ޕިރްލޯ ތުރުކީގެ ކްލަބަކާ ހަވާލުވެއްޖެ

Jun 13, 2022, 4:41 AM
ޕިރްލޯ ތުރުކީގެ ކްލަބަކާ ހަވާލުވެއްޖެ

އިސްތަންބޫލް (ޖޫން 13) - ތުރުކީގެ ސުޕަ ލީގުގައި ވާދަކުރަމުން އަންނަ ކްލަބް، ފާތިހު ކަރާގުމްރުކްއާ ހަވާލުވާން އިޓަލީގެ މަޝްހޫރު ތަރި އަންދްރެއާ ޕިރްލޯ ނިންމައިފި އެވެ.

ޕިރްލޯ، 43، ޕްރޮފެޝަނަލް ކޯޗިންގައި ޓީމެއްގެ ބެންޗުން ފެނިފައިވަނީ އެންމެ ސީޒަނެއްގަ އެވެ. އެ ގޮތުން ޔުވެންޓަސްގެ ކޯޗުކަމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު 2021 ވަނަ އަހަރުގެ މެއި މަހު އެ ޓީމުގެ ކޯޗުގެ މަގާމުން ޕިރްލޯ ވަނީ ވަކިކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޕިރްލޯ ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެ އެވެ.

އެކަމަކު، ތުރުކީގެ ފާތިހު ކަރާގުމްރުކުން އިއްޔެ އިއުލާނުކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ޕިރްލޯ އެ ޓީމާ ހަވާލުވާން ނިންމާފައިވާ ކަމަށެވެ. އެ ކްލަބުން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކްލަބްގެ މަސައްކަތަކާ ރަސްމީކޮށް ޕިރްލޯ ހަވާލުވާނެ ކަމަށެވެ.

ޔުވެންޓަސްގައި ހޭދަކުރި ސީޒަނުގައި ޕިރްލޯ ވަނީ އެ ޓީމަށް އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ. ޕިރްލޯ އަށް ޔުވެންޓަސްގެ ކޯޗުކަން ގެއްލުނު އެންމެ ބޮޑު ސަބަބަކީ 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަަރަށް ޔުވެންޓަސް އަށް އިޓާލިއަން ލީގު ނުލިބި ނިންމާލަން ޖެހުމާއި، ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާ އެއް ނެރެވިފައިނުވާތީ އެވެ.

އިޓަލީގެ ވަރުގަދަ ތިން ޓީމު ކަމަށްވާ، އޭސީ މިލާނާއި އިންޓަ މިލާން އަދި ޔުވެންޓަސް އަށް ކުޅެފައިވާ ޕިރްލޯ އަކީ ކާމިޔާބު ކުޅުންތެރިއެއް ނަމަވެސް ކޯޗިންގައި އަދި ފައިތިލަ ސާބިތެއްނުކުރެވެ އެވެ. އޭނާ މި ފަހަރު ހަވާލުވި ފާތިހު ކަރާގުމްރުކް އަކީ 1926 ވަނަ އަހަރު ވުޖޫދުވި ކްލަބް އެކެވެ. އެ ޓީމަށް ދުވަހަކު ވެސް ތުރުކީގެ ޗެމްޕިއަންކަން ލިބިފައިނުވާއިރު، އެންމެ ފަހުން ސީޒަނުގައި ނިންމާލީ އަށް ވަަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox