ކޯޗު ޕިރްލޯގެ އުފަން ދުވަހު ޔުވެންޓަސް އިން ތަށި ހޯދައިފި

May 19, 2021, 10:30 PM
ޕިރްލޯ ތަށި ހިފައިގެން.-- ފޮޓޯ: ޔުވެންޓަސް

ޕިރްލޯ ތަށި ހިފައިގެން.-- ފޮޓޯ: ޔުވެންޓަސް

މިލާން (މެއި 19) - އަންދްރެއާ ޕިރްލޯގެ 42 ވަނަ އުފަން ދުވަހު އޭނާ ކޯޗުކަން ކޮށްދެމުން އަންނަ ޔުވެންޓަސް އިން 2-1 އިން އެޓަލަންޓާ ބަލިކޮށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ފަހަރުގެ އިޓާލިއަން ލީގު ތަށި ގެއްލުމުން ޕިރްލޯ އަށް ޔުވެންޓަސްގެ ކޯޗުގެ މަގާމު ދެމެހެއްޓިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. މިރޭގެ ފައިނަލަށް ފަހު ޕިރްލޯ ބުނީ އޭނާ އެ ކްލަބާ އެކު ކުރިއަށްދާން ނިންމާފައިވާ ނިންމުން ބަދަލުކުރާނަމަ އެކަން އިއުލާނުކުރާނީ އަމިއްލަ އަށް ކަމަށެވެ.

"އަހަރެން އަދިވެސް ޔަގީންކުރަނީ މި ޓީމުގެ ކޯޗުކަމުގައި ދެމިހުންނާނީ އަހަރެން ކަމަށް. އަހަރެންގެ ފުރަތަމަ ސީޒަން މި ދަނީ އެންމެ ރަނގަޅަކަށް ނޫން. މީގެ ގޮތެއް ނިންމާނީ ކްލަބުން. އަހަރެން މިހުރީ ކުރިއަށްދާން. އަހަރެން އަމިއްލަ އަށް ނިންމުމެއް ބަދަލުކުރާނަަމަ އަންގާނަން،" ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ އުފަން ދުވަހު މި ކާމިޔާބީ ލިބުމުން އިތުރު ހިތްހަަމަ ޖެހުމެއް ލިބޭ ކަމަށެވެ.

ކުރިން ޔުވެންޓަސް އަށް ކުޅުނު ޕިރްލޯ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ހާސިލްކުރާ ކަންކަން ކޯޗެއްގެ ގޮތުގައި ކުރަން އުނދަގޫ ކަމަށެވެ. ޕިރްލޯގެ ކޯޗުކަމުގައި ޔުވެންޓަސް އިން މި ސީޒަނުގައި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރި އެވެ.

މެޕޭއި ސްޓޭޑިއަމްގައި 4300 ސަޕޯޓަރުން ކުރިމަތީގައި މިރޭ ކުޅުނު ފައިނަލްގެ 31 ވަނަ މިނިޓްގައި ޔުވެންޓަސް އަށް ލީޑުނަގައިިދިނީ ވެސްޓަން މެކެނީ ދިން ބޯޅައަކުން ޑޭޖާން ކުސުލެވްސްކީ އެވެ. އޭގެ 10 މިނިޓް ފަހުން އެޓަލަންޓާގެ ރުސްލާން މަލިނޭސްކީ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހީ ފެޑެރީކޯ ޗިއޭސާ އެވެ. މިއީ ކުސުލެވްސްކީ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

ޔުވެންޓަސް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔޫރަޕްގެ ތިން ގައުމެއްގައި ލީގާއި ކަޕް ކާމިޔާބުކުރި މަދު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

އަނެއްކޮޅުން ޔުވެންޓަސްގެ ކީޕަރު އުމުރުން 43 އަހަރުގެ ޖިއަންލުއިޖީ ބުފޮން މި ވަނީ ޔުވެންޓަސްގެ ފެޑެރީކޯ ޗިއޭސާ އާއި އޭނާގެ ބައްޕައާ އެކު ވެސް އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. ބުފޮން 1999 ވަނަ އަހަރު ޕާމާއާ އެކު އިޓާލިއަން ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ޗިއޭސާގެ ބައްޕަ އެންރީކޯ ޗިއޭސާ ހިމެނެ އެވެ.

މިއީ އެންމެ ފަހުން ހަތް ސީޒަނުގެ ތެރޭގައި ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ކަޕް ފައިނަލުގައި ޔުވެންޓަސް ބަލިވީ ޕެނަލްޓީ ޖަަހައިގެން ނަޕޯލީ އަތުންނެވެ. އެންމެ ގިނައިން އިޓާލިއަން ކަޕް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ 14 ފަހަރު ތަށި އުފުލާލި ޔުވެންޓަސް އަތުގަ އެވެ.

އެޓަލަންޓާ ބަލިކޮށް ޔުވެންޓަސް އިން ކަޕް ކާމިޔާބުކުރިއިރު، ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި ވެސް މި ދެ ޓީމު އަންނަނީ ވާދަކުރަމުންނެވެ. މި ހަފްތާގައި ލީގުގެ ފަހު މެޗުތަކަށް ނުކުންނައިރު، އެޓަލަންޓާ ލީގުގެ ދެ ވަނައިގައި އޮތީ 37 މެޗުން 78 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނާއި ހަތަރެއްގައި އޮތް ނަޕޯލީ އަށް 37 މެޗުން ވަނީ 76 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ފަސް ވަނައިގައި އޮތީ 37 މެޗުން 75 ޕޮއިންޓާ އެކު އެވެ. އިޓާލިއަން ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެނީ ގަދަ ހަަތަރު ޓީމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox