ވަޒީފާ ޔަގީން ވާނީ ގަދަ ހަތަރަކަށް ބަލައިގެނެއް ނޫން: ޕިރްލޯ

May 23, 2021, 4:55 AM
ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (މެއި 23) - އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޔުވެންްޓަސް ކޮލިފައި ކޮށްދިނުމަކީ އޭނާގެ ވަޒީފާ ސަލާމަތްކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފި އެވެ.

ގަދަ ހަތަރެއްގެ ޖާގަތައް މި ވަގުތު ކަށަވަރުކޮށްފައި އޮތީ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ އިންޓަ މިލާނާއި ދެ ވަނައިގައި އޮތް އެޓަލަންޓާ އެވެ. އިންޓަ އަށް 37 މެޗުން 88 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް 37 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް އޭސީ މިލާނާއި ހަތަރެއްގައި އޮތް ނަޕޯލީ އަށް 37 މެޗުން ވަނީ 76 ޕޮއިންޓް ލިބިފަ އެވެ. ނުވަ އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ގެއްލުނު ޔުވެންޓަސް ފަސް ވަނައިގައި އޮތީ 37 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ.

ޔުވެންޓަސް އަށް ގަދަ ހަތަރެއް ލިބެން އޮތީ އެ ޓީމު ކުޅޭ މެޗުން ބޮލޯނިއާ އަތުން މޮޅުވެ، ނަޕޯލީ އާއި އޭސީ މިލާން ކުޅޭ މެޗުތަކުން މޮޅުނުވެއްޖެނަމަ އެވެ. މިލާން ކުޅެނީ އެޓަލަންޓާއާ އެވެ. ނަޕޯލީ ބައްދަލުކުރާނީ ވެރޯނާއާ އެވެ.

މި ފަހަރު އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕް ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދި ނަމަވެސް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕިރްލޯ އަށް ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނީ ގަދަ ހަތަރެއްގައި ނިންމައިގެންނެވެ. އެކަމަކު ޕިރްލޯ އެކަމަށް އެއްކޮށް އެއްބަހެއްނުވެ އެވެ.

"އަހަންނަށް ހިއެއްނުވޭ ކްލަބުން ގޮތެއް ނިންމާނީ މާދަމާ (މިއަދު) މެޗުތައް ނިމޭ ގޮތަކުން ކަމެއް. އަހަންނަށް ހީވަނީ ކްލަބަށް ވަރަށް ރަނގަޅަށް އެނގޭނެ މި ސީޒަން ދިޔައީ ކިހިނެއް ކަން. ރަނގަޅަށް ދިޔަ ކަންތައްތަކާއި ގޯސްކޮށް ދިޔަ ކަންތައްތައް ވެސް އެނގޭނެ. އަހަރެން ގަބޫލުކުރަނީ އެ މީހުން ގޮތެއް ނިންމާނީ ފަހު މެޗަށް ބަލާފައި ނޫން ހެން،" ޕިރްލޯ ބުންޏެވެ.

ޔުވެންްޓަަސްގެ ކޯޗުކަމާ މި ސީޒަނުގައި ޕިރްލޯ ހަވާލުވީ ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތި އެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރިތާ 10 ދުވަސް ފަހުން ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެވެ. ޕިރްލޯއާ އެކު ޔުވެންޓަސް އިން ސޮއިކުރި އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 42 އަހަރުގެ ޕިރްލޯގެ އިތުރުން މި ސީޒަނަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޔުވެންޓަސް ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. ޕިރްލޯ ބުނީ އޭނާ ދެކޭގޮތުގައި އަންނަ ސީޒަނުގައި ވެސް ރޮނާލްޑޯ ކުޅޭނީ ޔުވެންޓަސް އަށެވެ.

މިދިޔަ ހަފްތާގައި ޔުވެންޓަސް އިން ވަނީ އެޓަލަންޓާ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި އުފުލާލައިފަ އެވެ. އެހެންވެ މިރޭގެ މެޗަށް ނުކުންނައިރު ޓީމުގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމަށް ޕިރްލޯ ގަބޫލުކުރެ އެވެ.

ގަދަ ހަތަރެއްގައި ވާދަކުރާ ޓީމުތަކުގެ މެޗުތައް މިރޭ ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ. ޗެމްޕިއަން އިންޓަ މިލާނާއި އުދިނޭޒީ ކުޅޭ މެޗު އޮތީ 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox