ޔުވެންޓަސްގެ ކޯޗު ކަމުން އިސްތިއުފާ ނުދޭނެ ކަމަށް ޕިރްލޯ ބުނެފި

May 10, 2021, 9:28 AM
ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ.-- ފޮޓޯ: އޭއެފްޕީ

ޓިއުރިން (މެއި 10) - ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ތަށި ގެއްލުމުގެ އިތުރުން މި ފަހަރު ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުގެ ބިރު ބޮޑުވެފައިވީ ނަމަވެސް ޔުވެންޓަސްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފި އެވެ.

ލީގުގައި ރޭ ޔުވެންޓަސް ވަނީ ވާދަވެރި އޭސީ މިލާން އަތުން 3-0 އިން ބަލިވެފަ އެވެ. ރޭގެ މެޗުގެ ނަތީޖާ އަށް ފަހު ލީގުގެ ފަހު ތިން މެޗާ ޔުވެންޓަސް އިން ކުރިމަތިލާއިރު، އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ އިންޓަ މިލާން އެއް ވަނައިގައި އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ނަޕޯލީ ހަަތަރެއްގައި އޮތީ 35 މެޗުން 70 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް 35 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ.

Advertisement

ޔުވެންްޓަަސްގެ ކޯޗުކަމާ މި ސީޒަނުގައި ޕިރްލޯ ހަވާލުވީ ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތި އެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރިތާ 10 ދުވަސް ފަހުން ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެވެ. ޔުވެންޓަސްގެ ނަތީޖާތައް މި ސީޒަނުގައި ދަށްވެފައިވާއިރު، ޕިރްލޯ މި ސީޒަން ނިމުމުން މަގާމުން ވަކިކުރާނެ ކަމަށް އިޓަލީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން މި ވަޒީފާއާ ހަވާލުވީ ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތްތަކެއް ކުރަން ބޭނުންވާތީ. މިއީ އުނދަގޫވާނެ ވަޒީފާއެއް ކަން ވެސް އެނގިހުރެ ހަވާލުވީ. އަހަރެން މި ހުރީ މިކަން ކުރިއަށް ގެންދަން. އިސްތިއުފާ ދީފައި މަސައްކަތް ހުއްޓާލާފައި ނުދާނަން،" ފުޓްބޯލް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ޕިރްލޯ ބުންޏެވެ.

"މި ޓީމު ގޮވައިގެން ކުރިއަށް ދެވޭނެ ގާބިލުކަން އަހަރެންގެ އެބަހުރި. އެކަަމަކު ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވާނެ،"

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަަސްގެ ވިސްނުމަކީ މި ސީޒަނަށް ފަހު ރެއާލްގެ ކޯޗަކަށް ހުރި ޒިނެދިން ޒިދާން ނޫނީ ޔުވެންޓަސް އަށް ކުރިން ކޯޗުކޮށްދިން މެސިމޯ އަލްގެރީއާ ޓީމު ހަވާލުކުރާށެވެ. ޕިރްލޯއާ އެކު ކުރިއަށްދާން ޔުވެންޓަސްގެ ބޯޑުގެ ވިސްނުން އޮތީ ދެކަފިވެފަ އެވެ.

ޕިރްލޯއާ ޔުވެންޓަސްގެ ކޯޗުކަން ހަވާލުކުރީ މައުރީޒިއޯ ސާރީ މަގާމުން ވަކިކުރުމަށް ފަހު އެވެ.

ޔުވެންޓަސް އިން އެންމެ ބޮޑަށް ޓާގެޓްކުރަނީ އަލުން ޗެމްޕިއަންސް ލީގެއް ހޯދުމަށެވެ. ފަަހަކަށް އައިސް އިޓާލިއަން ލީގު ދިފާއު ކުރެވުނު ނަމަވެސް ޔުވެންޓަސް އިން ކޯޗުން ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ވެސް ޗެމްޕިއަންސް ލީގުގެ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. ޔުވެންޓަސް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 1996 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox