ކޮންޓެއިނަރުގެ ތެރެއިން އަތުލައިގަތީ 52 ކިލޯ ހެރޮއިން އާއި 15 ކިލޯ ކެނެބިސް

ޑްރަގު ފެނުނު ކޮންޓެއިނަރު ސަރަހައްދު ބަންދުކޮށްފައި. ބަލާ ފާސް ކުރުމަށް ފަހު ހުރިހާ މަސްތުވާތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ޑްރަގު ފެނުނު ކޮންޓެއިނަރު ސަރަހައްދު ބަންދުކޮށްފައި. ބަލާ ފާސް ކުރުމަށް ފަހު ހުރިހާ މަސްތުވާތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ކެނެބިސްކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި ހުރި އެ ކޮންޓެއިނަރު ހުސް ކުރުމަށް ބަޔަކު ނައުމުން ކަސްޓަމްސް އިން ފުލުހުންނަށް އެންގި އެވެ. މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެ ކޮންޓެއިނަރުގައި ހުރި ޕެލެޓްތައް ވަކިކުރުމަށް ފަހު ބަލާ ފާސްކުރަން ފެށީ އިއްޔެ އެވެ.

ފުލުހުންގެ އޮފިޝަލަކު "އަދަދު" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކޮންޓެއިނަރުގެ ތެރެއިން 52 ކިލޯ ހެރޮއިން އާއި 15 ކިލޯ ކެނެބިސް ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ފެނުނީ ކޮންޓެއިނަރާ އެކު ގެނައި ޕެލެޓުތަކުގައި ހުރި ފޮށިގަނޑުތަކެއްގައި ހުރި ލޭބަލް ޖެހި މުދާތަކަކުން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

މި ނޫހަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކޮންޓެއިނަރުގައި ހުރިކަމަށް ލިސްޓުކޮށްފައި ހުރީ ޓޮމާޓޯ ޕޭސްޓާއި، ނަޓެއްލާ ފަދަ ދަޅު ކާނާ އެވެ.

މި ހުރިހާ މަސްތުވާތަކެއްޗެއް ވެސް މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި، ރަސްމީކޮށް ފުލުހުންނާއި ކަސްޓަމުން ވެސް އެއްވެސް ބަހެއް މިކަމުގައި ބުނެފައި ނުވެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެތެރެހަށީގައި ރައްކާކޮށްގެން، އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މީހަކު ވެސް ކަސްޓަމުން ވަނީ ބުރާސްފަތި ދުވަހު ހިފައްހައްޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox