ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ސާފު ފައިދާ 955 ޕަސެންޓު މައްޗަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަމިނަލް އަޅަމުންދާ ސަރަހައްދު: މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަމިނަލް އަޅަމުންދާ ސަރަހައްދު: މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 955 ޕަސެންޓު އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެސްއޯއީތަކުގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި ފައިދާ އިތުރުވީ ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރު ގެއްލުންވި ބައެއް ކުންފުނިތަކާއި ނިސްބަތުން ކުޑަ ފައިދާއެއް ލިބުނު ކުންފުނިތަކުގެ ވިޔަފާރި ރަނގަޅުވެ، ފައިދާ އިތުރުވުމާ ގުޅިގެންނެވެ.

އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު 10 ބިލިއަން ރުފިޔާގެ އާމްދަނީއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމްލަ 2.2 ބިލިއަން ރުފިޔާ ސާފު ފައިދާވި އެވެ. އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުގައި ފައިދާވީ 210 މިލިއަން ރުފިޔާ އެވެ.

Advertisement

ހުރިހާ ކުންފުންޏެއް އެއްކޮށްލުމުން ފައިދާ މިވަރަށް އިތުރުވި ނަމަވެސް ވަކިވަކި ކުންފުނިތަކަށް ބަލާ އިރު ރިޕޯޓުގައި ހިމަނާފައިވާ 31 ކުންފުނީގެ ތެރެއިން ފައިދާވީ 16 ކުންފުންޏަކަށެވެ. ފައިދާވި ކުންފުނިތަކުގެ ތެރެއިން ވެސް ޖުމްލަ ސާފު ފައިދާގެ 88 ޕަސެންޓު ހިއްސާކުރަނީ ފަސް ކުންފުންޏަކުންނެވެ.

ފައިދާ އެންމެ ބޮޑު ކުންފުނިތައް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) - 721.8 މިލިއަން ރުފިޔާ

  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) - 428.1 މިލިއަން ރުފިޔާ
  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) - 354.2 މިލިއަން ރުފިޔާ
  • މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) - 248.9 މިލިއަން ރުފިޔާ
  • ދިރާގު - 206.2 މިލިއަން ރުފިޔާ

އެންމެ ބޮޑު ފައިދާއެއް ލިބުނު އެޗްޑީސީއަށް މިވަރުގެ ބޮޑު ފައިދާއެއް ލިބުނު މައިގަނޑު ގޮތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޓަވަރުތަކަށް ބޭނުންވާ ބިން ވިއްކައިގެން ލިބުނު އާމްދަނީ އެވެ.

ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އެމްއޭސީއެލްއަށް ފަހު ކުއާޓަރުގައި އެކަނި ދޮޅު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އަހަރުގެ ފަހުކޮޅު ޓޫރިޒަމަށް ލިބުނު ކުރިއެރުމާއެކީ އެ ކުންފުނީގެ އާމްދަނީ އާއި ފައިދާއަށް އައި އިތުރުވުމެކެވެ.

ފަހު ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ރީޖަނަލް އެއާޕޯޓްސް އެވެ.

ގެއްލުންވި ކުންފުނިތަކުގެ ތެރެއިން ވެސް އެންމެ ހާލަތު ގޯހީ ކުނި މެނޭޖުކުރަން އުފައްދާފައިވާ ވެމްކޯގެ އެވެ. އެ ކުންފުނީގެ މާލީ ހާލަތު ކޮވިޑު އަހަރުގެ ފަހު ކުއާޓަރަށް ވުރެން ވެސް ގޯހެވެ. އެ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ތިން މިލިއަން ރުފިޔާ ފައިދާ ވެސް ވި އެވެ. މިދިޔަ އަހަރު ލިބުނީ 31.1 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

މިއީ އެ ކުންފުންޏަށް ކުނި އުކައިގެން ލިބެން ޖެހޭ އާމްދަނީ ނުލިބޭތީ ދިމާވާ މައްސަލައެއް ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖުމަންޓުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ. މިދިޔަ މަހު އެ ކުންފުނިން ހާމަކުރި މިގޮތަށް 42 މިލިއަން ރުފިޔާ ނުލިބިވެ އެެވެ.

ގެއްލުން ވަމުންދާ ކުންފުނިތަކުގެ މައްސަލައިގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މި ކުންފުނިތަކަށް 77 މިލިއަން ރުފިޔާ ގެއްލުންވި އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 233 ޕަސެންޓު އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox