މަސައްކަތް ކުރިއަށްދާ ސަރަހައްދު ވެސް ބަލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox