ޕިރްލޯ އާއި އަލެގްރީ ވެސް ވަކިކުރީ ރަނގަޅަށް: ޔުވެންޓަސްގެ ރައީސް

Jun 6, 2021, 3:18 PM
ޔުވެންޓަސްގެ ކުރީގެ ކޯޗު ޕިރްލޯ (ކ) އާއި ރައީސް އަގްނެލީ އަދި ފަހުން ޔުވެންޓަސްއާ ހަވާލުވި އަލެގްރީ (ވ).

ޔުވެންޓަސްގެ ކުރީގެ ކޯޗު ޕިރްލޯ (ކ) އާއި ރައީސް އަގްނެލީ އަދި ފަހުން ޔުވެންޓަސްއާ ހަވާލުވި އަލެގްރީ (ވ).

ޓިއުރިން (ޖޫން 6) - ޔުވެންޓަސްގެ ކޯޗުކަމުން މެސިމޯ އަލެގްރީ އާއި އަންދްރެއާ ޕިރްލޯ ވަކިކުރުމަކީ ރަނގަޅު ވަގުތުގައި އައި ނިންމުންތަކެއް ކަމަށް އެ ކްލަބްގެ ރައީސް އަންދްރެއާ އަގްނެލީ ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަަނަ އަހަރު ޔުވެންޓަސް ކޯޗުކަމުން ފަސް އަހަރަށް ފަހު އަލެގްރީ ވަކިކޮށް އެ ޓީމު ހަވާލުކުރީ މައުރީޒިއޯ ސާރީއާ އެވެ. އެއް ސީޒަނަށް ފަހު ސާރީ އަށް މަގާމު ގެއްލުނެވެ. އަދި މި ފަހަރު ޔުވެންޓަސް އަށް ކޯޗުކޮށްދިން ޕިރްލޯ އަށް ވެސް އެ ޓީމުގެ ކޯޗުކަން ކުރެވުނީ އެއް އަހަރު އެވެ. ޔުވެންޓަސް އިން ވަނީ ޕިރްލޯ ވަކިކޮށް އަލުން އަލެގްރީއާ ޓީމު ހަވާލުކޮށްފަ އެވެ.

"އަލުން އަލެގްރީ ގެންނަން ނިންމުމަކީ މީގެ ދެ އަހަރު ކުރިން އޭނާ ވަކިކުރެވުނީތީ ހިތާމަ ކުރަން ޖެހޭތީ ކުރި ކަމެއް ނޫން. ހާލަތަށް ބަލާއިރު އަލެގްރީ ވެސް އަދި ޕިރްލޯ ވެސް ވަކިކުރީ ރަނގަޅަށް. ހިތާމަކުރަން ޖެހޭ ކަމެއް އެ އަކު ނެތް،" އަގްނެލީ ވިދާޅުވި އެެވެ.

ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކިވި ފަބިއޯ ޕަރަޓީޗީ ވަނީ އެ ކްލަބްގައި 11 އަހަރު ވަންދެން މަސައްކަތް ކޮށްފަ އެވެ. އަގްނެލީ ވިދާޅުވީ ޕަރަޓީޗީ މަގާމުން ވަކިވީ އަލެގްރީ ގެންނަން އުޅޭތީ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"އަހަރެމެން އަލެގްރީ ގެނައީ ދުރަށް ވިސްނާފައި. މި ކްލަބް ދަންނަ ކޯޗަކާ ޓީމު ހަވާލުކުރަން. ޕަރަޓީޗީ ހުރި ނަމަވެސް އަލެގްރީއާ އެކު މަސައްކަތް ކުރުމުގައި މައްސަލައެއް ދިމާނުވާނެ،" އަލެގްރީ ބުންޏެވެ.

ކުރިން އޭސީ މިލާނަށް ވެސް ކޯޗުކޮށްދިން އަލެގްރީ ޔުވެންޓަސްއާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަންނަ ސީޒަނަށް ޔުވެންޓަސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ޔުވެންޓަސްގެ މެނޭޖްމަންޓުގެ ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

ޕިރްލޯގެ ކޯޗުކަމުގައި ޔުވެންޓަސް އިން ވަނީ މި ސީޒަނުގައި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ދިހަ އަހަރުތެރޭ ފުރަތަމަ ފަހަރަށް ޔުވެންޓަސް އަށް އިޓާލިއަން ލީގު މި ފަހަރު ގެއްލުނުއިރު، ގަދަ ހަތަރެއް ލިބުނީ ކިރިޔާ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ފުރުސަތު ނުލިބި އެ ޓީމު ކެޓީ އެވެ.

"މި ސީޒަނުގެ ކަންކަން ހިނގާދިޔަ ގޮތް ދިރާސާ ކުރާނަަމަ ޕިރްލޯ ވަކިކުރުން އެއީ ކިހިނެއް އައި ކަމެއްކަން އެނގޭނެ. މީގެ 10 އަހަރު ފަހުން އަހަރެން މި ސީޒަނަށް ބަލާއިރު ދެ ތަށި ހޯދާފައި ލީގުގެ ގަދަ ހަތަރެއްގައި ހަމައެކަނި އޮތުމަކީ ރަނގަޅު ކަމަކަށް ނުވެދާނެ،" އަގްނެލީ ވިދާޅުވި އެވެ.

އަގްލެނީ ވަނީ ޕިރްލޯ ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޕިރްލޯ އަށް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox